މަތީފަންތީގެ ވަޒީފާތައް އަދާކުރުމުގެ ހުނަރު ދިވެހިންގެ ކިބައިގައި ނެތް ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މިރޭ ފަރުކޮޅުފުށީގައި ފެށި ޖޮބް ފެއާ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ވަޒީފާތައް ދިވެހިންނަށް ނުލިބޭ ވާހަކަ ގިނަ ކަމަށާއި އެފަދަ ވަޒީފާތައް އަަދާކުރުމަށް ބޭނުންވާ ހުނަރު ދިވެހިންގެ ކިބައިގައި ނެތް ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ޓޫރިޒަމްގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިކަމަށް ބުނާ ވާހަކަ. ހާއްސަކޮށް އިސް މަގާމުތަކުގައި ދިވެހިންނަށް ފުރުސަތު ނެތް ވާހަކަ އަބަދުވެސް އިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެފަދަ ވަޒީފާތަކާ ގުޅޭ ދިރާސާއެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވި އެއް މައްސަލައަކީ ސިޔާސަތުތައް ހުރި ގޮތުގެ އިތުރުން މަތީފަންތި އަދި މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި ސްކިލް ގެޕެއް އެބައޮތް. ވަޒީފާތައް އަދާކުރަން ބޭނުންވާ ބައެއް ހުނަރު ނެތް، ދިވެހިންނަށް އެ ތަމްރީނު ހޯދައިދެވިފައެއް ނެތް" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވީ މެދުފަންތި އާއި މަތީފަންތީގެ ޓޫރިޒަމްގެ ވަޒީފާތަކަށް ދިވެހިން ނެރުމަށާއި ބޭރުގެ ރޭޝިއޯ ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.

އަންނަ މަހު ޖޮބް ސެންޓަރުގެ ޕޯޓަލް ލޯންޗް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާ ހޯދަން ފަސޭހަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުންދާ އެހެން ޕްރޮޖެކްޓަކީ އަޅުގަނޑުމެންގެ ވައުދެއްގައި ވެސް ހިމެނޭ ޖޮބް ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް. އިރާދަ ކުރެއްވިޔާ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ޕޯޓަލް، ނުވަތަ ޖޮބް ސެންޓަރު ލޯންޗް ކުރާނަން.'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ބެލޭގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލް ލޯންޗު ކުރުމާއެކު ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ވަޒީފާ އަދާކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް ސަރުކާރުން ބަލާނީ އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ހީވޭ

    ކަލޯ، މި ކޭކޭކިޔާ ސޮރެއް، ދުނިޔޭގެ ފެންވަރުގެ ދިވެހި ޕްރޮފެސަރުން ތިބިކަންވެސް ނުދަންނަ ސޮރެއްދޯމީ..

    119
    2
  2. ހުސޭނުބޭ

    ވީމާ އެންމެ މަތީ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރުކަން ހިމެނޭނެ! ދެން

    107
  3. Anonymous

    ކަލޭ މިނިސްޓަރުކަމަށް ކުފޫ ހަމަވޭތަ. ޢެވަރުގެ ޤާބިލްކަމެއް ކަލޭގެ ކިބަޔަކުވެސް ނެތް.

    124
    2
  4. ހުސޭނުބޭ

    އެންމެ މަތީ މަޤާމުތަކުގެ ތެރޭގައި މިނިސްޓަރުކަން ހިމެނޭނެ! ދެން މީނަކަހަލަ ޖާހިލު އެއްޗެއްނޭގޭ ފެންވަރުނެތް ވާންޗޯއެއް މިހުންނަނީ ކީއްވެޔޯ! ތި ވާހަކަ ދެއްކުކުގެ ކުރިން ފުރަތަމަ ތިމާ މީހާ މަޤާމުން އިސްތުފާދީބަލަ! އޭރުންތާ އިބޫ ޞާލިހަށްވެސް ޒިކުރާ މސްކިތްކައިރިން ބަންގާޅީން ކޮޅެއް ހޮވައިގެން ގެނެސް ކެނބިނެޓް އެކުލަވާލަން އެނގޭނީވެސް!

