ސްރީލަންކާގެ ނުވަރައެލިޔާއިން ކޮލަމްބޯއަށް ދަތުރުކުރި ވޭނެއް، ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އިތުރު ދެމީހަކަށްވެސް އަނިޔާވެފައިވާއިރު، އަނިޔާވި ހަތަރު މީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނުރައްކާތެރި މި އެކްސިޑެންޓުގައި އަނިޔާވި ދެ ދިވެހިންގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން އެވަގުތު ވޭނުގައި ތިބި އެހެން މީހުނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވި ދެ ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގަންނަނީ ދ. އަތޮޅު ސްކޫލުގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްސީގެ ލީޑިންގ ޓީޗަރ އާމިނަތު ޒާހިރާއެވެ،

މި ދެ ދިވެހިންނަށް ލިބުނު އަނިޔާގެ ތަފްސީލެއްް އަދި ލިބިފައެއް ނުވެއެވެ.