ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެ އޮތޯރިޓީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. އެޕެޓިޝަންގައި ވަނީ ރައީސް ޞާލިހާއި ބައްދަލުކުރަން ވެސް އެދިފައެވެ.

ޕެޓިޝަންގެ ކޮޕީއެއް "ވަގުތު" އަށް ވެސް ވަނީ ލިބިފައެވެ. ޕެޓިޝަންގައި މުވައްޒަފުން ބުނެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭކަމުގެ މައުލޫމާތު ފުރަތަމަ ލިބުނީ ޖުލައި މަހުގެ 08 ވަނަ ދުވަހު ކަމަށެވެ.
އެ މައުލޫމާތު ސާފު ކުރަން މިހާތަނަށް އެ އޮތޯރިޓީގެ އެކި ލެވެލްގެ ބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން މުވައްޒިފުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

މުވައްޒަފުންގެ ބުނަނީ އެ އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ދިމާވަނީ އިތުރު އިނާޔަތެއް ނުލިބޭ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، މުވައްޒިފުން މަދުވުމުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަންޖެހުން ފަދަ ކަންކަން ހުރުމުން ކަމަށް މުވައްޒަފުން ބުނެއެވެ.

މުވައްޒަފުން ބުރަކޮށް ކުރި މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުން ރައީސް ޞާލިހްގެ 100 ދުވަހުގެ ވައުދު ފުއްދަން ހުކުރެއް ހޮނިހިރެއް ބެލުމެއް ނެތި މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ކުރި މަސައްކަތް ޕެޓިޝަންގައި ވަނީ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.

އިސްލާހު ކުރަން ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ މިއޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނާއި އެކު ސާބިތުކަމާއިއެކު ތިބި މުވައްޒަފުންތަކަކަށް ވާއިރު އިސްލާހުވުމަށް ފުރުސަތު ނުދީ މިފަދަ ބޮޑު ފިޔަވަޅެއް އެޅުމަކީ އެއްވެސް އިންސާފެއް ހުރި ކަމެއް ނޫނެވެ." ޕެޓިޝަންގައި ވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދިވެއްސެއް

    ހުރިހާ ވަގުން ބޭރުކުރޭ!

    7
    24
  2. ސަކީނާފުޅު ޖަޒީރާވެފަ

    އަހަރެމްތިބޭނަމު އަތްޖަނަް

    24
  3. މޮޔަބެ

    ސިވިލް ސަރވިސް މުވައްޒަފުންނަކީ ވަކިސަރުކާރެއް ނުބައްލަވާ ވަރަށް ބުރަ މަސައްކަތެއްކުރާބަޔެއް، އަދި ޓްރާންސްޕޯޓްއޮތޯރިތީގެ ވެރިންނާއި މުވައްޒަފުންނަކީ ރަގަޅު ޚިދުމަތެއް ފޯރުކޮށްދޭބަޔެއް، ރ.ޔާމިން ސަރުކާރުގައި އެއްވެސް ސިވިލް މުވައްޒަފަކު ކެޑިތޯ، ޓްރާންސްޕޯޓް އޮތޯރިޓީގަ ބަޔަކު ކަރަޕްޝަން ހިންގަންވެގެން އާދައިގެ ސިވިލް މުވައްޒަފުންނާއި ބެހެނީ ކީއްކުރަންތޯ. މިތަނުގައި ތިއްބެވިބގިނަ ބޭފުޅުންނަކީ ވަރަށް ތަޖުރިބާހުރި ފަންނީ ބޭފުޅުން... ނަހޫ ސަރުކާރެއްގެ ތެރޭ މަސައްކަތްނުކޮށް މިނިސްޓަރކަން ލިބުނީމަ މެނޭޖް ނުކުރެވެނީތޯ... ދިވެހި ސީމަނުންނޭކިޔާ ބަޔަކު ޗިޕް ޖަހާއިރު ރާއްޖޭގައި އެކްޓިވްކޮށް އުޅެނީ 150 ސީމަނުން.... ހެޔޮނުވާނެ، ސިވިލް މުވައްޒަފުންނަށް ތިފަދަ ދެރަކޮށް ނަހައްދަވާ..އެއީ ޤައުމީ އެސެޓެއް.....

