މާލޭގެ މަޝްހޫރު ފިހާރެއް ކަމަށްވާ ރޮންބަސް ފިހާރަ ފަޅާލައި ފައިސާ އާއި ގަހަނާ ވަގަށް ނަގައިފިއެވެ.

ޗާންދަނީ މަގުގައި ހުންނަ ފިރިހެނުންގެ އަންނައުނާއި ގަހަނާގެ އިތުރުން ބޫޓާއި އައިނު ފަދަ ސާމާނު ވިއްކާ ރޮންބަސް ފިހާރަ ފަޅާލައި ވައްކަން ކޮއްފައިވަނީ ރޭގެ ވަގުތެއްގައިއެވެ.

ރޮމްބަސް ފިހާރައިގެ ވެރިފަރާތުން ބުނެފައިވަނީ ފިހާރާ ފަޅާލީ ރޭ ދަންވަރު 2:30 އެހާއިރު ކަމަށާއި އެކަން ކޮށްފައި ވަނީ ސައިކަލެއްގައި އައި ދެމީހަކު ކަމަށް ފިހާރައިގައި ހަރުކޮށްފައި ހުރި ސީސީ ޓީވީ ކެމެރާއިން ފެންނަން ހުރި ކަމަށެވެ.

"ފިހާރަ ތެރެއަށް ވަގު، ވަދެފައި ވަނީ ފިހާރައިގެ މައި ދޮރުގެ ތިރި ތަޅާލައިގެންއަދި ފިހާރަތެރެއަށް ވަދެ، އެކި ވަރުގެ ގެއްލުންތައްވެސް ދީފައިވާއިރު، ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު މުޅިން ސާފު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން" ރޮންބަސް ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.

ރޮންބަސްގެ ދެ ފިހާރަ ހުންނަ އިރު ރޮމްބަސްގެ ދެ ވަނަ ފިހާރަ ހުންނަނީ އޯކިޑުމަގުގައެވެ. އެފިހާރައި ހުންނަނީ އަންހެން ކުދިންގެ ހެދުމާއި ގަހަނާގެ އިތުރުން ރީތި ވުމަށް ބޭނުން ކުރާ ޒާތުގެ ތަކެއްޗެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމަށް "ވަގުތު" އިން ކުރި މައްސަކަތުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ވަނީ ކާބިޔާބު ވާގޮތެއް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޯ

    ސައީދު ވިދާޅުވީ ރާއްޖެ ނާމާންކަމުން ސަލާމަތް ކޮށްދިނޯ ޔާމިނު... މިވެސް ހަމަ ނާންމާން ކަމެއްނޫންތަ؟

    • ދެރަ

      މިކަހަލަ ކަންތައް މުޅިން ހައްލުވާނީ ފަރުދީ ޒިންމާވެސް އޮވެގެން..