އިދިކޮޅު ފަރާތަކުން މިރޭ ހއ .އިހަވަންދޫގައި ކުރިއަށް ދާ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހަރުގެ އެއް ހުޅުވައިފިއެވެ.

މިރޭ ކުރިއަށް ދާ ޖަލްސާގައި އިހަވަންދޫގައި ހުޅުވި ޖަގަހަ އަކީ 48 ގަޑިއިރުތެރޭ އާޅާ ނިންމާލި ހަރުގެއެއް ކަމަށް އެމްޑީޕީ އިން ބުނެއެވެ.

އިހަވަންދޫގެ ބަނދަރުމަތީގައި ހަދާފައިވާ އައު ހަރުގެ ހުޅުއްވައިދެއްވީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ހަރުގެ ހުޅުވުމަށް ފަހު ހަރުގޭގައި އެމްޑީޕީގެ ދިދަ ނެންގެވީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ އެވެ. އެޔަށްފަހު ހަރުގޭގައި ރާއްޖެޓީވީ ބެލުމަށް، ހާއްސަ ބެނާއެއް ވަނީ ކައްސަވާލައްވާފަ އެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަހުމަދު އަބްދުﷲ ވިދާޅުވީ އިހަވަންދޫގައި ހުޅުވި އައު ޖަގަހަ ވެގެންދާނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރާނެ ޖަގަހަ ކަމަށާއި، މި ޖަގައިން ކުރާ މަސައްކަތާއެކު މި ސަރުކާރު ބަދަލުކުރައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ކެފޭއަކަށް އެރި ނަމަވެސް އިވެނީ ސަރުކަރުގެ ވައްކަމުގެ ވާހަކަދައްކާ އަޑުކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންތައް މިއަދު އެންމެންނަށްވެސް ވަރަށް ސާފުކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރަމުންގެންދާ ވައްކަންތައްވެސް ހުއްޓުވާނެކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ވެރިަކން ބަދަލުކުރާނީ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތިން ކަމަށެވެ. އަދި ޤާނޫނު އަސާސީގައި ވެރިކަން ބަދަލުކުރެވޭނެ ގޮތް ބަޔާންކޮށްފައިވާކަމަށާއި، އެ މަގުން ގޮސް، އަނިޔާވެރި ވެރިކަމަށް ނިމުން ގެންނާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަނާ

    ހެހެ މަބުނީމެއްނު އެމޑޕ އަކީ ހިޔަޅު ޕާޓީއެކޭ އމދޕ ވަނީ އިދިކޮޅު ޕާޓީތަށް ހައިޖެއްކޮށްފައެ މަކަރާހީލަތުން ބޭނުންވަނީ ވެރިކަން ނުކެރޭނެ އެހެން މީހަކށް ކުރިމަތިލާކަށް ބޭރު އރުވާލަނެ

  2. Anonymous

    މޮޔަ ހައްދަން އެހާ ފަސޭހަ ބައެއްނޫން އިހަވަންދޫ މީހުނަކީ. މަނުބުނާނަން ތި ޖަހަގަ ގަނޑުވެސް ތިތާ މާކަ ގިނަދުވަހަކު ހުރެދާނެހެނެއްވެސް