ރޭ މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ރޭގެ ހާދިސާގައި ޒަހަމްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކަށެވެ. އޭނާގެ ބުރަކަށްޓަށް ވަޅި ޖަހާފައިވާއިރު އޭނާއަށް ލިބިފަވާ އަނިޔާތަކުގެ ސީރިއަސްކަން އަދި ކަށަވަރެއް ނުވެއެވެ.

އޭނާާއަށް ލިބިަފައިވާ ޒަހަމްތަކަށް އައިޖީއެމްއެޗް އިން ރެއިން ފެށިގެން ދަނީ ފަރުވާ ހޯދަމުންނެވެ. އެ ޒަހަމްތަކުގެ ތަފްސީލު އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ފުލުހުން ވިދާޅުވީ ރޭ 9:35 ހާއިރު މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ފުލުުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.