ކުރީގެ ގަވަރުނަރު އާޒިމާ އާދަމް ޝަރީއަތަށް ހެކިބަސް ދެއްވުމަށް ވަޑައިނުގަތުމަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމަށް އެމްއާރުއެމް ގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ހެކިބަސް ދެއްވުމަށް އޭރުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އާޒިމާ ވަޑައި ނުގަތުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ އަޒީމާ އަށް އެނގިހުރި އެއްޗެއް ދިވެހި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ވިޔަށް ނުވަތަ އެއްކޮޅަށް ވިޔަސް ޝަރީއަތުގެ މަޖިލީހުގައި ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

އަޒީމާ ކޯޓަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މިމައްސަލައިގައި އެކަމަނާގެ ފަރާތުން ދެވޭނެ ހެކިބަހެއް ނެތް ކަމަށާއި އަދި ރާއްޖެ އިން ބޭރުގައި ވަޒީފާ އަދާކުރާތީ ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށެވެ. އަޒީމާ އަށް ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އެކަމަނާ އެންގެވުމުން ގާޞީ ވަނީ އެކަމާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ޔާމީންގެ ވަކީލުންނަށް ދެއްވާފައެވެ. ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ ޔާމީންގެ ފަރާތުން އެދިވަޑައިގަންނަވަނީ ޝަރީޢަތުން އެމައްސަލައިގައި ގޮތެއް ނިންމަވައި ދެއްވުމަށް ކަމަށެވެ.

ޔާމީންގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާހޫ

    އިސްލާމު ދީނުގައި އަންގަވާފައިވާގޮތަށް ތިމާގެ ޢައުރަނިވާކޮށް ނުކޮއް ހިލޭމީހުންގެތެރެއަށް ނުކުމެއުޅުމަކީ އިސްލާމް ދީނައްވެވޭ މާބޮޑުޚިޔާނާތެއްަަޙަސަދަވިޔަސް ތީބޮޑުވަރު.

    11
  2. ބުރޯ

    ދަވްލަތުގެ ފައިސާ އަކަށް ނުވާނަމަ އެ ފައިސާ ބަދަލުކުރިކަމަށް ކަނޑައަޅާ ދަވްލަތުން ބަލަންޖެހޭނެ ކަމަކަށް ނުފެނޭ ދަވްލަތުގެ ފާއިސާއެއްކަމަށް ކަނޑައަޅަފައިނުވާ ފައިސާއެއްނަމަ އެމީހެއްގެ އެކައުންޓްގާ ހުންނާނީ އެމީހެއްގެ އަމިއްލަފަިއިސާ .އޮޅުމަކުން ނުވަތަ ގަސްތުގާ ނަމަވެސް މީހެއްގެ އެކައުންޓަށް ޖަމާކުރެވޭ ފައިސާ ހޯދަން ކަމާބެހޭ ފަރާތުގާ އެދެންޖެހޭނީ ޖަމާކުރި މީހަކު ނުވަތަ ޗެކް ހެދުނު އެކައުންޓްގެ ވެރިފަރާތުން މިނޫންބަޔަކު ލޯންޑްރިންއޭ ކިޔާ ހެދޭނެ ކަމަކަށް ގަބޫލެއްނުކުރަން.

  3. އިންސާނާ

    ތިމާގެ އައުރަ ނިވާނުވެގެން އުޅޭމީހާ އެހެންމީހުންގެވާހަލަ ދައްކަމުންހިނގުން ރީއްޗެއްނޫން