ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް ރޭ މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދާދި ފަހުން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގިނަ ވިޔަފާރިތަކެއް ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު ޑީޕޯޓް ކޮށްލާފައެވެ.

މިނިސްޓަރ ވިދާޅުވީ ޑިޕޯޓުކުރި ދެ ބިދޭސީންނަކީ ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

އަސްލު ވަރަށް ރަނގަޅުވީސް އެމީހުން [ޑީޕޯޓުކުރި ދެ ބިދޭސީން] ހައްޔަރުކޮށްގެން އެމީހުންނާ ގުޅުންހުރީ ދެން ކޮން ބިދޭސީންނެއްތޯ ނުވަތަ ދިވެއްސެއްނަމަ ކޮން ދިވެއްސެއްތޯ ބަލާލެވުނު ނަމަ،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް އިތުރަށް ބުނެފައިވަނީ އެ މީހުން ގިނަ އަހަރުތަކެއް ވަންދެން އެފަދަ ކަންކަމުގައި ޝާމިލުވެ އުޅޭއިރު، އެކަމުގައި ކޮންމެސް އެހެންބަޔެއް އެހީތެރިވެދޭނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫންމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އެއްވެސް ތަހުގީގެއް ނުކޮށް ޑީޕޯޓްކޮށްލުމަކީ މި މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް އެޅޭ ހުރަހެއް ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

"ގާނޫނާ ހިލާފުވެގެން އާދައިގެ ބިދޭސީން ޑީޕޯޓުކޮށްލުމަކީ މައްސަލައެއް ނޫން. އެކަމަކު ބޮޑުންގެ ގޮތުގައި ފާހަގަކުރާ މީހުން އަޅުގަނޑުމެން އެބަ ޖެހޭ ތަހުގީގުކޮށް ބަލަން، ދެން މޫލާފައި ހުރީ ކިހާވަރަކަށްތޯ ބަލަން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ވުރެ ގިނަ ބިދޭސީން އުޅޭއިރު ސަރުކާރުން މިހާރު ވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އަދި މިހާރު ގަވައިދާ ހިލާފަށް ތިބި ބިދޭސީންނަށް ދެވަނަ ފުރުސަތެއްދީ، އެފަދަ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ހަމަމިޔާއި އެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނަށް ފެއްތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއިން ވަނީ ޕްރޮގްރާމެއް ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަޙުމަދު ފުޅު

  ވ.ރަނގަޅު ވާހަކަ ފުޅެއް ބިދޭސީން ޤަވާއިދާޚިލާފަށް އުޅެން މަގުފަހި ކޮށްދެނީ ހަމަދިވެހިން އަސްލުވާ ގޮތަކީ ބައެއް މީހުންހުންގެ އަތުގައި އެބައޮވޭ 20ނޫނީ 30 ކޯޓާ ދންމިތާތިބޭ މަގުލާދޭސް މީހުން ބޭނޫންވޭ މިތަނަށް އާދެވުނީމާ އޭނާގެ ކާފަ،ބޮޑުބޭބެ،ކޮށްކޮ،ޅިޔަނު،ބޮޑުދައިތަގެ ދަިފުޅު،ބޮޑުބޭބެގެ ދަރިފުޅު ދެންމިހަދާގޮތަކީ މި ކޯޓާ ހުންނަ މީހެއްގެ ކާއިރީގައި މިބުނަނީ ތިމަންނަ ބޭނުމެވޭ ކޮށްކޮ ގެންނަން ބުނީމަ އެކޯޓާ ހުންނަ މީހާ ނުނާނެ ތީއެއްވެސް ކަމެއްނޫނޭ ތިމަންނައަށް ވާނެޔޭ ކޮންމެ މަހަކު -/1000 ދޭން މިގޮތަށް މީހުންގެސްގެން މިމީހުން މިހަދާ ގޮތަކީ އަމިއްލަ އަކަށް ގުރޫޕް ހަދާފަ ރަށުގަ ކުރާ ހުރިހާ މަސައްކަތެއް ނުއަގުގަ މިކުރަނީ މިމީހުން މިހާރުވެސް މިރަށުގައި އެބައުޅޭ މިގޮތައް އުޅޭ 10ވަރަކަށް ގުރޫޕް މިކަމަކާ ހެދި ރަށުމީހަކަށް އޮންނަނީ މަސައްކަތެއްވެސް ނުލިބިފައި މިަރުގައިވެސް އެބައުޅޭ މިހާރު 300 އެއްހާމީހުން މީގެ ތެރެއިން ގިނަމީހުންނަކީ އަތުގައި އެއވެސް ލިޔެކިޔުމެއްނެތްމީހުން ކީއްކުރާނީދޯ.....................

 2. އައްޔަ

  ތިވަރުގެ ބޮޑު ތުހުމަތެއް ކޮށްފަ ޑީ.ޕޯޓް ކުރިފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވެންޖެހޭ. އަދި ފިޔަވަޅުވެސް އެޅެންޖެހޭ. އަދި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކޮށްދިން ދައުލަތުގެ މުވައްޒަފުން ވަޒީފާއިންވެސް ވަކިކުރެވެންޖެހޭ.

  7
  1
 3. ޏ

  މޑޕ އަކީ މަކަރުވެރިބަޔަކު އިސްކޮށްތި ޕާޓީއެއްކަންބައެއް ދިވެހިންނަށް ގަބޫލްކުރަން ދަތިވިއަސް އެއީހަގީގަތެކެވެ
  ސަރުކާރުގައި އެޕާޓީން އަދާކުރާދައުރު ރަނގަޅަށްބަލައިފި
  ނަމަ ވަރަށްސާފުކޮށް އެކަން ފެންނާނެއެވެ ބިދޭސީންގެ
  ކަންކަމަކީވެސް އެހީލަތްތެރި ރޭވުމުގެތެރެއިން ހިންގާ ބޮޑެތި
  ވައްކަން ތަކެވެ ވާހަކަދައްކާނީ މަތިއޮމާންކޮށެވެ ކަންހިނގާނީ
  ވަލުފަރާތުންނެވެ މިކަން އެޕާޓީ ވެރިކަމުގައި އޮތްހާދުވަކު
  ދެމި އޮންނާނެއެވެ އިސްމީހާ އަކީ އެންމެބޮޑު މުޖުރިމެވެ.

 4. ާއަހުމަދު

  ގަވާއިދާ ހިލާފަށް އުޅޭމީހުން ހޯދާ ލާރި މިގައުމުން ބޭރު ކުރަނީ ގަވާއިދުންތަ ބޭރުކޮށް ދެނީ ގަވާއިދުންތަ 250 ލިބޭމީހާ 2000 ފޮނުވިއަސް އޯ ކޭ

 5. އިބްރާ

  ތިކަން ކުރާނެހާ ހިތްވަރު އެބަހުރިތަ؟

 6. މުހުއްމާ.

  ތިޔަ ބީދޭސީން ނަކީ ތިބާގެ ބެލުމުގެ ދަށުގަ ވާ
  ބަޔެއްތަ؟؟؟؟ޑީޕޯޓް ކޮއްލުމުން ތިހާ ކަންބޮޑުތިވީ. ސުވާލު އުފެދޭ.؟؟؟؟؟