އިސްރާއީލާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާގައި ދިވެހި ޤައުމީ ދިދަ ވިހުރުވާލައިފިއެވެ.
މިއަދު ފަލަސްތީނާއި އިސްރާއިލް ގުޅޭ ބޯޑަރު ސަރަޙައްދުގައި ކުރަމުންދާ މި މުޒާހަރާގެ ބައިވެރީންތަކެއް، މުޒާހަރާތެރެއިން ދިވެހި ދިދަ އުފުއްލާލާފައި ވަނީ ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ތިބި ތިބުމާއިއެކު، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ނިންމުންތަކަށް ރާއްޖެއިން ރައްދުދެމުންދާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
ފަލަސްތީނު މުޒާހަރާ ތެރެއިން ދިވެހި ދިދަ ވިހުރުވާލި މަންޒަރު ފެނިގެން މިދިޔައީ، ސަރުކާރާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިތުރުން މަޖިލީސް މެމްބަރުން، ފަލަސްތީނުގެ ކުށެއް ނެތް ޢާންމުންނާއި މެދު އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ކުއްވެރިކޮށް ޝޫޢޫރު ފާޅުކޮށްފައިވަނިކޮށެވެ.
GoM condemns the deadly attacks on Palestinian protesters near Gaza's border. Deepest condolences to the Government and brotherly people of #Palestine including the families of the victims - Foreign Minister @ASIM_MDV
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 31, 2018
މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ ޣައްޒާ އާއި ދެކޮޅަށް އިސްރާއީލުން ހަނގުރާމަކުރަމުންދިޔަ ދުވަސްވަރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޣައްޒާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ 21 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެ މުޒާހަރާގައި 1500 މީހުން ވަނީ ޒަހަމްވެފައެވެ.
ފަލަސްތީނު ރައްޔިތުން މާރިޗު މަހުގެ 30 ވަނަ ދުވަހު އަޑު އުފުލަން ފެށީ "ބިމުގެ ދުވަސް" ފާހަގަ ކުރުމަށެވެ. ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 30 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުުރާ ދުވަހެވެ. މި އަހަރަކީ އެ ދުވަސް ފާހަގަ ކުރާތާ 42 އަހަރު ފުރުނު އަހަރެވެ.
މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާގައި 35000 މީހުން ބައިވެރިވި ކަމަށް އިސްރާއިލް ސިފައިން ވަނީ ބުނެފައެވެ. އަދި އިސްރާއިލް ސިފައިން ބުނިގޮތުގައި މިއަދުގެ މުޒާހަރާގައި 50000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
لحَمْد لله، الله أكبر
ﷲ އަކްބަރް
ސަޅި. ދިވެހިން ތިބީ ފަލަސްޠީނާ އެކު.
ރައީސް ޔާމީންގެ ޒާމަތުގައި ދިވެހި ގައުމީ ދިދަ މުޅިދުނިޔޭގައި ވިހުރެނީ
ސާބަހޭ ރައީސް ޔާމީން
ރައީސް ޔާމީނަށް ނުވެސް އެނގޭ މިކަމެއް ވީކަންވެސް ވޯ ގޮތްވެސް މުއީ ދިވެހިންތަކެއްގެ އިސްނެގުމެއް
އުފަލުން ރޮވިއްޖެ. ކިތައްމެ ދުރުގަ ތިއްބަސް އަބަދުވެސް ފީލްވަނީީ ތީީ އެއްލޭ ހިނގާ އެއްހަށިގަޑުފަދަ އަޙްންތަކެއްފަދަ ބަޔެއްގޮތަކަށް. ❤?
ކެރެންޔާ އެމޑޕ ގެ ނަސީދު މިކަންކުއްވެރި ކޮށްލަބަލަ ނުކެރޭނެ ޔަހޫދީންގެ އެހީތެރިކަން ނުލިބޭނެތީ ބޭނުންވަނީ އިސްލަމް ދީންދުއްވާލައިގެންވެސް މިގައުމުގެ ވެރިކަން އިދިކޮޅު ޕާޓީތައްވަނީ އމޑޕ އިން ހައިޖެކްކޮށް އަނގަގަ ތަޅު އަޅުވައިފަ ކޮބައި އަދާލަތު
މިއަހަރުގެ މިހާތަނަށްއައިއިރު ލިބުނު އެންމެ ހިތްހަމަޖެހުނު ޚަބަރު.
ސާބަހޭ ނުާގޮވާ އިހަށް ތިދިދައެއް އުފުލުމެ މަސައްކަތް ކުރީ ކޮންބައެއްތޯ ބަލާބަލަ. އަޅެ ދިވެހި އަންހެނުންގެ ދަރިން އެބަތިއްބޭ ފަލަސްޠީން މީހުންނަށް ލިބިފަ. ތިކަމަކާ ތިގޮވާ ސާބަހޭޔަކާ ހަމަ އެއްވެސް ގުޅުމެއްވޭބާ. އިހަށް ތެޅިފޮޅި ނުގަނެ ތިކަމެއް ވީ ކިހިނެއް ކޮންބަޔެއް ކުރިކަމެއްތޯ ބަލާބަލަ
ﷲ އަށް ޙަމްދުހުރި
އަޅުގަނޑު ވެސް ފަލަސްޠީނާއި އެކު، ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނަށް މާތްﷲ ނަސްރުދެއްވާށި، އާމީން
ﷲ އަކްބަރް
މަރުޙަބާ ދުނިޔޭގެ އެތަށްމިތާ ދިވެހި ދިދަ! ސަޅި.. ތަންކޮޅެއް ކުރިންވެސް ދެކުނިން އެލްޖީބީޓީ ޕެރޭޑެއްގަވެސް ދިވެހި ޒުވާނަކު ދިވެހި ދިދަ ހިފައިގެން އުޅުނުތައް! މަރުޙަބާ!
