ސިޔާސީ ކުށްވެރިންގެ ލިސްޓުގައި ރަސްމީކޮށް ކުރީގެ ނައިބު ރާއީސް އަހުމަދު އަދީބުގެ ނަން ހިމަނައިފިއެވެ.

އިދިކޮޅު ފަރާތް ތަކުން ރޭ ސިޔާސީ ކުއްވެރިން ހިމެނޭ ބޮޑު ބެނާއަކާއި ޕޯސްޓަރުތަކެއް ޖުމްހޫރީ ޕާޓީގެ އޮފީސް ބޭރުގައި ހަރުކޮށްފައިވާއިރު އެ ޕޯސްޓަރުގައި އަދީބުގެ ފޮޓޯވެސް ފެންނަން އިނެވެ.

ކުރީގެ ރައީސް މައުމޫން ޖަލަށް ލެވުމުގެ ކުރިން އިދިކޮޅު ފަރާތަކުގެ ހަރާތް ތަކުން ފުރަތަމަ ފަހަރަށް ކުރީގެ ނައިބު ރައީސް އަދީބު މިނިވަން ކުރަން ގޮވާލާ ޕޯސްޓަރެއް ފެނިގެން ގޮސްފައިނުވާއިރު، ގިނަ ފަރާތް ތަކުން ބުނަމުންދަނީ އަދީބުގެ ނަން ސިޔަސީ ކުއްވެރިންގެ ލިސްޓުގައި ހިމެނިފައި ނުވަނީ މައުމޫންގެ ނުފޫޒުން ކަމަށެވެ. ނަމަވެސް މި ފަހަރު އަދީބުގެ ނަން ސިޔާސީ ކުށްވެރިންގެ ލިސްޓުގައި މި ހިމެނުނީ ކޮން ސަބަބަކާ ހުރެ ކަމެއް އިދިކޮޅު ފަރާތް ތަކުން އަދި ހާމައެއް ނުކުރެއެވެ.

ކުނޫޒް ބޭރުގައި އިދިކޮޅު ފަރާތްތަކުން ހަރުކޮށްފައިވާ ބެނަރ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތް ރޭގައި ކުރިއަށް ގެންދިޔައީ ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒު ސަރަހައްދުގައެވެ. މިއެއްވުމުގައި ވަނީ ބަންދުގައި ތިއްބެވި ބޭފުޅުންގެ ފޮޓޯ ހިމެނޭ ބޮޑު ބެނާއަކާއި ވަކިވަކި ބައެއް ފޮޓޯތައް ކުނޫޒު ބޭރު ފާރުގައި ހަރުކޮށްފައެވެ.

ބަންދުގައި ތިއްބެވި ބޭބޭފުޅުންގެ އާއިލާތަކުން ވެސް މިހަރަކާތުގައި ބައިވެރިވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަނީ ކުނޫޒު ބޭރުގައި ހަރުކުރި ބެނާގެ ބޭނުމަކީ ބަންދުގައި ތިއްބެވި ބޭފުޅުންގެ މަތިން ހަނދާން ނައްތާނުލުން ކަމާއި އެބޭފުޅުންނަށް އިންސާފު ލިބެންދެން ޕާޓީތަކުން މަސައްކަތް ކުރާނެކަން ހާމަކޮށްދިނުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރުގައި މިނިވަންކުރުމަށް އަމުރުކޮށްފައިވާ 9 ބޭފުޅުންނާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ފޮޓޯ ހިމެނޭ ބޮޑު ބެނާއެއް އެމްޑީޕީ ހަރުގޭގައި ވެސް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙައްލު

    ފެއިލްވުމުގެ ފުރަތަމަ ސްޓެޕް ތިނެނގެވީ!

  2. ހަންޑި

    ތިގެންގޮސް އެމްޑިޕީ ހަރުގުދަނުގަ ޖެހިނަމަ މާގިނަ މިހުން ބަލާނެ ކަލޯ
    ގާސިމް ބޯކާގުރޫޕް

  3. ޑާކު

    ތިތާ ސިޔާސީ އެއްވެސް ކުއްވެރިއަކުނެތެވެ. ތިތިބީ ޓެރަރިސްޓުންނާއި ބާޣީންނާއި ރިޝްވަތު ދިން މީހުންނާއި ރިޝްވަތު ހިފިމީހުންނާއި އެކަންކަމުގައި އެކި ސިފަސިފައިގައި ބައިވެރިވެފައިވާ މީހުންނެވެ.

