މިރޭ 19:30 ހާއިރުން ފެށިގެން ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ.އަތޮޅު އޭދަފުށީގައި ފެންބޮޑުވެފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް ލިބިފައި ނެތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އޭދަފުށީގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވަނީ ދޮޅު ގަޑިއިރަށް ވުރެ ގިނަ އިރު ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ރަށުގެ ގިނަ މަގުތަކާއި ގޯޅިތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވެ އެވެ. ބައެއް ސަރަހައްދު ތަކުގައި ފޫޓަކަށް ފެން ހެދިފައިވާ އިރު، މަގާއި ގުޅިފައިވާ ގޯޅިތަކުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށް ނޫހުގައި ބުނެފައި ވެއެވެ.

ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވުމާ އެކު، އާއްމުންގެ ބަޔަކު ނުކުމެ ގޭގޭގެ އެތެރެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވަނީ ވެލި ބަސްތާ ޖަހައިފައި ކަމަށް "އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވެއެވެ.

އޭދަފުށީގެ ހާލަތު ސާފުކުރުމަށް "ވަގުތު" އިން ކައުންސިލް މެންބަރު ޝަމްލާ އަށް ގުޅުމުން ވިދާޅުވީ އޭނާ ގެއިން ބޭރަށް ނުނިކުންނާތީ ރަށުގައި ފެން ބޮޑުވެފައިވާ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިހާރުވެސް އޭދަފުއްޓަށް ދަނީ ވާރޭ ވެހެމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވީ މިރެ އާއި މާދަމާ ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބާރިިިިި

    ކައުންސިލަރަކަށް ހޮވީ ޝަމްލާ ގޭގައި ބައިންދަންތަ؟ ރަށުގެ ކަންކަންބެލުމަށް ހޮވާފައިހުރި ކަނބަލަކު ކަންކަން ނުބެެލެންޠާ އަވަހަށް އިސްތިއުފާދެއްވާފައި އަވަހަށް ނިދަންއޮވޭ. އޭރުން ނަގަންޖެހޭނެ އެއްވެސް ޒިންމާއެއް ނޯންނާނެ.

    4
    2
  2. އަހްމަދު

    ރަނގަޅު . ކައުންސިލްތަކުގައި ތިއްބަވަންވާނި ތިޔަކަހަލަ މެމްބަރުން. ގަޑި ދެގަޑި އިރު މެދުނުކެނޑި ވާރޭ ވެހުނަސް ރަށުގައި ފެންބޮޑުވާނެކަން ނޭގޭ މީހުން.

  3. އަލި

    ފެންބޮޑުވިތަން އެންމެ ފުރަތަމަ ފެނުން މީހާގެ އިންޓަރވިއު ގެނޭ..

  4. ހުސްނޫނު

    ދެންފަހަރަކުންވެސް ކައުންސިލަށް ބޯ ގަޅާލާ.. ކައުންސިލްގެ ރައީސްވެސް އެހެން ކައުންސިލަރުންނާ ގުޅާލާ ރަށުގެ ހާލަތު ބަލާލަން ނޫނީ މަޝްވަރާއެއް ކޮއްލަން ކީއްވާނީ.. ބޯގަޅިވިޔަސް ތިވަރު ފުކެއް ބޮޑުވަރު.

  5. އޭދަފުށި މީޙާ....

    ހިސާބަށް ވުރެއް ތަރައްގީ ނުވަަާ މީހުން ހޮވީމާ ވާނީ މިހޭން...އޭދަފުށި އަކީ ރަށް ތަރައްގީ ވިއަސް މީހުން ތަރައްގީ ނުވާ ރަށެއް...ވަރަށް ބޮޑައް އިގޭތީ މި ބުނަނީ....

  6. ޖާބިރު

    ޝަމްލާއަށް އެގޭބާ ރަށުގަ ކުނިގޮނޑު އޮންނަކަން. ދުވަހުވެސް ކުނިގޮނޑު ލޮލުން ބެލިބާ.