ޕީޕީއެމްގެ ގިނަ ސޯޝަލް މީޑިޔާ އެކައުންޓުތަކެއް ސަސްޕެންޑްކޮށްފިއެވެ.

އެގޮތުން ޕީޕީއެމްގެ ބައެއް ޓްވިޓާ އެކައުންޓުތައް ކަމަށްވާ "އަސުރުމާ" އާއި "އަމާޒޭ ޔަޤީން" ވަނީ ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންގެ އެކައުންޓުތައް ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކައުންޓުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ރަސްމީ ޓުވިޓަރ އެކައުންޓު ވެސް ވަނީ މިއަދު ސަސްޕެންޑްކޮށްފައެވެ.

ކުއްލިއަކަށް ޕީޕީއެމްގެ ގިނަ އަދަދެއްގެ ސޯޝަލް މީޑިޔާ އެކައުންޓުތަކެއް ސަސްޕެންޑް ކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މި އެކައުންޓުތައް ރިކަވަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްގެ ސޯޝަލް މީޑިޔާ އެކައުންޓުތަކެއް ސަސްޕެންޑް ކުރިއިރު މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްރެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސެން

    ޝަރީޢަތަށް ބޭނުނވެދާފަދަ އެއްޗެތި ޑިލީޓް ކުރުމަށްޓކައެވެ

  2. ބެނާ

    ދޮގު މައުލޫމާތުފަތުރަންޏާ ޓްވީޓާ އައްވެސް އެނގޭނޭ

  3. ޓްވިޓަރ

    ތިކަން ވީގޮތަކީ، އެމް.ޑީ.ޕީ ގުންޑާއިންނަށް ހަޖަމް ނުވެގެން ފޭކް ޓުވިޓާ އެކައުންޓްތަކެއް ހަދައިގެން ޕީ.ޕީ.އެމް މީހުންގެ އެކައުންޓްތައް ރިޕޯރޓް ކުރީ.

  4. މ.ސ

    ޢެމްޑީޕީ ގައި ތިބެނީ މޮޔައިން!