ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ މަޝްހޫރު ބޮލީވުޑް ތަރި، އަމީތާބު ބައްޗަން އާއި ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު މަހްލޫފު މިއަދު މިކަން ހާމަކުރައްވައ ކުރެއްވި ޓުވީޓެއްގައި ވަނީ އަމީތާބު އާއި ދެމީހުން ބައްދަލުކޮށް ނެންގެވި ފޮޓޯ އެއް އާންމުކުރައްވާފައެވެ. އެ ޓްވީޓުގައި މަހްލޫފު ވިދާޅުވީ އަމީތާބު އާ ބައްދަލުވުމުން ވަރަށް އުފާވާކަމަށާއި، އަދި އޭނާ އަކީ ވަރަށް ހިތްހެޔޮ އަދި އެހާމެ ހިތްތިރި މީހެއް ކަމަށެވެ.

މަހްލޫފު ވަނީ މި އަހަރުގެ އިންޑިއާ ސިނަމާގެ "ދާދާސާހިބް ޕަލްކޭ" އެވާޑު އަމީތާބު ބައްޗަން އަށް ލިބިފައި ވާތީ އޭނާ އަށް މަރުޙަބާ ދަންނަވާފައެވެ. ދާދާސާހިބް ޕަލްކޭ އެވޯޑަކީ އިންޑިއާގެ ސިނަމާގައި ދެވޭ އެންމެ މަތީ އެވޯޑެވެ.

މިނިސްޓަރުގެ މި ނުރަސްމީ ދަތުރުފުޅުގައި އިންޑިއާ ސިނަމާގެ "ރިއަލިޓީ ޝޯ" ތައް ރާއްޖެއަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އިންޑިއާގެ ޑްރާމާތަކާއި، ޝޯތަކަކީ ދިވެހިން، ވަކިން ޚާއްސަކޮށް ދިވެހި އަންހެނުން ގަވާއިދުން ބަލަމުން އަންނަ ޕްރޮގްރާމް ތަކެކެވެ.

އިންޑިއާގެ އެންމެ މަޝްހޫރު، އެންމެ ގިނަ ބަޔަކު ދަންނަ އެއް ތަރި އަކީ އަމީތާބު ބައްޗަން އެވެ. އަމީތާބު ވަނީ އެތައް ސަތޭކަ ފިލްމެއް ކުޅެ، ބޮލީވުޑްގެ ފެންވަރު މަތި ކުރުމަށް އެތައް ގޮތަކުން އެހީތެރިވެދީފައެވެ. 1969 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށްވެސް އަންނަނީ ދެގޮތެއް ނުވެ ޙިދުމަތް ކޮށްދެމުންނެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ މަސައްކަތްތަކަށް ވަނީ އެތައް އެވޯޑަކާއި ޝަރަފެއްވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނިކަމެތި ރައްޔިތުން

    ސާބަހޭ ޖަޒީރާ ރާއްޖޭގެ މިނިސްޓަރުންނަށް.

    37
    7
  2. ާަާަަައަސްލު

    ތިދެވުނީސުވަރުގެއަށްތަ...މީނަގެކަމަކީމީތޯ..؟!

    52
    1
  3. ސެއިހު

    އުޑަށް އެރުނި

    47
  4. ނަމަ

    އަމީތާބާއި ބައްދަލުކުރީމަ ޒުވާނުންގެ ކުރިމަގު އިޖާލާވާނެ

    40
    6
  5. ޚާފަ

    ތިބޭފުޅާ އަމީތާބާ ބައްދަލްކޮލާފަ އާދޭ ކޮންމެހެން ތިޔަބުނާ ކަންކަން މިގަޢުމަށް ގެންނާނެކަމެއްނެތް.

    57
    1
  6. ތައްޚާން.

    ޤައުމުގެ މިފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގައިގެން ގިނަ އަދަދެއްގެ ދިވެހިން އެކަމުގެ ހިތާމައިގައި ވަނިކޮށް " އޯގާތެރި " ސަރުކާރުގެ މިނިސްޓަރުން އަމިއްމަ އުފާ ހާޞިލް ކުރުމަށް އުދުހެނީ. އިއްޔެ މިވެރިން ދެއްކިވާހަކަ އަމިއްލައަށް ހަނދާނަށް އެބަހުރިބާ؟ ސުކުރިއްޔާ މަހުލޫފް ޤައުމު މިވަނީ ތިބޭފުޅުންގެ އޯގާތެރިކަމުން ދަރަނީގެ ރެކޯޑެއް ހަނދާފަ ސުކުރިއްޔާ.

    70
    1
  7. ކކކކ

    ރާއްޖެ އަށް ދެން އިތުރު ކޮން ކަމެއް ބޭނުންވަނީ. މިއޮތީ ހުރިހާ ކަމެއް ފުދިފަ

    45
    1
  8. +10

    ދެން ގައުމީ ޓީމް އަށް ގެންނަ ކޯޗް

    43
    2
  9. މޮޔަ

    ހެހެހެ މަވެސް އަމީތާބާއެކު ފޮޓޯ ނެގިން. ތީ މާމޮޅުކަމެއްތަ

    34
  10. ޖާޒީރާ ބޯއީ

    ރާއްޖޭގައި ޑްރާމާ ކުޅެކުޅެފައި އެންމެ ފަހުން އިންޑިޔާއަށްވެސް ދިޔައީދޯ ޑްރާމާކުޅެން. މުޅި ގައުމީ ކުޅިވަރުތަށް ހަލާކުކޮށްލާފައި މިކަލޭގެ އެތަންމިތަނުގައި ފެތުރެނީ.

    37
    1
  11. ހުދުހުދު

    އެމްއެމްޕީރާސީ ގެ ފައިސާތަށް ހުސްކުރަނީ

    36
    1
  12. ާކާޅު ކެޔަސް ސޮށް ނުގޮވާ

    ޢެހެންވެ އައި ގޮތަށް އައިއްސަ ބަށި އެސޯސިއޭޝަން ވަދެ ހުޅުވިޔަ ނުދިނީ އިންޑިޔާ ސަގާފަތް ކުރި އަރުވަން ދޯ

    41
  13. ދިވެހިން

    ާަތިއުަޅެނީ ދިވެހިރާއްޖެ ޣައިރުދީން ކުރަންވެގެން

    34
  14. ސައިމާ

    ޔޫތުމިނިސްޓަރުގެ މާބޮޑު ޙަރަކާތެއް ނުފެނޭ. ދެން ރަނގަޅުވާނީ ތިގޮތަށް ހިންދީ ފިލްމުސްޓާރުންނާއެކު ދުވާލަކު މީހަކާއެކު ފޮޓޯނެގިއްޔާ.

    38
  15. ގަލޮޅު 25 ސެޕްޓެމްބަރ 2019

    މީ މީނަގެކަމަކީ އަހަރުމެން ޓެކުސް ފައިސާ ބޭކާރު ކުރުން ލަދުގެކަންފުޅެއް ވެސްނެތް

    38
  16. ޖޮނީ

    ބޮލީވުޑުން ވަޒީފާއެއްލިބޭތޯ ބަލާ!

    34
  17. މއާޒު

    މިނަދެން މީ ހަމަ ދިވެހިންގެ އަގު ވައްޓަން އުޅޭ މީހެން ހެން ހީވަނީ މަގާމުގެ ހައިބަތު ނޭންގޭ މީހުންނާ ހަވާލުކުރީމަ ވާނީ މިހެން

    25
  18. ޏ

    އެއްގޮތަކަށްވެސް އިންޑިޔާގެ ރިއަލިޓީ ސޯތަށް ގެނެސްގެން ނުވާނެ މަމެން އެމީހުންގެ އެއްޗެއް އަދި އެހެންބަލައިލިއަސް އޭގެ އެދައްކާ ނެގެޓިވް އެއްޗެހިވަކިކޮއް އޭގެ ޕޮޒިޓިވް ތަންކޮޅެއްފެނޭތޯ ބަލަނީ އެއްގޮތަކަށްވެސް ތި އިންޑިޔާ މީހުންކުރާކަންތަށް މިގައުމުގަކޮއްގެންނުވާނެ މަހޭ ޖެހޭނީ އެދުވަހަކުން ގެއަށްދާން

    22
  19. ޏ

    ހުރިހާމިނިސްޓަރުން ފޭލިވެފަ ސަހަލު އެކަކުވެސް ނެތް މިސަރުކާރަކު ކުރީސަރުކާރުގަ ތިބި ތޯރިގުމެންކަހަލަ މިނިސްޓަރުން ގެންނަށްވީނުން .ކަމެއްނުވާބަޔަކު ލައިގެން ނުތިބެ .އިސްތިއުފާއަކަށް ނުގޮވާ އެކަކުވެސް އިސްތިއުފާދޭންވީނުން ކަމެއް ނުކޮއްދޭއިރު

    27
  20. ށާން

    ޖަޒީރާ ރާއްޖެގެ މިނިސްޓަރުން ޔަހޫދީއެއްގެ އަތާ އަތް ޖެހުނަސް ހައްޓަކު ހެޔެއްނުހުންނާނެ.ތީ މިހުރިހާދުވަހު ކަލޭ ނުވެގެން އުޅުނުކަން.ކަލެއަށް ވަރަށް ސަލާމް. އެދުވަހު މަގުމައްޗަށް ނިކުތީ ރައްޔިތުންގެ ޙައްޤުގައި . ކަލޭ ތިއުޅެނީ ކަލޭގެ ޙައްޤުގައި.

    24
  21. ފިލާވަޅު

    މިގައުމުގެ ކަލްޗަރ އަދި އިސްލާމީ ރިވެތި އަޙްލާޤު މިމީހުން އެހެން ދީންތަކުގެ ސަޤާފަތާ ކަލްޗަރ މިތނައް ތަޢާރަފްކޮށް މީހުންގެ ވިސްނުން އަދި އަޙްލާޤު ބަދަލުކުރުމުގެ ނުބައި ވިސްނުމުަގއި މަހްލޫފް މެން މިމަސައްކަތް ކުރަނީ... ގަޢުމެއް ބަބަި ކޮއްލުމުގެ އެޖެންޑާ ވަރައް ބާރައް ކުރިޔައް މިދަނީ... ގަޢުމެއް ގައި ގަވަނަންސް ނޭންގޭ މީހުން އައްޔަނުކުރުމުން އެގަޢުމެއް ހަލާކުވެގެން ިގައިދާނެ.. މިއީ ޤަޢުމީ ސަލާމަތައް ހުރި ނުރައްކަލެއް.. މިޤަޢުމުގައި ޖެނަރލުނގެ ފެންވަރުަގއި ތަމްރީންވެގެން އަންނަ އޮފިސަރުންގެ ދައުރު ކޮބައިބާ މިކަމައް އެކްސަނެއް ނުނަގައިފިނަމަ އެއީ ޤަޢުމައް ގައްދާރުވުން

  22. ފިލާވަޅު

    ގަޢުމެއްގެ ސަގާފަތް ނުވަތަ ރިވެތި އިސްލާމީ ދުރޫސުލް އަޙްލާޤް ގެއްލިގެން ދަނީ މިފަދަ އެހެން ދީން އަދި ޤައުމުތަކުގެ ސަގާފަތް ނުވަތް "ކަލްޗަރ" އަށަގަނުވަން އެފަދަ ބާވަތުގެ ކަންކަން އެގަޢުމުތަކައް ތަޢާރަފްކޮށް އެބައިމީހުންލައްވާ އެކަން ކުރުވާ އެގަޢުމެއްގެ ވިސްނުމާ ދީނީ މަންހަޖް މިފަދަކަންކަމުން ބަދަލުކޮށް ހެދުން، މިފަދަ އެޕްރޯޗް ތަކަކީ ގިނަ ބާރުވެރި ޤަޢުމުތަކުން އިސްތިޢުމާރްކުރަން ގެންގުޅޭ ޓެކްޓިކްސް. ވިސްނުން ސަގާފަތުގެ ތެރެއިން ބަދަލުކުރުން. މިއީ ގަޢުމީ ސަލާމަތައް ހުރި ބޮޑޮ ނުރައްކަލެއް ގަޢުމއެއްގައި ފިތުނަ ފަސާދަ އަށަގަނުމުގެ ފެށުން ދެބައިވުމުގެ ފުރުސަތު ބޮޑޮކުރުން ގަޢުމެއްގެ އެތެރޭގެ ހަމަޖެހުން ނައްތާލުން. މިގަޢުމުގައި ޖެނެރަލުންގެ ލެވެލްއަށް ކިޔވައިދީ ތަމްރީން ކޮށްފަތިބި އޮފިސަރުން ކޮބައިތޯ ތިޔަބޭފުޅުންގެ ޒިންމާ ކޮބައިތޯ އިންޓަރނަލް ސެކްޔޯރިޓީ އަންދަސްޑޭންޑް ވެތޯ. ކޮބާތޯ ގަވަނަނސް؟؟ އުއްމީދު ކުރަން މިކޮމެނޓް ޖަހާނެކަމައް އަދި ސެކިޔޯރިޓީ ފޯސަސް އަދި ޕޮލިޓީޝަނުން މިކައް ވިސްނާނެކަމައް

  23. ސަޢީދު

    މަޚްލޫފު ބޮޑުވާނީ ކޮންއިރަކުންބާ. އަދިވެސް އުޅެނީ ކުޑަކުއްޖަކު އުޅޭހެން. ހަރުދަނާ ކަމެއްނުފެނޭ މިނިސްޓަރަކަށް ވީމާވެސް..

  24. އިބުރާ

    މިއީ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެންތިބެ ލާހޫރޭބައެއްތަ؟