    37
    2
  4. ސަޅިބައިސާ

    ހާޒިރީ މައްސަލައުޅެންޏާ ހަމަ ކަނޑާ ބޭރު ކުރަންވީ.. ކީތްކުރަން ބައިތިއްބާ ބޭކާރު ބޯތަކެއް.. މާރނގަޅު މުވައްޒަފުން ލިބިދާނެ އޭރައް

    5
    30
  5. ސާނީފް

    އިބޫ ނަހަދާނެ ދެރަ ގޮތެއް އެއްވެސް މީހަކައް

    10
    6
  6. ޓްރާސްޕޯރޓް

    ތި ތަނަކީ ގޮތްދޫނުކުރާ މުސްކުޅިން ގިނަ ހިދުމަތްތަށްލަސް ފޯންވެސް ނުނަގާ ތަނެއް.

    9
    9
  7. ސ

    ސިވިލްސަރވިސް ކޮމިޝަނެއް އޮވެފާ ރައީސް ގެ ފައިބުޑަށް ވެއްޓޭކަށް ނުޖެހެ އެކަމު އެގޮތަށް ވާން ޖެހެނީ ސިވިލް ސަރ ވިސް ކޮމިޝަނަކީ މިނިސްޓަރ އަންގާ ގޮތަށް ކަންކުރަން ތިބޭ މީހުން ތިބި ތަނަކަށް ވާތީ ކޮންމެ ސަރުކާރެއްގައިވެސް އަލީ ޝާމީމް އުޅޭނީ ވައިޖަހައިގެން އޭނާގެ މަގާމު ދިފާއު ކުރެވޭތޯ........މަސައްކަތް ހުއްޓާލާ ނުކެރޭނެ ކަނޑާކަށް އެންމެން އެއްފަހަރާ އޮފީހަށް ނާދޭ އޭރުންނވެސް ހަމަޔަކަށް އެޅީދާނެ

  8. އަފީ

    އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައި ހުރިހާ މީހުން ވަޒީފާއިން ވަކިކުރުމަށް ނަހުލާއަށް ގޮވާލަން

    8
    1
  9. Anonymous

    ތިޔަތަނުގަ ތިބިމީހުން ވަކިނުކޮއް ތިތަނަށް އެއްވެސް ބަދަލެއް ނުގެނެވޭނެ. ތިތާ ތިބީ ވަރަށް ގޮތުގަ ތިބޭ ނުލަފާ ބައެއް ކޮންމެ ސަރުކާރަކައްވެސް މިމީހުން ކުރަނީ ޖެއްސުން އަވަހައް ވަކިކުރޭ

    5
    1
  10. ގުއި ޗޮންހެއި

    މަ އެބަ ހިތަށް އަަރައޭ މިހާރަކަށް އައިސް އައިސާ ކޮބާބާއޭ

  11. ސަމީރު

    މީ ދެން ހާދަ ކަންތައްބޮޑު ނުކުޅެދޭ ދާއްތައެއްދޯ . ކަލޭ ފުރަތަމަ އިސްލާހު ވެބަލަ. މި ދާއްތައަކީ ދެން ކާކު ތައް ކުރިން ވަޒީފާއެއްގައި އުޅުނުމީހެއްވެސް ނޫން މާ ބޮޑުވެގެން