    109
    1
  5. ހިސާންނު

    މަނިކުފާނުވެސް އެހެން ވީމަ ހުނަރެއް ނެތް. އިސްތިއުފާދީފަ ގެޔަށް ވަޑައިގަންނަވާ. ޝުކުރިއްޔާ!

    109
    1
  6. ދޮގުބެ

    ކަމާއި ނުބެހޭ، ކަމުގެ ތަޖްރިބާއެއްނެތް މީހަކު ލެއްގި ގޮނޑިއެއްގައި އިނދެގެން ދެއްކީމާ ދެއްކޭނީ ހޮޅިވާހަކަ.
    ދިވެހިންގެ ނެތް ގާބިލްކަމެއް ބޭރުމީހުންގެވެސް ނުހުންނާނެ.
    ރާއްޖޭގައި މަދީ ޝެފުން އަދި ބާރ ގައި ރަލުން ފާޑު ފާޑުގެ ބުއިން ހަދާނެ މީހުން.
    ޢެހެން ހުރިހާ މަގާމުތކަށް މީހުން ރެޑީ

    96
    2
  7. ސަޓޯ

    މަނިކުފާނު ތިމަގާމަށްކުފޫހަމަވޭތޯ؟؟؟

    93
    2
  8. އައްޔު

    މީކޮން ޔުނިވާސިޓީއަކުން ކިޔަވައިގެން ހުރި މީހެއް ހުނަރު ތަކަކީ ހުރެފަ އަންނަ އެއްޗެއްނޫން ދިވެހިންނަށް ފުރައްސާރަކުރާ މިނިސްޓަރުން

    106
    1
  9. ނޫސްކިޔާމީހާ

    ޢަޅޭ ދިވެސަކަށްވެހުރެ މީނަ މިކިޔަނީ ކީކޭ ދެން ތިމިނިސްޓްރީގެ މިނިސްޓަރ އަކަށް ބޭރުމީހަކުލާ ފެންވަރު ނެތް މީހުންތެރެޭ ތިބޭޅާވެސް ހިމެނޭ

    91
    2
  10. އައްދެ

    ހުނަރު އެއީ ހަމަހުރެފަ އަންނައެއްޗެއްބާ ނޫނީ ތަބަކަށްލާފަ ދިނީމަ ލިބޭ އެއްޗެއްތޯ މަނުކުފާނު؟؟؟؟؟ ހުނަރު ލިބޭނީވެސް ވަޒީފާ ދީގެނެއްނުންތަ؟؟ ކޮސްނުގޮވާ މަނިކުފާނު. ދިވެހިންގެ އަގު ދިވެއްސަކަށްވެހުރެ ތިވައްޓާލީ ދެން ވިސްނަެިގެން އުޅޭތި ތިޔަ މަނިކުފާނުވެސް އެގޭތޯ؟؟ ކިހާވަރަކުން ދާނެބާ މި މަނިކުފާނުގެ ކަންތައްތައް؟؟ ތިޔައީ ހުނަރުލިބިގެން ތިޔަމަގާމަށް އައިސްހުރި މަނިކުފާނެއްތޯ؟؟ ތިޔަޒާތުގެ ވާހަކަ ދައްކާތީ ސުވާލު އުފެދޭ!!!

    69
    1
  11. އަސްލުވެސް

    އެހެންވޭ ރައީސް ޔާމީން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަަގާމަށް ހޮވަންވީ..އެމިނުކުފާނު ދިވެހިންނަށް ކުޑަމީސް އެކަހަލަ ޒާތުގެ ބަހެއް ވިދާޅު ނުވާނެކަން ޔަގީން..ހުނަރު ލިބޭނީ ވަޒީފާދީގެން އެގޭތޯ! ތިކަހަލަ ހޮޅި ވާހަކަ ނުދައްކާ އިސްތިއުފާދީފަ ކަލޭ ގެއައްދޭ މޮޔަނުގޮވާ.

