މާދަމާގެ ހުތުބާ އަޑު އިވުމުން މަހުރޫމް ވެފައިވާ މީހުންނަށްވެސް އެނގޭނެހެން ކިޔައިދިނުމަށް ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މާދަމާ ގެހުތުބާ މަންމަނު ބަސް (ސައިން ލޭންގުއޭޖް) އިން އަޑުނީވޭ ފަރާތްތަކަށް ކިޔައިދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މާދަމާ އެފަދަ ފަރާތްތަކަށް ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ހުތުބާ ކިޔައިދިނުން އޮންނާނީ ހުކުރުވަގުތު އިސްލާމީ މަރުކަޒުގެ 3 ވަނަ ފަންގިފިލާގައި ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އަދި އެވަގުތު ރާއްޖޭގެ ގައުމީ ޓީވީ (ޓީވީއެމް) އިން ވެސް ހުތުބާ ގެންސްދިނުމުގައި ސައިން ލޭންގުއޭޖް ހިމެނުމުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ 3 ވަނަ ފަންގިފިލާގައި އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ހުކުރު ކުރުމަށް ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މާދަމައިން ފެށިގެން ކޮންމެ ހުކުރު ދުވަހަކުވެސް ސައިން ލޭންގުއޭޖް އިން ހުކުރު ހުތުބާ ކިޔައިދިނުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީ އިން މައުލޫމާތުދެއެވެ.