ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ހުކުރު ދުވަހު ބޮޑު އެއްވުމެއް މާލޭގައި ބާއްވަން އުޅޭތީ ފުލުހުން މިއަދު ވަނީ އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން މިއަދު ވަނީ އިސްކަންދަރު ކޮއްޓަށް ހާޒިރުކޮށްފައެވެ.

ފުލުހުންނާއި ބައްދަލުކުރެއްވުމަށްފަހު އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ވިދާޅުވީ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށާއި އެއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ނުބައި މައުލޫމާތެއް ކަމަށެވެ.

ނަމަވެސް ވަރަށް އަވަހަށް އިދިކޮޅު ޕާޓީތަކުން ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި އެ އެއްވުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައިވާނެ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.

ބޮޑު އެއްވުމެއް ހުކުރު ދުވަހު ނެތް ނަމަވެސް އެހެން ހުކުރު ދުވަސްތަކުގައި ވެސް އޮންނަ ހަރަކާތްތައް މި ހުކުރުގައި ވެސް އޮންނާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ވިދާޅުވެފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮފުބާ

    ހާދަޖާހިލު ރުބައެކެތީ!!!!! ބަރަކާތްތެރި ހުކުރުދުވަހު ހުކުރުނަމާދުގަ ތިއެއްވުމުގަ ބައިވެރިވާއެންމެންގެ ހިތުގަ ތިކަން އޮންނާނެ އެއީ ނަމާދު ފުރިހަމަވުމަށް އެޅޭ ހުރަހެއް މާތްﷲ ތިނުބައި ބައގަނޑަށް ހިޔޮވިސްނުން ދެއްވާށި އާމީން

  2. ސ ނުން ސޮނިބެ

    މުނާފިގުން ދޮގު ހަދާނެ

  3. ބުރުމާ

    އެހެރަ މުހައްމާކަލޯއެއްދޯ!؟ ލާރިޔެއްނުފެއްނަމީހަކަށް އެއްމިލިޔަން ލިބިގެން އެހެރަވާވަރެެްދޯ؟!

  4. ޙަފްޞާ / މާލެ

    ނުނިކުންނާނެ މީހަކު! ލަދުގައި ބެދޭނޭކަން ކަށަވަރުވެ ފަޟީހަތުން ސަލަމަތްވަނީ !!!!

  5. މާކުންބެ

    މާދަންބުނާނެ އެއްވުމެެްނުބާއްވައޭ އެއީ ބޮނޑިބަތް ޖާފަތެކޭ!100 މީހުން ހަމަވިޔަސް ހެޔޮ!

  6. ޖޮއްބެ

    ފޮޓޯގައި އަނގަ ތައްމިނަށް ހުޅުވައިގެން އެހެރީ ސަރިޔަންކަޓޭ ދޯ......!!!

  7. Anonymous

    ކަމެއް ނުކުރާނަމޭ ބުނެފިތަ އެކަމެއް ކުރާނެ.!! ގެރެންޓީ.

    • އަގަތަޅާ / މާލެ

      ހައްހައްހާ ބިރުގަތީ ބިރުގަތީ ބިރުގަތީ މިއީ މިވާ ވަރަކީ އަދިވެސް އަގަ ފުޅާ ކޮއްފަ ބުނީ ބިރެއް ނުގަނޭ ހުމް ގަޓެއް ނެތެއްނުން

  8. ފާތިމާ / މާލެ

    ހައްހައްހާހާހާ އެއްކަލަ ލަދުހަޔާތް ކުޑަ ބައިގަޑު ބިރުގަތީ ބިރުގަތީ މީ މިމީހުންނައް މިވާ ވަރަކީ ލަދުން ބޯ ހަލާކު.

  9. ޖިންނި

    ސުހާޓޯ ދާންވީނުންތޯ ދަތް އުނގުޅަން