    88
    2
  12. އިބުރާ

    ކަލޭ މިނިސްޓަރުކަމަށް ކުފޫ ހަމަވޭތަ. ޢެވަރުގެ ޤާބިލްކަމެއް ކަލޭގެ ކިބަޔަކުވެސް ނެތް. އުމުރުގަވީކަމެއް ދަށްކަބަލަ ކުރި ވިޔަފާރިޔެ ނެތް މީހަކު ގޮޑިޔެއް ދިނީމަ ގޮޑި ހޫނުކުރުން އެކީގަކިޔަވަން އުޅުނު ރަޓެހިން ވިޔަފާރި ކަމަކު ގުޅާލިޔަސް ފޯނުވެސް ނުނަގާތާ މިހާރަކު ނުފެންނާނެ މަގާމުގަ ނެތްނަމަ ނުގުޅާނެ ރަށްޓެސަކުވެސް ބީތާޔާ

  13. Anonymous

    މީނާ ނުކިޔަވާ މިމަގާމައް އައިމަ ދިވެހިންނަކީ އެއްވެސް އެއްޗެއްނޭގޭ ބަޔަކައq ހެދީ ދޯ ސާރިދޯޅު

  14. ޒީރޯ

    ކަލޭ މިނިސްޓަރުކަންކުރާހާ ފެންވަރުވެސް ނެތޭތިބުނީ އިސްތިއުފާދީފަ ގޭގަ މަޑުކޮއްލާ

    10
  15. ކޮރު ބުރާގެ ކޮއްކޮ

    މީ ލާދީނިއްޔަތަށް މަގުކޮށައިދޭ ސޮރެއް.

  16. ބޯލަބޭ

    ކޮބާ ހޫނު ފޮޅި ކެވިއްޖެ ނުން މިހާރު މިމީހުން ވޯޓްދިން މީހުނަށް ވެސް އިހްތިރާމް އާއިޤަދަރު ކުރާވަރު އެގިއްޖެނޫން ޝުކުރަން ޝުކުރަން

    10
  17. އެންދެރި

    ކިޔަވާފަ ވަގު އެކްސްޕީރިއަންސް ސެޓްފިކެޓް ހަދައިގެން ރިސޯޓް ތަކަށް އަންނަ މީހުން ގިނަ އެވެ. އެކަން ނުބެލެއެވެ. އަދި ދިވެހީން ގެ ވަގު ސެޓްފިކެޓް ހެދުމުގެ ތަޖުރިބާ ނެތެވެ.

    10
  18. އައްޑޫ މީހާ

    ކަލޭ އެކަނި ހުނަރު ހުރީ ދެން އެކަމާ ބޮޑާވެ ކިބުރުވެެރި ވެެގެން ހުރޭ ! އެއީވެސް ދޮގުހެދުމާއި މަކަރާއި ހީލަތް ހެދުމުގެ ރޮނގުން އެންމެމަތީ ހުނަރު އޯކޭ،

    11
  19. ބާކޮލި

    މިހިރަ ފެންނަ ވާންޗޯ ބީތާއާ. ތިހެންތި ބުނަނީ ކީއްވެކަން ވަރަށް ރަނގަޅަށް މިދިވެހިން މިހާރު ދަންނާނެ. ކޮންމެސް ބަހަނާއެއް ދައްކައިގެން އިންޑިއާ މީހުންނަށް ވަޒީފާތައްވެސް ދެވޭނެ މަގެއް ކޮށާނަމޭހިތާ ތި އުޅެނީ. ދުނިޔޭގެ އެތަކެއް ޤައުމެެއްގަ މި ދިވެހި ލޭ ހިނގާ ދަރިން އެބަތިބި މަތީ މަޤާމުތަކުގަ، ޔުނިވަސިޓީތަކުގަ ކިޔަވާދޭން، ހޮޓެލްތަކުގެ މެނޭޖަރުންގެ ގޮތުގައި، އަދި އާ އީޖާދުތައްކޮށްގެން. އާބާދީގެ ނިސްބަތުން މިލިއަނުން މީހުންއުޅޭ ގައުމުތަކުގައި މިކުޑަކުޑަ ރާއްޖެއިން ވެއްޓުނު ދިވެއްސެއް އެމަޤާމުތައް ފުރާތީ މޭކަރާލަނީ ދޯ. ލަދުގަންނަންޖެހޭނެ ތިޒާތުގެ ވާހަކަ ދައްކަންވެސް މިނިސްޓަރެކޯ.

