ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމަށް، ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރު ދެއްވި 29 މިލިއަން ރުފިޔާ އަނބުރާ ނުލިބުމުން ޖާބިރު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ބަޔާން ނެގުމަށް މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމުން "މައުމޫންގެ ނެތޮމޮށެން" ބޭނުން ނުވާކަމަށް ވިދާޅުވެ ޖާބިރު ފުލުސް އޮފީހުން ނިކުމެވަޑައިގެންފިއެވެ.

ޖާބިރު ފުލުސް އޮފީހަށް ހާޒިރުކުރީ މިރޭ 20:00 ގައެވެ. ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މިމައްސަލަ ތަހްގީގުކުރައްވަން އޭނާ އާއި ސުވާލު ކުރަން ޖެހޭނީ މައުމޫންގެ ހާޒިރުގައި ކަމަށެވެ.

"ފުލުސް އޮފީހަށް އަޅުގަނޑު ދިޔައިން، މައުމޫނެއް ނެތް. ފުލުހުން ގާތު އަޅުގަނޑު އެހިން މައުމޫން ކޮބާހޭ. މައުމޫންގެ ހާޒިރުގައޭ ވާހަކަ ދައްކާ ތަހްގީޤު ހިނގަން ވާނީ، މައުމޫން ހާޒިރުކުރައްވާށޭ. މައުމޫން ނެތީމަ އަޅުގަނޑު ނުކުތީ. ރައީސް މައުމޫން ދަރަންޏަށް ޒިންމާ ވާގޮތަށް ނެގި 29 މިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑު ދައްކަން ބޭނުންވަނީ އެމަނިކުފާނު ބައިދައިގެން ކުރިފުޅުމަތީގައި. މީހުން ނެތްތާނގައި މީހުންގެ ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމެއް. އޭރުން ވާނީ ނެތޮމޮށޭ ކަމަށް." ޖާބިރު ވިދާޅުވިއެވެ.

މޖާބިރު މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ މައުމޫނަށް މަކަރާއި ހީލަތް ހައްދަވައިގެން ފިއްލަވައިގެން ނޫޅުއްވެވޭނެކަމަށެވެ. ޖާބިރު، މައުމޫނަށް ދެއްވި 29 މިލިއަން ރުފިޔާ އިންޓްރެސްޓާއެކު މިހާރު 50 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ފުލުހުންގެ ތަޙްޤީޤުގައި ވާހަކަދައްކާނީ މައުމޫންގެ ހާޒިރުގައި ކަމަށް ޖާބިރު މިރޭ ވިދާޅުވިއިރު މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތް އެއް ހާޒިރުގައި ބައިތިއްބައިގެން ތަޙްޤީޤަށް ބަޔާން ނެގުމަކީ ފުލުހުން އަމަލު ކުރާ އުސޫލެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙަސަން

    މިއީ ކޮންތާކުން ނުކުމެގެން އުޅޭ މޮޔައެއްބާ؟ މި ކަލޭގެއަށް ނޭނގޭ، ތަޙުޤީޤުގައި ބަޔާން ނަގާނީ މައްސަލައިގައި ޝާމިލްވާ އެހެން މީހުންގެ ހާޒި ރު ގައި ނޫންކަމެއް. މިކަހަލަ މީހުން މަޖިލީހުގައި މި އުޅެނީ. އަނެއްކާ ރިބާގެ ހަ ރާން ފައިސާ ކާންވެސް ފެށީ.

    19
    3
  2. ކޮތަރު

    ހެހެ ހޭއް. ހާދަ މާތް އަޚްލާގެއްގެ ވެރިއެކޭދޯ. ނެތިމޮށޭކަށް ބޭނުމެއްނޫނޯ. މަޖިލީހުގަ މިކަލޭގެ ކޮންމެދުވަހަކު ދެއިރު ދެދަޅައަށް ކުރަނީ ކީއްބާ؟

    62
    3
  3. ދިޔާލޮލީ

    ޕްލީޒް އެކަކުވެސް މިއަށް އެއްވެސް ކޮމެންޓެއް ނުކޮށްބަލަ. މީހުން އެންޓަޓެއިން ކޮށްދޭން މާމޮޅު މީހެއް ކަމަށް ހެދިގެން އުޅޭތީ އެކަކުވެސް އަޅާނުލަމާބަހީ.

    60
    6
  4. މަރުކޮސްލޮލީ

    މީހެއްގެ ސިކުނޑި ހަމަނުޖެހޭނަމަ ޒާތްޒާތުގެ ވާހަކަދައްކާނެ. ނެތިމޮށުން ނުދަންނަ މީހަކު ނެތިމޮށޭނީ ކިހިނެތް؟ ތަހްގީގާއި ޝަރީއަތާ ދެމެދު ހުރި ފަރަގު ނުދަންނަ މީހަކު ކޮސް ނުގޮވައި ހުންނާނެތަ؟ އިރުއަރާމަންޒަރު ބަލަން ދަންވަރު ނަށާފުޅި ހިފައިގެން ބުއްދި ސަލާމަތުން ހުރި އިންސާނަކު އިންނާނެތަ؟ ހޮނޑައިދޫ ސަރުބަތުގެ އަސަރުގަނޑު އަދިވެސް ފިލައިގެން ދިޔަހެނެއް ހިއެއް ނުވޭ. އިހަށް އެ ސަރުބަތުގެ އަސަރު ހުރިތޯ ފުލުހުން ބަލާބަލަ.

