ޗައިނާގެ 70 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ނައިބު ރައީސް، ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ޗައިނާ އެމްބަސީގެ ފަރާތުން މިފިލާ ނައިބު ރައީސް އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގް އެވެ.

ނައިބު ރައީސް ފައިސަލް މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ނަމަވެސް ރަސްމިއްޔާތުގައި ވާހަކަފުޅެއް ނުދައްކަވައެވެ.

ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހެވެ. ނަމަވެސް މިހާރު ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ޗައިނާ އާއި، ޗައިނާ ރައްޔިތުން ދިރިއުޅެމުން އަންނަ އެހެން ގައުމުތަކުގައި ވެސް ވަނީ ފަށާފައެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިދާތާ ބެޑްސީޓް

    މިހާރު ހާދަ ޗައިނާ ވެގެން ނޭދޯ މިކުދިން މިއުޅެނީ

    19
  2. ކަބުލޮ

    ކަންފުޅެއް ނުވުމުން އެއްކަލަ ވަގަށްގޮވި މީހުންގެ ހިތް ރުއްސަނީ!

    23
    1
  3. ޖާޒީރާ ބޯއީ

    މިސަރުކާރުން ޗައިނާއަށް ދޭ އަހައްމިޔަތު ވަރަށް ކުޑަ އެކަމުގެ ހެއްކެއް ނައިބުރައީސް މިކަހަލަގެ މުހިންމު ފަންގަޝަންތަކަށް ފޮނުވުން.

    14
    1
  4. މިއަދު

    މިހާރު މިސަރުކާރުގެ ވެރިންނަށް ޗައިނާ ހާދަ ރަގަޅުވެއްޖެޔެދޯ

    12
  5. ޖަޒީރާ

    މި ރަސްމީޔާތު ޝަރަފުވެރި ކޮށްދިނުމަށްފަހު، ރަސްމިއްޔާތުގައި ވާހަކަނުދެއްކީ އެއްޗެއް ލިޔެގެން ނުދެވުނީމަ ކަމަށްވެސް ވެދާނެ ....

    13
  6. ޢިހުލާސްތެރި

    ކޮބައި އެއްކަލަ އިންޑިއާ ކޮންތާކުތިޖެހުނީ އެހެންވީމާ މުސުކުޅިންބުއުޅޭ ހަރުބަހެއް ފަސްހީނުކޮށް ބަސްނުބުނާށޭ މިހާރުއެއްޗެއް ވިސްނޭނެ ފޭރިކާމީހުންނާ އިހުލާސްތެރިން މިފެންނަނީ

    11