  20. މޯދީ

    މީނަ ބުނަންވީ ދިވެހިން ޕޮރޮފެޝަނަލް މަތީމަފާމުތަކަށް ތަންކޮޅެއްމަދޭ ޑިމާންޑަށްބަލާފަ!

  21. އަޖާބު

    ތި ދިރާސާކުރީ ރިސޯޓުތަކުގެ މަތީފަންތީގަ ތިބި އިންޑިއާ މީހުނާ ސުވާލުކޮށްގެންދޯ؟ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިންގެ ހުނަރު ނެތިއްޔާ ކަލޭގެވެސް ނުހުންނާނެ ހުނަރެއް.ކަލޭވެސް އިސްތިއުފާ ދީފަ ގެއަށްދާންވީ ތިކަން ބޭރު މީހަކާ ހަވާލު ކޮށްފަ.ރާއްޖޭގަ އެބަތިބި މޮޅެތި މީހުން ކޮންމެ ރިސޯރތެއްގެ ފައިނެންސް ހެޑަކަށް ބޭރު މީހަކުލަނީ ތިކިޔަނީ މިރާއްޖޭގަ ނެތީއޭތަ އެވަރު ކިޔަވައިގެން ހުރި މީހެއްވެސް. ކޮސް ނުގޮވާހުރޭ.މިތިބީ ތަންތާ ތިބިވެރިންގެ ފެންވަރު.ދެން ދިވެހިންނަށް ކޮން ވަޒީފާއެއްގެ މުސްތަގުބަލެއްތަ އޮތީ؟

  22. ތަކުރު

    ދިވެހިރާއްޖޭގަ ތިވަރުގެ ކުފޫހަމަނުވާ މީހަކުނެއް ތިމާމީހާ އަށް ކަން ކަން ނުކުރެވުނީމާ ހީވަނީ ދެން ތިބިބަޔަކައް ވެސް ނުވާނޭ މިކަލޭގެ މިހުރީ މޮޔަވެފަ މޮޔައިންނައް ވެސް ހީވާނެ ދެން ވެސް ތިބޭނީ މޮޔައިންކަމަށް މަތީ މަގާމް ތަކައް އިތުރައް ދިވެހިން ލައިފިއްޔާ މިކަލޭގެއަށް ކެވޭވަރު މަދުވެދާނެތީ ހިޠް ބިރުގަންނަ ވަރުން ކިޔޭއެއްޗެއްވެސް ނޭގެނީ ދެން ލަލަލާ

  23. ލަތީފް

    މިނިސްޓަރު އެވިދާޅުވީ ރަގަޅަށް

    1
    6
  24. ތަކުރު

    މަނިކުފާނު ކިޔައިގެން ވާހަކަ ދައްކާވަރުވޭތަ ؟ އެވަރު މީހެއް ނަމަ ރަނޅު

  25. ދޮގުބެ

    މާރިޔާގެ ކަމަކީ ކުރު ސްކާރޓްލައިގެން އަގްލީބެޓީ ހެދިފައި ހުރެ ދިވެހި ސިފައިންނަށް މަލާމާތް ކުރުން.
    މިކަލޭގެ ދިވެހި އިކޮނޮމީގެ މައިތަނބު ބަލަހައްޓަން ތިބި ދިވެހިންގެ އަގުވަޒަން ކުރަންޖެހޭ ދުވަހު އެމީހުންގެ ވިންދާއި ކުޅެ މަލާމާތް ކުރަނީ.
    ޢަޅެ މިއީ ދިވެހިންނާއި އެހާ ގަޔާ ނުވާ ބައެއްވިއްޔާ ދިވެހިންގެ މައްޗަށް ކުރާވެރިކަމަކަށް ފޫގަޅައިގެން އުޅެނީ ކީއްވެ ؟

  26. ޙައްވަ

    ތެދެއް!!!
    ޢެމްޑީޕީއަކުނުނުތިބޭނެ ފެނވަރު ހުރި މީހުނެއް.
    ޏުކިޔަވާތިބި މަގުމަތީ ސޮރުތަކައި މަންޖެތައް އުޅޭނީ.
    ދެން ވަޒީފާދެވޭނީ އެމެންބާށް ރައްޔިތުނ ފާޑު ކީމަ ތިކިޔަނީ.........