    16
  5. ދުނިޔެ

    މިއީ ސަމާލުކަން ފިޔަވާ ދެވަނަ ކަމެއް ބޭނުން ވެގެން އުޅޭ މީހެއް ނޫން.

    12
    1
  6. މާބެ

    ސުބްޙާނަ ﷲ! އިންޓްރެސްޓަކީ ރިބާ! ރިބާ އަކީ ޙަރާމް އެއްޗެއް! ހެޔޮ ވާނީ ކިހިނެތްތޯ! ސުބްޙާނަ ﷲ! ރާވިއްކުމާ، ޖުވާކުޅިކުޅުމާ ރިބާކާން ބިރުނުގަންނަމީހާ ކޮން ކަމަކަށްތޯ ބިރުގަންނާނީ! ސުބްޙާނަ ﷲ! ހެޔޮ ވާނީ ކިހިނެތްތޯ! ދެން އެކަމަކު މައުމޫނަކީ ވެސް މާ ރަނގަޅުމީހެއްނޫން!

    11
    • ނުރަބޯ

      ރިބާ ކަލޭމެން ކިޔަނީ ކިހިނެއް. ތިބުނާ ރިބާ ނަގާ އިސްލާމިކް ބޭންކުންވެސް. ބޭންކް ޕްރޮފިޓްނަމުގަ އެމީހުން ނަގަނީ. ހަމައެކަނި އިންޓަރެސްޓް ނަން ނުކިޔާކަން.

  7. ޝަމް

    ތިއީ ސަރުކާރު ވައްޓާލސން އިންޑިޔާއިން މައުމޫނަށް ދިން ފައިސާ. ފައިސާ ހަވާލުކުރީ ޔޮޓްޓުއާސް އާ. މައުމޫނަށް ތިމާ ފައިސާ ދިނީމޭ މިކިޔަނީ އެހެންވެ

    13
    1
  8. ސިކަންދަރު

    ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ހަމަ ތެދަކައް އެބުނާ 30 އަހަރައް ވުރެ މިގައުމުގެ ރައްޔަތުން އަޅުވެތިކުރަންމަސްއްކައްކޮއް އިޅުވެތި ކުރި ދުވަސް ވަރެއްނާދޭ ވިސްނާ ލައްވާ މިއަދު ކުއްޔައް އުޅެން މިޖެހުނީ މިއަޅުވެތިކަމުގެ ނަތީޖާ ބިންތައް ހިސޯރުކޮއް ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ކުރީ އަޅުވެތި ދެން އައި 2008 އައި ބަދަލުގައި މިޖެހެނީ ޖީއެސްޓީ ނަމުގައި ޖިޒީ ދައްކަން ފެންފޮދެއް ބޯލިޔަސް %6 ފޯނެއް ކޮއްލިޔަސް %6 ދައްކަން ޑިމޮކްރަސީގެ އަޅުވެތިކަން އަހަރުމެން ވޯޓްލައިގެން ހޮވިމީހުން އަހަރުމެން އަޅުވެތި މީގެ ހެއްވާކަމަކީ މިގަވައިދު ހަދާމީހުންގެ ދަރިންގެ ދަރިންވެސް އަޅުވެތި މީހުންގެ ވާހަކަ އެމީހުން ނެއްތާކު ދައްކާކައް ހަމަނުވާނެ ވެދުން

    13
    2
    • ބައިތުންގްބުތިޔާ

      ހާ. އެހެންނަމަ ކަލޭ އުޅޭނީ ކަލޭގެ 100 ހަމަނުވާ ރަށުގައި އަތިރިމަތީ ފާޚާނާކޮށް ކުރާނެ މަސައްކަތެއްނެތި ހާވިޔާވެގެން. ރާއްޖޭގައި އިގުތިސާދެއް ބިނާވީ މާލެޔަށް މީހުން އެއްކޮށްގެން. އެހާވަރު ނޭނގޭ ކަނޑުކޮހެއް ސިކަންދަރުގެނަން ބޭނުން ތިކުރަނީ.

  9. ޢިކުރާމު

    ކޮބާލިޔެކިޔުން ހަމަޖާބެރު އަނގައިން ބުނާހާއެއްޗެއް ދޭކައްނުޖެހޭ

    9
    1
  10. ފަކުރު ޑިމޮކްރަސީ

    ހިބަރު ވަދު ޖެއްސުމަށް މައުމޫނު، ޖާބިރު އަތުން ނެގި ފައިސާ ދިނުމަށް ގޮވާލަން!

