އެއްވެސް މީހަކަށް އިންސާފަކަށް ނުފިލޭނެ, އިންސާފު އެމީހަކާއި އަރާ ހަމަ ކުރާނެކަމަށާއި ރައީސް ޔާމީނު ކޯޓަށް ހާޟިރުކޮށް އިންސާފު ގާއިމްކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ދައުލަތުގެ މުދަލުން ވައްކަންކުރާ ކޮންމެ މީހަކާ އިންސާފު އަރާ ހަމަކުރާނެ ކަމަށެވެ.

" ރައްޔިތުންގެ ފައިސާއުން ވައްކަންކޮށް، ރައްޔިތުންނަށް އަނިޔާވެރިވެ، ރައްޔިތުން އޮބަހައްޓައިގެން ވެރިކަން ނުކުރެވޭނެކަމީ ދުނިޔޭގެ ތާރީޚް ދައްކުވައިދީފައިވާ ހަގީގަތެއް " އަމީތު ވިދާޅުވިއެވެ.

އަމީތުގެ ވާހަކައިގައި ކޮރަޕްޝަންގެ މައްސަލަތަކެއްގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސާ 24 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމާއި، ބްރެޒިލްގެ ކުރީގެ ރައީސް 12 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން އެގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު ފާހަގަ ކުރެއްވިއެވެ.

ހައްގަށް އަބަދުވެސް ނަސްރު ލިބެމުންދާނެ ކަމަށް ވިދާޅުވެ އަމީތު ވިދާޅުވީ މިކަން ނިމޭނީ ކޮން އިރަކުންތޯ ރައްޔިތުން ސުވާލުކުރަމުންދާ ކަމަށާއި، އެގޮތަށް ސުވާލު ކުރައްވާ ފަރާތްތަކަށް މިކަން އިރާދަކުރެއްވިޔާ މިދަނީ ނިމެމުން ކަމަށާއި، ވަރަށް އަވަސް މުސްތަގްބަލެއްގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއިން މިކަން ނިންމާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

" ގާނޫނުގެ ބޭރުން މީހުން ހިފާ ހައްޔަރުކުރުން ބޭއިންސާފު އަދި ބާތިލް. ދައުލަތުގެ މުދަލުން ވައްކަންކުރުން ބާތިލް. އުންމީދުކަނޑާ ނުލާތި. މި މަސައްކަތް ހުއްޓާލާނީ މިކަން ނިންމާފައި " އަމީތު ިވިދާޅުވިއެވެ.

އަމީތު ވަނީ ޣައިރުގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައި، އެތައްބަޔަކު ހައްޔަރުކޮށް، އެމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ދެމުންގެންދާ އަނިޔާތައް ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

"ވަރަށް އަވަހަށް ގާނޫނީ އިމުގެ ތެރެއިން ޔާމީނުގެ ވެރިކަން ނިންމައި ޔާމީނު ހުއްޓުވާނަން" މުހަންމަދު އަމީތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ސޯ އަމީތު އަކަށްވެސް ނުފިލޭނެ...

  2. Anonymous

    މިދެން ކާކުތައް ގޮޑިގެއްލުމުން އަނގަފަޅާގެން މިއުޅެނީ.

  3. ޓުޔޫ

    ނޯ ލިމިޓް އިން ދަ ގްރައުންޑް ފޯރ އަސް. ބަޓް ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ލިމިޓް އޮން އިޓް ޑޯންޓް ބީ ބްލައިންޑް ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިން ވޮންޓް ޔޫ އެކްސެޕްޓް އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޓްވިސްޓް ދަ ހޭންޑްސް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

  4. ލިޔޫސާ

    ޔެސް! ޙަރާމްގޮތުގައި ރިޝްވަތުކައި އޭގައި ހިފި މީހާއަށާއި އެ ހިފައިގެން ހިނގިމީހާއަށްވެސް ޝަރީޢަތް އަރާ ހަމަކުރާނެ! ޤުރދުރތުން އެފަދަމީހުން ބޭޒަރުވާގޮތް މެދުވެރިކުރައްވާ އަގުވެއްޓި އެމީހަކާ ޝައިޠާނުން ފާކުރައްވާނެ! މިކަން ވަރަށް ސާފްކޮށް ފެންނަމުން އެބަދޭ!

  5. ބުރުޖު

    ދަރިފުޅު : ބައްޕާ މަ ސިޔާސީ ދާއިރާއަށް ވަންނަންތަ؟

    ބައްޕަ : މައްސަލައެއް ނެތް ދަރިފުޅާ، އެކަމު ބައްޕަގެ ނަސޭހަތަކީ ސިޔާސީ ކުނަމެއްސަކަށް ނުވައްޗޭ

    ދަރިފުޅު : ބައްޕާ ކޮބާ ސިޔާސީ ކުނަމެއްސަކީ؟

    ބައްޕަ : އަމީތު، އަމީނު، މަލީހު، ޖަމީލު

  6. ބަދޫރާ

    އަމީތުއެވެ، ތިބުނީ ވަރަށް ބޮޑުތެދެކެވެ، ކޮންމެ މީހަކުވެސް އެމީހަކު ކުރި އަމަލަކަށް، ބުނި ބަހަކަށް އިންސާފުލިބޭނެ ދުވަހެއް އަންނާނެއެވެ. މިކަމުގައި ވަކި މީހަކު އިސްތިސްނާއެއް ނުވާނެއެވެ. މަށާ އަމީތުވެސް ހިމެނޭގޮތުށެވެ. ސުވާލަކީ އަމީތުއަށް އަމީތުގެ ތިލަފަތް ބަރުވާނީ ކޮން ކޮޅަކަށްކަން ޔަގީންވޭހެއްޔެވެ؟ ހަރާމް ގޮތުގައި ހޯދާއެއްވެސް އެއްޗަކުން ހެޔޮކަމަކަށް ހޭދަކޮށްގެން ވާނެ ފައިދާއެއް ނޯންނާއެވެ. އަދި ނުބައި އަމަލަކުން، ނުވަތަ ފިތުނަޔަކުން ހާސިލްވާނެ ރަގަޅު ކަމެއްވެސް ނޯންނާނެއެވެ.

  7. އހ

    ޢިންސާފް ނުލިބިގެންތޯ ވިކުނީ