ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރުން އިސްލާމް ވުމަށް ގޮވާލާ ކަމަށާއި އީޔޫ މެންބަރުން އިސްލާމް ވުމުން އީޔޫ އިން ބުނާ ގޮތް ދިވެހިން ހަދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ޕީޕީއެމް އިން ހައްދުއްމަތީ ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އީޔޫގެ ޕާލަމެންޓުން ދާދި ފަހުން ފާސްކުރި ޤަރާރުގައި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ "ދީނަކީ ހަމައެކަނި އިސްލާމްދީން. އެހެންވީމާ މިގައުމުގައި އޮންނާނީ ހަމައެކަނި އިސްލާމްދީނަށް އުޅުމުގެ ފުރުސަތު." ކަމަށެވެ.

"އަޅުގަނޑު ގޮވާލަން އީޔޫގެ މެންބަރުން ވެސް އިސްލާމް ވުމަށް." މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ ކުރިން އޭނާ ހިތްޕުޅަށް އަރަނީ ވެރިކަމާއި ހެދި އުޅެނީ ވަކި ގެއަކުން އެކަނި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި ވެސް އޮތީ އެއުސޫލު ކަމަށާއި ރައީސް ނަޝީދު ނޫން ބޭފުޅަކަށް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އައުމުގެ ފުރުސަތު ނެތް ކަމަށެވެ.

"ނަޝީދު ގަބޫލެއް ނުކުރައްވާ ނަޝީދު ނޫން މީހަކަށް ވެރިކަން ކުރެވިދާނެ ކަމަކަށް." މޫސަ ވިދާޅުވިއެވެ.

ހައްދުއްމަތީގެ މެންބަރުން ކުރިން ކުރައްވާފައިވާ މޫސަ މިރޭ ވިދާޅުވީ ހައްދުއްމަތީގެ މެންބަރުކަން އޭނާ ކުރައްވާފައި ވާތީ ހައްދުއްމައްޗާއި މެދު އޭނާގެ ހިތްޕުޅުގައި ހާއްސަ ޖާގައެއް ދެވިފައިވާ ކަމަށެވެ.

"އެދުވަސްވަރު ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުނީ. ނަމަވެސް މިރަށަށާއި މިއަތޮޅުގެ ގިނަ ރަށްރަށަށް އަޅުގަނޑަށް ވީވަރަކުން ކަންތައްތަކެއް ކުރެވޭތޯ މަސައްކަތްތަކެއް ކުރިން." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިރޭ ގަމުން ފެނިގެން ދިޔައީ ވަރަށް އުފާވެރި މަންޒަރެއް ކަމަށާއި ހައްދުއްމަތީ ރައްޔިތުން "އެއްލަކިން ރައީސް ޔާމީން ހޮވާނެ" ކަން ޔަގީންވެއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މނމ

    ކަލޯ! ހާދަ އިސްލާމިީ ޔޭ ދޯ!

  2. އަސްރަފް

    ތިހިސާބަށް ދިޔައީމަ މޮޔަވެސް ގޮވާނެ ކަލޯ....ތީ ނުކިޔަވާ ބޯޓުދަތުރުކުރީމަ ވާގޮތެށް....ލޮލޮ

  3. ދަތްދޫނި

    ތިކަން ވަރަށް އަވަހަށް ފެނިގެންދާނެ. ތި ކިއޭ އެއްޗެއް ތިމާ އަށް އެނގޭބާ. މާތްﷲ ގެ ވާގި ފުޅާއި އެކު ދުރު ނޫން މުސްތަޤުބަލެއްގައި ތަމެންނަށް ފެނިގެންދާނެ.

  4. ނަޑެއްލާ

    މަނިކުފާނު ކޮސް ގޮވަން ފެށީ ކޮން އިރަކުބާ!

  5. އަޅޭ.

    ކަލޯ އޭ މިހިރަ ގަމާރާ. އީޔޫގެ ޤައުމުތަކުގައި ދިވެރާއްޖޭއަށް ވުރެ ސަތޭކަ ގުނަ މަތީއަދަދަކަސް އިސްލާމުން އުޅޭ. ކަލޯޔަކަށް ހަމަނޭނގޭ ދޯ.

    • އަޙުމަދު

      އީޔޫ ނިސްބަތް ކޮށްފައިއެވެނަީ އެގައުމަތަކަށް ނޫން، އެއީ އީޔޫ ޕާލިމެންޓްގައި ރާއްޖޭގައި ދީނީ މިނވަންކަމަށް ވޯޓް ދެއްވި މެންބަރުންނަށް. ދިވެހިން ކިޔައިދިނީމާ ނޭގެންޔާ އިންގެރޭސިންވެސް ކިޔައިދެވިދާނެ

  6. ޓިނު

    ކެންޑިޑޭޓެއް ނުފެނޭ؟ އަންހެނުންބާ މިފަހަރު؟

  7. މުދިންބެ

    އިސްލާމްދީނަށް ވަންނަންގޮވާލުމަކީ މޮޔަވުމެއްނޫން. އަދި ކަޑުކޮސްވުމެއްވެސްނޫން. ކޮމެންޓް ކުރެއްވީ މުސްލިމުނތޯ ސުވާލް އުފެދޭ. މޫސަ އަށް ހަމަސާބަސްދެން. މިދުނިޔަށް ފޮނުއްވީ ހަމައެކަނި އިސްލާމް ދީން. ޢެހެންދީންތަކެއް ނުފޮނުއްވާ.

  8. ޖޮއްބެ

    ސުބްޙާނަﷲ. ކާފަރުން ތަކަކަށް އިސްލާމްދީނަށް ދަޢުވަތުދިނުމަށްވުރެ ބޮޑު ހެޔޮކަމެއް އޮންނާނެބާ؟ އެކަމަކު އެކަންވެސް ރީނދޫ ލާދީނީންނަށް ހަޖަމު ނުކުރެވިގެން އެ ކަމަކީ ކޮސްގޮވުން ކަމަށްވެއްޖެ. މިކަމުންވެސް ދޭހަވެގެން ދަނީ ބާޣީ ލާދީނީ ނަޝީދުގެ ނަޖިސް ތިން އަހަރުގެ ވެރިކަމުގައި ގިނަ ޢަދަދެއްގެ މުނާފިގުން އުފައްދާފައިވާކަމެވެ.

  9. ލާލު

    ޔަގީންކަން އޮތިއްޔާ ކީއްލުރަން ތިޚަރަދުކުރަނީ؟ އަދުރޭ އަށް ފުލެޓެއް. މުސައަށް ފޅެއް ގަނެދީ