  27. ތިއްކޮ

    ފައްޔާޒޫ ދޭ މުސާރަކޮޅު ކުޑަވީމަ މީހުންނުދަނީ

  28. އަހްމަދު

    މީނާ ނޫނީ މިފަދަ ވާހަކައެއް ބުނި އަދެއް އަދި ނާހަން. ބޭރުގެ މީހުންވެސް ދިވެހިންގެ ހުނަރުގެ މޮޅު ވާހަކަ ދައްކާ ތައުރީފުކުރޭ. މީނާގެވެސް އެހެންވިއްޔާ ތިޔަ ވޒީފާ އަދާކުރުމުގެ ހުނަރެއް ނެތް . އަވަހަށް އިސްތިއުފާ ދެއްވާ.

  29. ހަސަދު

    ބައްލަވާ ހުނަރު ހުރި އެންމެން ވަޒީފާ ނެތިފައި. ކުށަކީ ތިޔަބޭފުޅުންނާ އެކީ މަގުމަތީގައި ނޫޅުން.

  30. ޢަލީ

    ކަލޭ މިނިސްޓަރުކަމަށް ކުފޫ ހަމަވޭތަ. ޢެވަރުގެ ޤާބިލްކަމެއް ކަލޭގެ ކިބަޔަކުވެސް ނެތް.

  31. މަލީހު

    ދިވެހިންނަ ކިޔަވަންފުރުސަތުދީބަލަ މަތީތައުލީމްހޯދަން ލޯނެއްހޯދަންއުޅުނަސް ލިބެނީކީނޫން ސަރުކާރުތެރޭން މުޅިންވެސްކުރަނީ ވައްކަން ރައިޔެތުންނިކަމެތިވެބިކަވެފަމިތިބީ ދެންކޮންތައުލީމެއްތަލިބޭނީ އަހަރެންވެސްމީ މަތީތައުލީމައް (ފުލައިޓުއިންޖިނޭރިން) ކިޔަވާމީހެއް މުޅިންދަރަނިވެރިވެއްޖެ އަދިވެސްލާރިބޭނުންވޭ ލިބޭނެގޮތެއްނެއް އަބަދުތަންތަން މޯރގޭޖުކުރަންމިޖެހެނީ. މިނޫންދުވަހެއް ދައްކަވާށެވެ. އާމީން.

  32. ހުސެން

    މިނިސްޓަރުކަމަށް ކަލޭ ކުފޫ ހަމަވޭތަ؟ތިޔަ ސަރުކާރުގައި ތިޔަތިބީ ހުސްރޮނގާލިން،ސަރުކާރެއް ހިންގުމުނުގެ ޤާބިލުކަމެއް ދީނެއް މިއްލަތެއް ނުދަންނަ މީހުން މި ސަރުކާރުގެ މަތީފަޑީގައި މިތިބީ ދެނޯ،ސަރުކާރުން މަޤމު މިދެނީ ގްރޭޑް ހަތެއް ނިންމާފާ މަގުމަތިން ޑިގްރީ ހަދާ މީހުންނަށް ދެނޯ

  33. ފައްޔާޒު

    މީނަ އަށްވުރެން ބޮޑު ވަގެއް ނުހުންނާނެ..

  34. ފުއާދު

    ވަރައްރަގަޅު ވާހަކަ އެއް ދިވެހިންގެ ހުނަރު ހުރި މީހުން ބައި ތިއްބާފަ ހުސް ނުކިޔާ ތިބި އެކުޓިވިސްޓުން މަތީ މަގާމް ތަކުގައި،ގުދޯ ގުދޯ ނުގޮވާ

  35. މީހަކު

    ކިތައް މިނިސްޓަރުންގެތަ އެންމެ ކުޑަމިނުން ޑިގްރީ ފެންވަރުވެސް ހުރީ.. އަނގައެއް އޮތީމަ ވާހަކަ ދައްކާނެ...

  36. ކީކޭ

    ފައްޔާޒް ކޮން ގާބިލް ކަމެއް ހުރެގެން ތޯ އެކޮނޮމިކް މިނިސްޓަރ ކަމަށް އައީ، ޝަރީ އަ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރައް ވައިގެން ހުރެ އާއިލީ ވިޔަފާރީގެ ތެރެލް ލާފަ ދެއްތޯ.ޓޫރިޒަމް އަކީވެސް އެދާއިރާގަ ގިނަދުވަހު އުޅެ ތަޖުރިބާ ލިބިގެން މަތީ ފަންތިޔަށް ދިވެހިން ގެނެސް ދިން ނަމަ ތިބޭނީ ހުސް ދިވެހިން، ދިވެހިންނަށް އެފުރުސަތެއް ނުދޭ އޭގެ ބަދަލުގަ އެންމެ ޖެނަރަލް އާދައިިގެ މަގާމުތަކަށްވެސް ޔޫރަޕް ނޫނީ އެހެން ތާކު ބަޔަކު ލާފަ ތިބެނީ.ދިވެންގެ އަތަށް ލިބެންޖެހޭ ޑޮލަރު އެއީ

  37. މުހައްމާ

    މިއީ ކީކޭކިޔާމީހެއަތަ! މީނަގައިގަ ކޮންފެންވަރެއްހުރެގެންތަ އިކޮނޮމިކް މިނިސްޓަރ ކަމާހަމަޔަށްއައީ.. ހަމައެކަނި މީނަޔަށްލިބިފައިފާ ސިފަތަކަކީ ހަޑިހުތުރުބަހުރުވައިންވާހަކަދައްކަން އެގުމާ މުޖުތަމައުގައި ނަފުރަތު އުފެދޭގޮތަށް ވާހަކަދެއްކުން. ދިވެހިންގެ ތެރޭ އެބަތިބި ކަމަށްްޤަބިލުކުޅަދާނަ މީހުން . އެފުރުސަތު ދިވެހިންނަށް ސަރުކަރުން ހޯދަނުދެނީ. ކޮންބޯގަޅިވާހަތަކެއްދައްކާކަށް.

  38. އިކްލީލް

    ކަލޭވެސް ތީ އޭގެ މީހެއްނު؟ އެންމެ މަތީގައި އެހުރީ އިބްރާހިމްބޭ! އޭނަގެ ޙާލު ކަލެޔަށްވުރެވެސް ދަށް! ތިހުރެގެން ސޯޓު ފައިބަނީ!

  39. ސ

    ތަޖުރިބާ އާ ގާބިލު ކަމަކީ ގަހެއްގަ އަޅާ އެއްޗެއްތަ! ކަލޭމެންނަށް ތިމަގާމުތައް ދިނީ ބޭކާރު ވާހަކަ ދައްކާކަށް ނޫން. އަހަރުމެންގެ ދަރިންނަށް ކިޔެވޭނެގޮތްތަށް ހޯދައިދީ މަގާމު ތަކަށް ގާބިލު މީހުން ބިނާ ކުރަން. އެކަކު އަރާފަ މިބުނަނީ ދިވެހިން ގާބިލެއް ނޫނޭ. އަނެކަކު މިބުނަނޫ ދޭނެ ވަޒީފައެއް ނެތޭ!

  40. ލޮލް

    ދެންވެސް ރާއްޖޭން ބޭރުން މީހުން ގެނައިމަ ނިމުނީތަ؟ ހުނަރުވެރި މީހުން އުފައްދަން އެއްވެސް މަސައްކަތެއް ކުރަންތަ؟؟ މަށަށް ފެންނަނީ އިންޑިޔާއިން މިލިޔަނެއްހާ މީހުން އެކަހަލަ މަތީ މަގާމުތަކަށް ގެންނަން. އޭރުން ވެރިކަމަށް ގެންނަން އެމީހުން ކުރި ޚަރަދު ކިރިޔާވެސް ބަޗާނީ. ބޯހަލާކު

  41. އަލްކެމިސްޓް

    މި ފަޔާޒަކީ ދިވެއްސެއް ނޫންތެ. މީނާ މިނިސްޓަރަކަށް މިހިރީ. ހުނަރު ނެތްކަމަށް އަމިއްލައަށް އެެއްބަސް ވަނީ ނަމަ އަވަހަށް އިސްތިއުފާ ދީފައި ބަޗާ. ކޮންމެ އަހަރަކު އޭލެވެލް އިން 8000 ކުދިން ނިމިގެން އެބަ ނުކުމޭ. އެތައް ކޮލެޖަކުން އެތައް ހާސް މީހުން ދަސްވެނި އެބަވޭ. އެހުރިހާ މީހުން އެތިބީ އެމީހުން ކިޔެވި ލެވެލްއާ އެއްވަރު ވަޒީފާއެއް ނުލިބިފަ. އެންމެފަހުން އެއިގެތެރެއިން އެތައް ބަޔަކު ވަންނަނީ ގޭންގްތަަކަށް ނޫނީ ޑްރަގަށް، މިކަލޭގެއަށް މިވަރު ނޭގުނީމާ ވަގުތުން އިސްތިއުފާ

  42. މައިން

    އިބޫ ރައީސްގެ ވައުދުވެސް ނުފުއްދާ ، ކުދިން ނައް ކިޔައިވަދެނަމެ ބުނީ ލޯނުދޭނަމޭބުނީ އެކމަު ނުލިބޭ އެތާކިނަ ޗަބީަކީ ތަނެއްދޮރެއްއެގޭމީހެްނޫން. ކިޔަވަން ބޭނުން ކުދިން ނައް ކިޔާވަނުދިނުން އެއީ އެނާގަސްތުގަ ކުރާކަމެއް. އޭނަ ޅޮނު ހަމަޖައސާދިނީ އޭނަ ގަތްމީހުންނާ އެމީހުންގެ މީހުންނައް. ދެން ނުދޭނައްވޯޓެއް ދުވަހަކުވެސް އެގިދާނެތާ

  43. އިންސާނާ

    ދިވެހިންގެ އެފެނވަރުނެތީ ކީއްވެތޯ ކުޑައިރު ދިވެހިން ތައުލީމު އުނގެނިނުގަންނަނީތޯ؟ ނޫމްނަމަ ތައުލީމުދެ މަދަރުސާތަކުގަ ތިބި ތީޗަރުންގެ ފެންވަރު ދަށީތޯ؟

  44. ޕަރި

    އެހެންވިއްޔާ ސުމިތު ފެތޭތޯ ތިޔަ ބުނާ މިންގަނޑައް؟

    5
    1
  45. އިބްރާ

    ކަލޯ މީގެއަހަރުތަކެއްކުރިން ރާއްޖޭގެ ބޯޓްފަތުރުކުރާމީހުނާ ދިމާލަށް ރައްޔިތު އަޙައްމަދުވެސް ތިކަހަލައެއްޗެއްބުނި ބޯޓްދަތުރުކުރާމީހުން ޓްރޭންކޮށްފަ ސެޓިފިކެޓް ދިން ޖަލްސާގަ ބުނީ "ނުކިޔަވާތިބި މަސައްކަތެއްނޭގޭ ބަޔަކަށް ބޮޑުމުސާރަ ދޭނީކޮންބައެއް" ބޮޑުމުސާރަދޭނެބައެއްނެތްކަމަށް. މިއަދު އަނެއްކާވެސް ދިވެހި ސީމަނުންގެ ވާހަކަ ދައްކަންފަށައިފި.

  46. Anonymous

    ހުނަރެއް ނެތް

  47. ހުވަދޫ ޑޮކް

    މިނިސްޓަރ ތިޔަވިދާޅުވީ ސިޔާސީގޮތުން ރައްޔިތުންގެ ސިކުނޑިއަށް މޮހަރެއް ޖައްސަވަން ވިދާޅުވި އެއްޗެއް ނޫންތޯ؟ އިސްވަޒީފާތަކަށް ހުރަހެއް ނެތް، އެހެނަސް ފަތުވެރިކަރުމުގެ ދާއިރާގެ އިސްމަޤާމްތަކުގައި ތިއްބެވީ ކިތަން ދިވެހީންތޯއެވެ. މިސާލަކަށް އެޗްއާރ ޑިޕާރޓްމަންޓްގައި!! ކޮންމެވެސް ބޭރުމީހެއް، ދިވެހި ކުއްޖަކު ވަޒީފާއަށް ލީމަ އެކްސްޕީރިއަންސް ނެތޭ ކިޔާފަ، އެޗްއާރ މެނޭޖަރ ނިސްބަތްވާ ޤަޢުމުން ރެކްރޫޓް ކުރަންމުންދަނީ!! މިއީ ސަރުކާރުން ފުންކުން ވިސްނައި ހައްލެއް ބޭނުންވެފައިވާ ނުހަނު ބޮޑު ޤަޢުމީ މައްސަލައެއް! މިގަޢުމަށް ނުކަތާވަަރަށް ބިދޭސީން ގަޢުމުން ޖާގަ ހޯދައި އިޤްތިޞާދުގައި ބޮޑު ލޯވަޅެއް ހެދީކީ ހަފްތާއެއްގެ ތެރޭ ނޫންނެން ނޫންތޯ އިއްޒަތްތެރި މިނިސްޓަރ ؟؟؟!!

  48. މިހުރީ ހަނު

    މިނިސްޓަރުންގެ ވަޒީފާތަކަށް ދިވެހިންގެ ހުނަރެއް ނެތް

  49. ސަންތިމަރިޔަބު

    ވުޒާރާއްގެ ވަޒީރަކަށް ވާންވީމަ ފެންވަރުވެސް އެބަހުރި މަޖިލިސްގެ މެންބަރަކަށް ވާންވީމަވެސް ފެންވަރު އެބަހުރި ނަދީމް ބެޔާއި ގުޅިގެން ބެއްޔާ ދިން ރިސޯޓް ހިންގަންވީމަވެސްފެންވަރު އެބަހުރި ދޮތަ ހަމަހިނިއަންނަނީ

  50. ތަރުޖަމާނު

    އަސްލުވެސްނެތް އެކަމަކު އެހުރީ މަތީ ވެރިކަމަށް އަރުވާފަ

  51. ސަމާލުކަން

    މަކުނުފާނޫއެވެ. ދިވެހިންގައިގަ ހުނަރުނެތްއިރު ދިވެއްސަކަށްވެ ހުރެ މިނިސްޓަރުކަމުގަ ތިހިރީ ކީއްވެތޯއެވެ. އަވަހަށް އިސްތިއުފާ ދޭށެވެ.

  52. ޚާއްޞަ އެންގުމެއް

    މީނަ އެބުނަނީ ރައީސްގެ ވާހަކަ.. ރައީސްގެ ކެބިނެޓްގަ ހުރެ އެ މަޣާމުގަ ހުރެގެން ރައީސަށް ތިހާވަރުގެ ޖޯކެއް ޖެހި މީހަކު މަށެއް އަދި ނުދެކެން..

  53. އަލިބެ

    މައްސަލައަކީ ދިވެހިންނައްވީތީ؟ އެމީހުންނައް ކައިގެންބޮއިގެން އުޅެވޭވަރރރގެ ލާރ ރިކޮޅެއް ދޭކައް ބޭނުމެއް ނޫން ހަމަހަމަކު ރާށޭ ކިޔާ ހަދާ އެތިފަހަ ރު ބަލަން ތިބޭތި؟

  54. ޙަސަން

    މިސޮރު ބުނި ކުދިވިޔަފާރި ބަގުރޫޓު ވަނީ މީރާގެ ސަބަބުން ކަމަށް.މިހާރު ވިސާފީ ބޮޑުކޮށް ކޯޓާއަށް ލާރި ނަގަން ތައްޔާރުވަނީ.ކަލޭ އިސްތިޢްފާދީ.މީނާގެ ހިއްސާވާ އެތައް ކުންފުންޏަކަށް ކޯޓާދީ މީހުން އެތެރެ ކުރުމަށް ފަހު އެމަގު ބަންދު ކުރީ.