ގއ. މާމެންދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މި މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. ފުލުހުން މިހާރު ވަނީ އޭނާގެ ހަށިގަނޑު ގއ. ވިލިނގިލީ ގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ގއ. މާމެންދޫ ކައުންސިލްގެ ރައީސް، ޒައީމް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނީ މިއަދު 9:30 ހާއިރު ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުުހުން ގޮސް ބެލުމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:15 ހާއިރު ކަމަށާއި މި ހާދިސާ ބަލައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފޮޓޯ: ކިޔުންތެރިއެއް

މާމެންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒައީމް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އެރަށު މޫންލައިޓް ވިލާ، މުޙައްމަދު ނާޝިދު ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނު އިރު ގައިގެ އެއްވެސް ތަނަކަށް ޒަހަމެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނާޝިދުގެ ހަށިގަނޑު ފެނުނީ މާމެންދޫ ނެރާއި ދިމާލު ފަޅުތެރެއިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  2. ޒަމާން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