    12
  11. ސ

    ލަދު ހަޔާތް ކުޑަޔަސް ބޮޑުވަރު

    9
    2
  12. އަހްމަދު

    ތިޔޭ އަދުލު އިންސާފު ނުލިބުމުގެ މައްސަލައަކީ. މައްސަލަ ހުށަހަޅާ މީހާއާއި މައްސަލަ ރައްދުވާމީހާ ވަކިވަކިން ގެނެސް މައްސަލަތައް ބަލާތީ! އޭރުން އެމީހަކު ހިތަށްއެރިގޮތަކަށް ކިޔާނެއެއްޗެއްކިޔާނީ . ހަމައެހެންމެ ތަހުގީގުކުރާމީހާ ރިޕޯޓް ލިޔާއިރު ވެސް ލިޔާނީ އެދެމީހުން ދެއްކި ހުރިހާ ވާހަކައެއްނޫން. އޭނައަށް ލިޔަން ފެނުނު އެއްޗެއް. ދެންމިގެންދަނީ ފަނޑިޔާރުން ކުރިމައްޗަށް . ތަހުގީގުގައި އެދެމީހުންދެއްކި ހުރިހާ ވަހަކައެއް ފަނޑިޔާރަކަށް ނޭގޭ. ދެންބުނާނީ އެރިޕޯޓްގައި އެވަނީ ތިމަންނާ ބަޔާންދިން ގޮތަކަށްނޫނެ. މިހެންވީމާ މައްސަލަތައްދިގުލާ އިންސާފު ނުލިބެނީ. އިސްލާމްދީނުގައި ޝަރީއަތް ކުރަންޖެހެނީ ދެޚަސްމުންގެ ހާޒިރުގައި. ކީރިތި ރަސޫލާގެ އަރިހަށް މައްސަލައެއް ހުށަ ހެޅުއްވުމުން އެމައްސަލަ ހުށަހެޅި މީހަކާ އެމައްސަލަ ރައްދުވާމީހަކު ހާޒިރު ކުރުމަށްފަހުނޫނީ މައްސަލަ ނުބައްލަވާ. ތަހުގީގުވެސް ކުރައްވަނީ އަދިމައްސަލަ ނިންމަވާ ހުކުމް ކުރައްވަނީ ވެސް އެކަލޭގެ ފާނު. މިގޮތަށް ދެމީހުންގެ ހާޒިރުގައި މައްސަލަ ތަހުގީގު ކުރުމުން އެންމެފުނުން އެންމެތިލައަށް ފުރިހަމައަށް ތަހުގީގުކުރެވޭނެ. ދޮގުހެދުމުގެ ޖާގައެއްނުލިބޭނެ. ހިތަށްއެރި ގޮތަކަށް ވާހަކައެއްނުދެއްކޭނެ. އެހުރިހާ ވާހަކައެއް މައްސަލަ ބަލާފަރާތައް ސާފު ވުމުން މައްސަލަ އިންސާފު ވެރިކަމާއެކު ނިންމޭނެ.

  13. ޓްރޭސް

    ޕޮލިހަށް ގެންދިޔައިމަ ހަމަ ހިތަށްއަރާއިރަށް ފޫކަހާފަ ނުކުމެވޭތަ؟

  14. ހިހި

    ނެތިށުން ހަރާމް. ރިބާ ކެއުން މަކީ އަދި އެއަށްވުރން ބޮޑު ފާފައެއް. ސާލިހުވާން ވަނީ ތިމާ ހިތައް އަރާކަމަކުން އެކަނި ދޯ

  15. މ

    މިފައިސާ ފާރިސް މައުމޫނުއާއި ހަވާލު ކުރީ ތިމަރަފުށީ މުސްތަފާ އެރޭ މުސްތަފާ ގޭގެ ސިޓިންގ ރޫމުގައި އެފައިސާ ތައް ބޮޑިއަކަށް ފާރިސްގެ އަތްމައްޗަށް އަޅާލުމުން ފާރިސް އިން ގޮނޑިން ފުންމައިގެ ތެދުވި ކަމަށްވަނީ އެފައިސާއަކީ މަޖިލީހުގެ ޕީ ޕީ އެމް މެންބަރުން ގަތުމަށާއި ފަނޑިޔާރުންނަށް ޚަރަދު ކުރުމަށް ދިން ފައިސާ މިކަން ލޮލުން ދުއް މީހުން ދުނިޔޭގައި މިހާރުވެސް ތިބޭނެ... މިއީ ވަރަށް ވާހަކަ ......

    1
    1
  16. ނާހަމަތެދެއް

    ދިޔާނާ އަޅެފަހެ ކަމަނާ ލަދެއްވެސް ނުގަނޭތަ މިކަހަަލަ މީހަކު ގޮވާގެން އުޅެން !! ސިކުނޑިއެއް ހުރި ހެނެއް ހިޔެއް ނުވޭ!! އެބުނާ ޝަރުބަތެއް ބޮއެ،ބޮއެ ތިޔަހުރީ ބުއްދިގޯސްވެ ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބުގައި !!