ރައީސް ޔާމީން ހައްޔަރުކޮށްފައި ޖަލަށް ލާނެ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅު ފަރާތް ތަކުން ހއ.އިހަވަންދޫގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އަނިޔާވެރިކަން މިވަނީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ފެތުރިފައި ކަމަށެވެ.

"މި އަނިޔާވެރިކަން ހުއްޓުވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ މިއަދު ރައީސް ޔާމީން ދަންނަ މީހެއް ނެތް ކަމަށާއި, ގައުމުގައި ހިދުމަތް ކުރި ހިދުމަތްތެރިން މިހާރު ތިބީ ޖަލު ގޮޅީގައި ކަމަށެވެ.

"މި ދައްކަނީ ތޯތޯ ވާހަކައެއް ނޫން. ކުރޮއަށް އޮތް އިންތިހާބަށް އަޅުގަނޑުމެންދާނީ އަބްދުﷲ ޔާމީން ހުއްޓުވާފައި. އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންނަށް މި ޔަޤީކަންދެނީ އަޅުގަނޑުމެންގެ މަސައްކަތް ހުއްޓުވާނީ އަބްދުﷲ ޔާމީން ހުއްޓުވައިފައިކަން. އިންތިހާބަކަށްދާނީ ޔާމީން ހުއްޓުވާފައި" އަލީ ޒާހިރު ވިދާޅުވިއެވެ.

މި ސަރުކާރުގެ މުންކަރާތް ހުއްޓުވަން ޖެހޭ ކަމަށާއި ސަރުކާރުގެ ބައެއް އަނިޔާވެރި އަމަލުތަކަށް ފުލުހުން އެހީތެރިވާ ކަމަށް ވިދާޅުވެ އަލީ ޒާހިރު ވިދާޅުވީ މި އަނިޔާވެތިކަމުގެ މުގޫ ކަމުގައިވާ ރައީސް ޔާމީން މާފުށީ ޖަލަށް ލާނަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސާ

    މަށަށް ހީވަނީ އޭގެ ކުރިން ޢަލީ ޒާހިރު ހެން ޖަލަށް ދާނީ!

  2. ހަސަން

    އަލީ ޒާހިރު މީހުން ޖަލައް ލާން ބުނާއިރު އިސްލާމް ދީނުގައި މީހުން ޖަލައް ލާން އޮވޭތޯ. އަލީ ޒާހިރު ފުރަތަމަ ފަސްވަގުތު ނަމާދު ކުރަންތޯ. އަލީ ޒާހިރު އަށް މީހުން ޖަލައް ލެވޭނެތޯ. ތީކާކު މީހުން ޖަލައްލާން. ހަމަޖެހޭ ވާހަކަ ދައްކަބަލަ އަލީ ޒާހިރު.

  3. ހައްމާޛު

    ކަލޭތީ ކާކު ބުރޯ......މަސްހޫރު ޓެރަރިސްޓް ފިލި ނަސީދު ގެނެސް ޖަލައް ފޮނުވަބަލަ........ކަލޭ ވެސްތީ ތަށި ދޮއްނަ ސުޕޮންޖުގަންޑެއް...ދެފުއް ދެގޮތް..

  4. އަބްދުއްލާ

    މި ސޮރު ހީވަނީ ވަރަށް އަވަހަށް ޖަލަށް ވަދެދާނެހެން

  5. ޑައިރީ

    ޢަލީ.ޒާހިރޭ އޭކާކުތަ. މޮޔައެއްތަ. ދީނީ އިލްމު ވެރިއެއްތަ. ދެފުއްކެހެރިއެއްތަ

  6. ޑާކު

    ތިބުނީ ޓެރަރިޒަމްގެ ދަޢުވާ ކުރެވޭނެ ވާހަކައެއް. އެއްވެސް ކުށެއްނެތް ސާބިތުނުވެހުރި މީހަކު ހައްޔަރުކޮށް ޖަލަށްލާވާހަކަ ނުދެއްކޭނެ. އަނެއްކާ މީހަކު ކުށެއްކުރާތަން ޤާޟީއަށް ފެނުނުނަމަވެސް ހެއްކެއް ނެތިއްޔާ ޤާޟީއަށްވެސް ޙުކުމެއް ނުކުރެވޭ. އެހެންކަމުން އެއަށްވުރެ މަތީން އަމުރުކުރެވޭނެ މީހަކު ނުހުންނާނެ. މިހާރު ތި ދަނީ ކުފުރާ ދިމާއަށް.

  7. ޑާކު

    މިއީ ވަކަރު މޫސާއަށް ވާރުތައަރާފަހުރި މީހެއް. އެހެންވީމާ ޖަލަށްދިޔައްޔާ އަތުންފައިން ކަމެއްނުކޮށް ވާނެއެއްނު. ރަށުގަ ހުރެއްޖިއްޔާ އަންހެނުންގޮވައިގެން ތަނަކަށްވެސް ދާންޖެހިދާނެ. އެހެންވެ ޖަލަށްލާތޯ އެއުޅެނީ.

  8. ބާބޫ

    މީވަރަށް ޖަލަށް ވަންނަހިތުން އުޅޭ ޖާހިލު ޒާހިރުދޯ މިކަލޭގެ އަނގަގަނޑުގަާ ހައްދުޖަހަން އެބަޖެހޭ.