ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކެނަޑާއަށް ވަޑައިގަންނަވައިފިއެވެ.

އެކަމަނާ ކެނެޑާއަށް ވަޑައިގެންނެވީ ކެނެޑާގެ މޮންޓްރިއޯލްގައި ބާއްވާ ބައިނަލް އަގުވާމީ ވައިގެ ދަތުރު ފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އީކާއޯ) ގެ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުންނެވެ.

ނަހުލާގެ އިތުރުން މި ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިޖަލްސާ ކުރިޔަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށެވެ.

އިކާއޯހެ އާންމު މަޖިލީހަކީ އެ ޖަމުއިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކަށާއި، ވައިގެ ދަތުރުފަތުރާއިބެހޭ ބައިނަލް އަގުވާމީ އެހެނިހެން ޖަމިއްޔާ ތަކަށް ދައުވަތުދީގެން ކޮންމެ ތިން އަހަރުން ބާއްވާ ބައްދަލުވުމެކެވެ.

މިފަހަރު 192 މެމްބަރު ގައުމުތަކުގެ ތެރެއިން 172 ގައުމެއް ބައިވެރިވެފައި ވާއިރު ވައިގެ ދަތުރުފަތުރާއި ގުޅުން ހުރި 61 ބައިނަލް އަގުވާމީ ޖަމުއިއްޔާއަކުން ބައިވެރިވާނެ އެވެ.

އީކާއޯއަކީ 1944 ގައި އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ ދުނިޔޭގެ އެކި ތަންކޮޅުތަކުގައި ދަތުރު ފަތުރު ކުރާ އެއްޗެހި ދުއްވުމުގެ ގަވާއިދުތަކާއި ެ އިތުރުން ސަލާމަތީ ފިޔަވަޅުތަކާއި އުސޫލްތައް ކަނޑައަޅާ ނަގަހައްޓާ ބައިނަލް އަގްވާމީ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ދަރިންތައްދޫކޮށްލާފަ މީނަ ކެނެޑާއަށްދިޔައީދޯ. ދަރިއަކާ ދަރިއެއް. ކޮންމެ މީހަކު ވިހަވިހާފަ ދަރިންތައް މީހުނާ ބަލަން ހަވާލުކޮށްފަ ތުންފަތުގަ ކުލަ ޖައްސާފަ އޮފީހަށްދެވެނިކޮށް ނިމުނީ. ދެންކޮން ތަރުބިއްޔަތެއް ދަރިންނަށްދެވޭނީ.

    10
    1
  2. ސަޓޯ

    ނަހުލާއަށް އިނގިރޭސި އެނގޭބާ ؟؟ ނޫނީ މިއީވެސް ވެލްކަމް ޓޫދަ ލައުރާއެއްބާ ؟؟

    8
    1
  3. ނަމަ

    ކެނެޑާ މީހުން ނަން މީތި ސަލިވާނެބާ