މިއީ ވަރަށްއުފާވެރި ފެނިލުމެއް، ދިވެހިންނަކީ ޤައުމުކުޑަނަމަވެސް އިސްލާމީ އުއްމަތަށްދިމާވާ ބޮޑެތިކަންތަކުގައި ވަރަށްކެރި ސާބިތުކަމާއެކީ ހައްޤުބަސްބުނާބަޔެއް . ފަލަސްތީނުގެ މަށްސަލަ ހައްލުކުރުމަށް ދުނިޔެ ނުކުޅެދި އޮންނަތާ60 އަހަރުވެއްޖެ.
ކޮބާ! ހުރިހާކުދިން ވޯޓުލާން ތައްޔާރުވޭ ދީނީ ސަރުކާރަށް.
ދިދަ ހިފައިގެން ތިބިބަޔަކަށް ނޭގެ އެއީ ކޮން ދިިދައެއްކަމެއް. މީހަކު ނިދީމަ ހިފައިގެން އެތިބީ
ޤަބޫލެއް ނުކުރެވޭ. ފޭކް ފޮޓޯ އެއް. ލިއުމެއްގެ ބަދަޅުގައި ދިވެހި ދިދަ ހަދާފައި .
ފަލަސްތީނުގެ މުސްލިމުންނަށް މާތްﷲ ނަސްރުދެއްވާށި
ބަލާ އެއްނުތަ މިކަމައް ސިޔާސީ ނުވައްދަބަ
ﷲއަކުބަރު އަލުހަމުދުލިއްލާހި
އަލުހަމުދުލިއްލާހި....މީމުސްލިމުންގެ ސިފަޔަކީ....އަހަރުމެން އަބަދުވެސް މިތިބީ މުސްލިމް ޤައުމުތަކާ އެއްކޮޅަށް
ސާބަސް ޔާމީން
ﷲގެ ރަޙުމަތްފުޅުން އެއުރެންނަށް ނަސްރު ދެއްވާދޭވެ، އާމީން.........
ﷲ އަކްބަރ ސާބަހޭ ދަރިންނޭ ތިޔައީ ދަރިންނަކީ
ކޮބާތަ އަދާލަތު މިޕާޓީގެ ނަން ދީލާލިތާ ޕާޓީގެނަމަށް ބަދަލުކުރުމަށް ގޮވާލަން.
ސަހުސު އޮޅުވާ ލަނީ ދޯ
ކޮންމެހެން އެކުގައިވާކަން ދައްކަން ބަޔަކުލައްވާ ލޮބުވެތި ދިވެހި ދިދަ ވިހުރުވާކަށް ނުޖެހޭ ސިޔާސީ ޕޮއިންޓެއް ހޯދުމަށް.
މިހުރިހާ ދުވަހަކު ވެސް އަހަރެމެން ދިވެހިން މިތިބީ ނިކަމެތި ފަލަސްތީން މީހުނާއިއެކު
ޤައުމީ ފެންވަރުގަ ޖުމްހުރީމައިދާންގަ ޙާއްސަ ޖަލްސާއެއް ބާއްވާގެން ތިކަން ފާހަގަކުރަން ޖެހޭނެ ވަރައްކުލަގަދަކޮއް!
ޢަލްހަމްދުލިއްލާހި
ދިވެއްސަކަށް ވީތީ ފަހުރުވެރިވަން
މިހަހަލަ ކަންތަައް ސިޔާސީ ނުކޮއްބަލަ
"އަޅޭ"، "ނަފާ" ހަޖަމްކޮށްބަލަ. އެމް. ޑީ. ޕީ ލާދީނީ ގްރޫޕްތަ ދިދަ ހިފައިގެން ތިބީ؟ މިއީ ރައީސް ޔާމީންގެ އިސްލާމްދީނާއި މުސްލިމުން އިސްކުރުމުގެ ސިޔާސަތުގެ ދަށުން، ޔޫ. އެން ގައި ރާއްޖެ ތަމްސީލުވަމުންދާ ގޮތުގެ އަގު ވަޒަންކުރަމުން، ފަލަޞްޠީނުގެ ދަރިން ދައްކައިދިން ޝުކުރުވެރިކަމުގެ ނިޝާނެއް. ކޮއްކޮމެން ފޮނުވިގޮލާ އެއުޅެނީ ޒުވާނުންނަށް ޑިސްކޯ ބާއްވަން ފަންޑު ހޯދަން ހަރުބީ ކާފަރުން ކައިރީ ސަލާންޖަހަން.