  12. ނޮރޯ

    އެއްވެސްމީހަކަށް ނޭގޭނެ މިހަކުވަޒީފާއިން ވަގިކުރަންވިޔަސް ރައީސް އިބްރާހިމް ޞާލިޙަކީ އެހާ ނުބައި ބޭފުޅެއް ނަހުލާ އަށްތަ އިނގޭނީ ވަޒިފާއިންވަކިކުރަންވީމަ ނަހުލާ ދިންފަޒީފާ އެއްގަތަ އެމިހުން އެއުޅެނީ އައިޝަތު ނަޙުލާ އަށް އަޅުގަންޑު ދަންނަވާނީ ކަމާއަށް އެއްވެސް އެއްޗެއްނޭގެ ކަމާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގެވުމާހަވާލުވިޔަސް ކަމަނާ ނަމެއްގަހުރެގެން ެތަން ހިންގަނީ އެތާގެ މުވައްޒިފުންނާ އެތާގެ ވެރިން އަދި ބުނެފިއެއްނޫން އަހަރެން ބަލާގެންފިޔެ ރައްތިތުން ޓްރާާންސްޕޯޓް އޮތޯރިޓީގަނުއުޅޭ ވަގުން ނެއް ކަމަނާ މަޑުންހުރޭ ކުރީގައުޅުގޮތް ހަދާން އެބަހުރިތަ ﷲ އަށް ޝުކުރުނުކުރާ އަންހެނާ އެހެންމީހުންނަށް ނިކަމެތިކަންތިދޭން މަސައްކަތް ތިކުރަނީ ކިތަށް ނިކަމެތި އާއިލާ އެއްތޯ ތިނިކަމަތެކޮށް ލަނީ އަލުގަންޑު ގޮވާލަން ކަނަމާގެ އިސްތިއުފާ އަށް

  13. ނޮރޯ

    ނަހުލާ ކޮންއެއްޗެއް ބުނާނީ އެނައަކި އެއްޗެއް އިނގޭ މީހެއްނޫން އޭނަ އެއްޗަކަށް ހެދީވެސް އެތާގެ މުވައްޒަފުން ނަހުލާ އަށް ނޭގޭގޭ އެއްވެއްސް އެއްޗެއް

  14. މޫސާ ނަސީރު / ގއ.މާމެންދޫ

    ފާއިތުވި 10 މަސް ތެރޭގައި ނަހުލާ އަކީ ޤާބިލް ބޭކަނބަލެއްކަން ސާބިތު ކޮށްދީފި. ބައެއް މީހުންނަށް ހީވެދާނެ ނަހުލާ އަކީ ނުކިޔަވާ ހުރި މީހެކޭ.. ނަހުލާ އަކީ ކިޔަވައިގެން ހުރި ތަޢުލީމީ ޒުވާނެއް..

    1
    2
  15. މުހައްމަދު އަހުމަދު

    ޢަނިޔާނުކުރޭ
    ޢަނިޔާވެރިކަމާއި ދެކޮޅަށް އައިބަޔަކު އަނިޔާކުރީމާ ކިހިނެއްވާނެ.

  16. ނުރަބޯ

    އެންމެފުރަތަމަ ވަކިކުރަންވީ އެތާ އުޅޭ ކޮރަޕްޓު ރަފީޢު.

  17. ސައޫ

    ޙަޤީގަތުގައި ޓްރާންސްޕޯޓް އޮތޯރިޓީއަކީ ވަރަށްވެސް ބުރަކޮށް މަސައްކަތް ކުރާ ސަރުކާރު އޮފީހެއް. ކަސްޓަމަރުންނާ މަޑުމައިތިރި ކަމާއެކު ރީތިކޮށް ވާހަކަ ދައްކާ ރަނގަޅު މުވައްޒަފުން ވެސް އުޅޭ ޓްރާންސްޕޯޓްގަ. ވަކި ބައެއްގެ ސަބަބުން ޓްރާންސްޕޯޓްގެ އަގު ވެއްޓެނީ. ޙާޒިރީ މައްސަލަ އުޅޭ މުވައްޒަފުންގެ މައްސަލަ ބަލާ ދެވަނަ ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ފެނޭ. ސަބަބަކީ ޕެޓިޝަންގަ ވެސް އެބޮތް ބުނެފަ އެއްވެސް ކަހަލަ ނަސޭހަތެއް ނުވަތަ އިންޒާރު ދިނުމަކާ ނުލާ ކަނޑާލަން ނިންމާފަވާކަން. މިއީ ހަގީގަތުގަ ވެސް ވަރަށް ދެރަ ކަމެއް.

  18. އަކްރަމް

    ތިތާގަ އުޅޭ މުސްކުޅި ގޮތްދޫނުކުރާ ބޮޑާ އެންމެން ކަޑައިގެންނޫނީ ތިތަން އިސްލާހުނުވާނެ، ސާބަހޭ ތިކަމާއިގެން ކުރިޔަށް.