އުތުރުގެ ރަށެއްގައި ސްކޫލްގައި ކިޔަމުން ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ބަލިވެ އިނުމުން ދަރި ވައްޓާލަން ބޭސް ބޭނުން ކުރިކަމުގެ މައުލޫމާތު ލިބިގެން ކަމާބެހޭ އިދާރާތަކާއި އާއިލާ އިން މައުލޫމާތު ހިއްސާކޮށްފިއެވެ.

އެކުއްޖާ ބަލިވެ އިން މައްސަލަ ފެންމަތިވީ މިދިޔަ ހަފްތާގައެވެ. އެކަން އެނގުމުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެރަށަށް ގޮސް އެކުއްޖާ އާއި ސުވާލުކޮށް "މައުލޫމާތު އޮޅުންފިލުވި" ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކުއްޖާ އަށް ބޭސްދިން ފަރާތުގެ މައުލޫމާތު އެނގޭ ކަމަށް ބުނެ އާއިލާ އިން ވަނީ އެމައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައެވެ.

އެކުއްޖާ ކިޔަވަމުން އައީ ކައިރި ރަށެއްގައި ކަމަށާއި، ކުއްޖާ ބަލިވެ އިންކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"ކިޔަވަން ވެސް ވަރަށް މޮޅުކަން ފާހަގަ ކޮށްލެވޭ ކުއްޖެއް އެއީ. މީހަކަށް ނުލައްވާ ގޮތައް ބަލިވެ އިން މައްސަލަ މިހާރު ބަލަމުން އެބަދޭ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ފަހަކަށް އައިސް އުމުރުން 18 އަހަރު ނުވާ ކުދިން ވިހެއުމުގެ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު ވެސް ކުޑަކުދިން ވިހެއުމުގެ ދެތިން މައްސަލައެއް ފާހަގަ ކުރެވިފައިވެއެވެ.

ކައިވެނިން ބޭރުން އަންހެނުން ބަނބޮޑުވާ މައްސަލަތައް ރާއްޖޭގައި އާއްމު ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ ފިރިހެނުންނަށް އަދަބު ނުދެވޭ މައްސަލަ އާއި ދަރިފުޅުގެ ޒިންމާ ފިރިހެނުން ނުނަގާ މައްސަލައަށް ޤާނޫނީ ހައްލެއް ނެތުމުން އެއީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮސް

    ކުޑަކުދިން ވިހައިތަ

    60
    2
  2. މޫސަ

    ކީ އްވެ ރަށް ބުނަން ނުކެރިގެން ތިޔަ އުޅެނީ.

    49
    4
    • ހުސްނޫނު

      ރަށް ބުނެދޭން ޖެހޭކަމަށް ވަނީނަމަ އެއީ ނުހިނގާ ކަމެކޯ.. އެ ކުއްޖާގެ ނަމެއް، ރަށެއް ކިޔަވަންހުރި ރަށެއް ސްކޫލެއް ނޯންނާނެ... މިއީ މިއަދުގެ ހާލަތު.

      15
  3. Anonymous

    ކުޑަ ކުދީން ނުވިހާނެ.ވިހާނީ ބޮޑެތިވފަތިބި އަންހެނުން.

    74
    6
  4. ވިދުން

    އެއީ އުދުވާނީ ހަމަލާއެއް..

    25
    4
  5. އަހުމަދު

    ބަލަ ތިޔޭ މައްސަލައަކީ ތިޔަ ޤާނޫނުތަކާއި ހުކުމްތައް މަތިވެރި އިސްލާމީ ޝަރީޢަތުގައި ވަނީ ތަފްޞީލުކޮށް އެނގެން. ދެން އެހެން އެއްޗެއްގައި އެ ނެތިގެން ތި ކަންބޮޑުވަނީ.........

    66
  6. ާޖޫން

    ކުޑަކުދިން ބަލިވެއިންދޭތަ؟

    57
    2
  7. މުރާނާ

    ޒިނޭ ކުރަންޏާ ބަލިވެ ވެސް އިންނާނެ. ޒިންމާވާނެ ބަފަޔަކުވެސް ނުހުންނާނެ. އެކަން އެނގިހުރެ ޒިނޭކުރާތީ ވިހަނީ

    90
    • ތޮއްޑޫ މީހެއް

      ޒިނެކުރިމަ ވިހަނި

      26
      1
      • ޭލަމް

        ޒިނޭ ނުކޮށްވެސް ވިހާނެ

        7
        1
  8. ފާތުމަ.

    މީހަކަށް ނުވާ ގޮތަށް ށޭ.ނަހަލާލު ދަރި އޭ ކިޔަނީ.ޒިނޭކޮށްގެން ނަހަލާލަށް ބަލިވެއިނީ.

    33
    1
  9. ހުސެން

    ބޮޑުވަޒީރު ދޮންބެ ގެ ތިއަރީ ދޯ ،ހަލާކުހުރި

    20
    1
  10. ހަމިއްޓޭ

    އަންނިގެ އެޖެންޑާ

    28
    11
  11. ޣީހުޓާވރ

    ވަގު ފިރިން ސެޓްކޮށްގެން އެ އުޅޭ މީހުން ވަކި މަދެއްނޫން

    24
  12. ތިގޭ މީހެއް

    އެއީ ރާއްޖޭގައި ޅައުމުރުގައި ކައިވެނި ނުކުރެވޭ ތީ ނުކުންނަ ނަތީޖާ.... މި ކަމާ ސަރުކާރުން ވިސްނަން އެބަ ޖެހޭ

    12
    2
  13. ޞަދުރު

    ޒިނޭ ކޮށްގެންނޭ ކިޔާބަލަ