  4. ޓާޓާ

    ފިލައިގެން އުޅޭ މީހުންނާއި ވަގުން ކަމަށް ހުކުމް ކޮށްފަ ތިބި މީހުންވެސް ހިމެނޭ، އަދި މީގެ އިތުރުން ތީގަ ޓެރެތިސްޓުންނާއި ބާޣީން ވެސް ހިމެނޭ

  5. ޑިމޮކްރަޓިސްޓް

    ކޮން ސިޔާސީ އެކޭކިޔާކަށް... ކަލޭ ޖަލަށްލާފަ ތިހިރީ ކަލޭ ކާލި ލާރިގަނޑުގެ އަދަބަކަށް.. ކަލޭ ޖަލައްލާފަ ތިހިރީ ކަލޭ މީހަކުމަރަން ހިންގި ޖަރީމާއަކަށް.. ދުނިޔޭގެ ލޮލުގަ ކިތެއްމެ ވަރަކަށް އަނދުން އަޅުވަން އުޅުނަސް ކުރިކަމެއް ނުކުރާކަމަކަށް ނުވާނެ... ނުވާނެ... ނުވާނެ.. ކަލޭގެ ހިތުގަވެސް އޮންނާނީ ކަލޭ އެކަންކަންކުރިކަމަށް ކަން ހަމަ ޝައްކެއް ނެތްމިންވަރަށް ޔަގީން.. އަމިއްލަޔަށް ވިސްނާލާ.

  6. ހާދިމްކުމް

    ކަލޭމެން ކިތައްމެ ވަރަކަށް ސިޔާސީ ކުއްވެރިންނޭ ކިޔަސް މީހުން ވަގަށް ނެގި ކަމުގެ ކުށް ސާބިތު ވެފްއި ތިބި މީހުންނަކީ ސިޔާސީ ކުއްވެރިން ކަމުގަ ގިޔާމަތް ދުވަހުން ހަދާނެެ އީޔޫ އެއް އެހެން ޔޫ އެއް އަލިފު ދާލެއް ވެސް ނު އޮންނާނެ

  7. ނުރަބޯ

    ހައްޔަރީން އެއީ ދިވެހިބަހުގައި އޮންނަ ނަމެއްނޫން. ސިޔާސީ މީހަކު ވެސް ޖިނާޢީ ކުށެއް ކޮށްފިއްޔާ އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ލިބޭނެ. މިގައުމުގައި ސިޔާސީ ކުށްވެރިންނެއް ނެތް. ރީނދޫ މީހުންކުޅޭ ތިޔަކަހަލަ ޑްރާމާތަށް ބަލާކަށް މި ސަރުކާރަކަށް ވަގުތެއްނެތް. ރައްޔިތުންނަށް ޓަކައި ބުރަމަސައްކަތް ތަކެއް ކުރަމުންދާ ސަރުކާރެއްމީ.

  8. ޢަހްމަދް

    މިޒަމާނުގައި " ސިޔާސަތޭ" ނުވަތަ ސިޔާސީއޭ މިކަޔާ މުޑުދާރު ކަންތަށް ރީތިކޮއް އޮމާން ކުރަން މި ސިޔާސީ އިދިކޮޅު މީހުން މިކުރާ ނުބައި ނުލަފާ ކަންތަކުގެ ބޮޑުކަމާއޭ!؟
    ކޮންމެ ފަދަ ބޮޑު މުޖުރިމަކު ނަމަވެސް އެމީހަކަށް "ސިޔާސީ"ކުއްވެރިޔެކޭ ބުނެ އެފަދަ ނުރައްކާ ނުބައި ނުލަފާ ރަޙުމުކުޑަ މީހާވެސް މައުސޫމު މީހަކަށް މިބައިމީހުން ހަދާލަނީތޯއެވެ.

  9. ހަމީދު

    ސަޅި ތިކުރެވުނީ ކަމެއް. ހަމަ ހިނި އަންނަނީ

  10. ރަނދަ

    ތިޔަ ކުރެވުނީ ކަމެއް. އަދި ޖަލުގަތިބިހ ބަޔަކު ހިމަނާ. ވަރަށްސަލާމް.

  11. އަހަންމާ

    މުޒާހަރާގަބޯގިނަވާނެ ޖަލުގައޮތްހާމިހުންގެ ނަންތިލިސްޓައްލީނަމަ