އައްޑޫ ސިޓި ހިތަދޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޓާޝަރީ ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އައްޑޫއަށް ސީޓީ މެޝިން ގެންގޮސްފައިވަނީ މީގެ 3 މަސް ކުރިން ދުބާއިން ގަމަށް ޗާޓަރ ކޮށްގެން ދިޔަ ކާގޯ އުފުލާ މަތިންދާ ބޯޓެއްގައެވެ. އެމްއާރްއައި މެޝިންގެ އިތުރުން އަލްޓްރާ ސައުންޑް މެޝިނެއްވެސް އައްޑޫ އަށް ވަނީ ގެންގޮސްފައެވެ.

އައްޑޫ އާ ހޮސްޕިޓަލް ހުޅުވުމުގެ މަސައަކަތް ސަރުކާރުން ކުރަމުން އަންނަ އިރު ނިމިގެން ދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ފެސިލިޓީސްތައް ގާއިމްކޮށް ހުޅުވޭތޯ ސަރުކާރުން މަސައްކަތް ކޮށްފައިވެއެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހަދަނީ ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ ހޯދުމަށް ހަވާލުކޮށްފައިވާ މެޑިޓެކް ކުންފުނިން މިމަހުގެ ނިޔަލަށް މެޝިނަރީ ގެނެސް އިންސްޓޯލް ކުރަން ޖެހެއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ހުރިހާ ބޮޑެތި މަސައްކަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމިފައެވެ.

ކުރީގެ ސަރުކާރުން ބުނެފައިވަނީ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    ސްކްރިއްޔާ ރައީސް ޔާމިން. މަނިކުގާނުގެ ބިޔަ ޕްރަޖެކްޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގަ ނިމެމުން މިޔަދުގެ ސަރުކާރުގެ ވެރިން އެޕްރޮޖެކްތަކުގެ ރިބަން ކަނޑަން އަވަދިނެތި ގައުމުގެ އެކި ރައްރަށަށް ހޭބޯނާރާ ދަތުރުތައް ކުރަމުން އެދަނީ. ޝްކުރިއްޔާ.

    24
  2. ގަމާރު ދިވެހިން

    ރައީސް ޔާމީން އައްޑޫ އަށް ކީއްހޯ ކޮއްދިނީ؟ އައްޑޫގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައި އޮތް އެއްކަންތައް ކަމުގައިވާ ސިއްޙީ ދާއިރާއިން ހިތަދޫގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެންމެ ފެންވަރު ރަގަޅު ހޮސްޕިޓަލެއް އެޅުން. މަރަދޫގެ ބަނދަރު ހިއްކާ ހެދަން ފެށުން، ފޭދޫގައި ބިންބޮޑުކޮއް ބިންހިއްކި، ގަމުގައި ފްލައިޓްތައް ޖައްސަން މިހާރުގެ ރަންވޭ ބޮޑުކޮއް އައު ރަންވޭއެއް ހެދުން، ހުޅުމީދޫގައި ބޮޑު މަސް ޕްލާންޓެއްގެ މަޝްރޫޢު ފަށާ ނިންމުން. މިއިން އެއްވެސް ކަމަކީ ކުޑަ އަދި ފަސޭހަ ކަމެއް ނޫން. އަދިވެސް މިރަށް ރަށުގައި ކުރި އެހެން ކަންކަން ވެސް އެބަހުރި. އެހެންނަމަވެސް މިއިން އެއްވެސް ކަމެއް އައްޑޫގައި ތިބި ރައްޔިތުން ބަލައިނުގަތް.
    އައްޑޫގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގާނެ ކަމެއް ނެތް.

    23
  3. ހުވަދޫ ޑޮކް

    މިސަރުކާރު ގެންނަން ޤުރުބާންވެ އެހެނަސް މިހާރު މާޔޫސްވެފައިވާ ރައްޔިތުން ގުނބޯ ހައްދަން މިސަރުކާރުމް މަޅި ޖަހަނީ މަޅިޖަހަނީ އޭ!! އަސްލު މީހާއަކީ ވަރަހަ ސްމާރޓް ބާކިން އެކަމަކި އެވެރިން ހައުދަހައި ޅައެއްތެތި ތެބަ އެޑަތެއި ދީ !!

    7
    1
  4. މިވެރިން

    ސުވާލަކީ ކީވެބާޔާމީނު
    ނުހޮވުނީ މިހުރިހާ ތަރައްގީޔެއް ގެނާއިރުގަވެސް ؟؟؟؟؟؟؟ޖަވާބު ތާއީދުނެތީ ޔާމީނުއަށް

    1
    5
  5. ކަލަގޮވާމޫސުން

    އަސްތާ ކައުންސިލްއިންތިޚާބުގެ ކެންޕެއިންފެށީ އިރުކޮޅެއްނުވާނެ ކަލަގޮވަންފަށާއިރު

    3
    1
  6. ސާބަސް

    މަނިކުފާނުގެ ޤައުމީޚިދުމަތައް ސާބަސް ރައީސްޔާމީން މަނިކުފާނުވަނީ ކުޑަދުވަސްކޮޅެއްގެތެރޭގައި މިޤައުމުމީންދުވަހަކުވެސް ނުދެކޭފަދަބޮޑަތި ތަރައްޤީ ހޯއްދަވާދެއްވާފަ ޝައްކެއްނެތިއެނގޭއެއްޗަކީ މިކަމައް ހެކިވާނެކަން މަނިކުފާނުގެ ހަތުރުންވެސް

    8
    1
  7. ތަރުޖަމާނު

    ރައީސް ޔާމީން ހޭވި ހަޑި ދެއްތޯ؟ ޝުކުރިއްޔާ ރައީސް ޔާމީން