ދިވެހި ރާއްޖެ ނުދެކޭ ފަދަ ދަރަންޏެއް ދައްކަމުން މިއަދު ރާއްޖޭގެ އާމްދަނީ އިތުރުކުރީ ރައީސް ޔާމީންކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

އަލީ އާރިފް މިހެން ވިދާޅުވީ މިހާރު ލ.ގަމުގައި ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" (މިތިބީ ރައީސް ޔާމީނާއެކު) ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ އާރިފް ވިދާޅުވީ، ދިވެހި ރާއްޖެ ނުދެކޭ ފަދަ ބޮޑު ދަރަންޏެއް އޮއްވާ އެ ދަރަނި ދައްކަމުން މިއަދު ރާއްޖޭގެ އާމްދަނީ އިތުރުކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. "އިހަށް ދުވަހު މައި ބޭންކުން އެ ވިދާޅުވީ، 625 މިލިއަން ޑޮލަރަށް ތިމަންނަމެންގެ އާމްދަނީ ގެނެސްފީމޭ.". އަލީ އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ރުފިޔާ ދިވެހި ރައްޔިތުންނަށް ތައުލީމާއި ބެހޭ މިނިސްޓްރީން އެކަނިވެސް ހޭދަ ކުރައްވާ ކަމަށެވެ. އަދި ފުނޑިފައި އޮތް ސިއްހީ ނިޒާމްވެސް ކޮޅަށް ޖެއްސެވީ ރައީސް ޔާމީންކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެއްލެވިޔަސް ފެންނަނީ ތަރައްގީ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައިސް، ރައްޔިތުންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ދެއްވާފައިވާކަަމަށެވެ. އެގޮތުން ތައުލީމީ ނިޒާމާއި، ވިޔަފާރި ސެކްޓަރަށް ބެލި ކަމުގައިވިޔަސް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް އުފާވެރި ހަޔާތެއް ގެނެސްދެއްވުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް އާރިފް ވިދާޅުވިއެވެ.

އަދި ޒުވާނުންނަށް އެކި ފުރުސަތުތައް ދެއްވުމާއި، ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަކީވެސް މި ގައުމަށް ފައިދާވާ ފަދަ މަސައްކަތްތަކެއް ކޮށްދެވޭނެ ކުދިންކަން ސާބިތުކޮށްދެއްވީ ރައީސް ޔާމީންކަމަށް އާރިފް ވިދާޅުވިއެވެ.

"ޒުވާނުންގެ ބައިވެރިވުމަށް އެމަނިކުފާނު ޖާގަދެއްވާނަމޭ ވިދާޅުވީ، ޒުވާނުންނަށް ކޮންމެ ދިމާލަކުން އެމަނިކުފާނު ފުރުސަތު އެބަ ހޯއްދަވާ ދެއްވާ. އެއީ ފޮޓޯގްރަފީގެ ޒަރިއްޔާއިންކަމުގައި ވިޔަސް، ވަޒީފާ ހޯދަދީގެން ކަމުގައިވިޔަސް، އެ ކުދިންނަށް މަތީތައުލީމުގެ ފުރުސަތު ހޯދަދީގެން ނަމަވެސް، ލޯނު ސްކީމުންނާއި، ލޯނުގެ ޒަރިއްޔާއިންނާއި، ފްރީ ސްކޮލާޝިޕް އާއި އެގޮތް މިގޮތަށް ކުރިއަށް ދެވޭނެ ޖާގަ އެ ހޯދަވާ ދެއްވީ". އާރިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަރަށް!

    މަށަކީ ޔާމިނު ވެރިކަމަށް ގެންނަން ރެޔާ ދުވާލު މަސައްކަތްކުރި މީހެއް. ވެރިކަމަށް އެރީއްސުރެ މިއަދާ ހަމައަށް ދައުރު ނިމެމުން މިދަނީ މާސްޓަރސް ޑިގްރީ އޮވެ ވަޒީފާ އެއްނުލިބި. ބިކަހާލުގައި މާލޭގައި ޢާއިލާއާއެކު. އެގޮތް މިގޮތުން ގުލާނުކޮށްގެން. ކަލޭމެނާ ކަލޭމެންގެ އައުވާނުންނަށް ތިޔަމޮޅެއް ވެގެން ތިއުޅެނީ. އުމުރުން 5 އަހަރު ބޭކާރު މިވީ ހަރުފައެއް މި ގައުމަށް ފާކުރައްވައިގެން. ދެން ނިކަން ހޮވިބަލަ.

    • ލައިލާ

      ދެންވެސް ހޮވާނަން. ކަލެއަށް ވަޒީފާ ނުލިބުން އެއީ ކަލޭގެ މައްސަލައެއް؟ ކަލޭ ވޯޓް ދީގެން ހޮވާނެ ހިޔަޅެއް ކުރިމައްޗެއް ނުލާނެ.

    • ހަސަނު

      އަހަރެމެން މިރައީސް ވޯޓު ދޭނަން ނުދޭމީހަކު ނުދިނަސް ހެޔޮ- ތިހެންކިޔަންޔާ މަށައްވެސް ކޮށްދިންކަމެއް ނެތް އުޅެބޮޑުވީ މަލޭގަ ފުލެޓެއްވެސް ނުލިބޭ ލިބޭތޯ އަހަރެމެން ވ މަސްއްކަތް ވެސް ކުރިން މަތިންމާރކުސް ލިބުނު ﷲ މިންވަރު ކުރެއްވީމަ ލިބޭނެ އަދިވެސް މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ ލިބޭތޯ

  2. ނަފާ

    އަސްލު ގޮތަކީ ޒަމާނެއްގަ ވެސް ނުދެކޭފަދަ ދަރަންޏެއް އަޅުވސމުންނޭ ދަނީ ރާއްޖޭގެ އަންނަން އޮތް ދަރިދަރިކޮޅަށް ވެސް ސަލާމަތް ނުވެވޭވަރަށް. އޭގެ 95 އިމްސައްތަ ޑަމްޕުކިރަނީ ގުރޭޓަރ މާލެއޭރިއާ އަށޭ