ރާއްޖޭގައި މިހާރު އޮތީ ކަންބޮޑުވާ ފަދަ ހާލަތެއް ކަމަށާއި ޗައިނާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އެމެރިކާ ކަންބޮޑުވާ ފަދަ ހާލަތެއް ކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދާއި ޕެސިފިކް ކަނޑުގެ ސަރަހައްދަކީ ހުޅުވާލެވިފައި އޮތް މިނިވަން ސަރަހައްދަކަށް ވާން އެމެރިކާ ބޭނުންވާ ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާ މެދު ކަންބޮޑުވާކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވަމުންދާ ގޮތް ބަލާނެ ކަމަށްވެސް ޖޯ ފްލެޓާ ވިދާޅުވިއެވެ.

"ޗައިނާގެ ނުފޫޒު ރާއްޖެ އަށް އޮތް މިންވަރުން އިންޑިއާ ވެސް ކަންބޮޑުވާނެ ކަމަށް ގަބޫލުކުރަން މިއީ އަހަރުމެންގެ ޑިފެންސް ސްޓްރެޓެޖީގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ޖޯ ފްލެޓާ ވިދާޅުވި އެވެ.

ބިންތައް ޗައިނާއަށް އަތުލަމުންދާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. އަދި ޗައިނާ އަށް ރަށްތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް ސަރުކާރުން ދޮގުކުރެ އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ސިޔާސީ ހަނލަބޮލިކަން އިތުރު ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެއަމުރަށް މިހާރު ބަދަލު ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ރައީސް ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވަން ބާރުއަޅާ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެޑަމް

    ނަޝީދުއަކީ މިގައުމަށް ޖެހިފާހުރި ބޮޑު ބަލާވެރިކަމެއް. މީނަގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާށި. އާމީން.

  2. 3ނިރު

    ފަލަސްތީން ގެ މުސްލިމުންތަޅާޗިސްކުރާއިރު އެމެރިކާ އެވާހަކަ ނުދައްކަނީ ކީވެ

  3. ގޯނިބެ

    ތަނެއްދޮރެއް ބަލާލުމެއްނެތި އެމެރިކަކާ މިއޮއްތެޅޭ ވައްތަރެއް...

  4. ޙަރީ

    މުސީބާތްގަނޑާ. ބަލާބަލަ ފަލަސްތީނު މުސްލިމުންނަށްވަމުންދާގޮތް. ކޮބާ ކެނެރީގޭ ޑިމޮކޮރެސީގެ ގައްދާ.

    މިޤައުމާ ނުކުޅެއްޗޭ އިންޝާﷲ

  5. ފައިޒް

    ކަލޭމެންނަށް ކީއް މުޅި ދުނިޔޭގަ ކަލޭމެންނާ އިންޑިޔާ ހަން ފަތުރަމުން ދާ ދިއުން ﷲ ގެ ވާގިފުޅާއެކު ނިމުމަކަށް އަންނަނީ..

  6. ޢެދުރު

    އެމެރިކާ ބިރުގަތުން އެއީ ދިވެހިންގެ މައްސަލައެއް ނޫން.

  7. މެރިކާ

    ކަލޭމެން ކަންބޮޑެއް ނުވޭ ދޯ އިޒްރޭލުން މަރަމުންދާ ކުށެއްނެތް ރައްޔިތުންނެއް.

  8. މުޙައްމަދު

    ތިޔަ ކާފަރު މީހުންތަށް ތިބީ މާބޮޑަށްވެސް ކަންބޮޑުވާފަދަ ޙާލަތެއްގައި، ދީން ޤަބޫލުކޮށް ތައުބާވާންޖެހޭ، ކަލޭމެން ތިފާޑަށް ތިއުޅޭ އެންމެން މިއަދު މަރުވިޔަސް ދާނީ ނަރަކައަށް، އެހެންވީމާ ކޮންބައެއްތަ ކަންބޮޑުވާ ފަދަ ދަރަޖައަކަށް ގޮސްތިބީ، ހަމަހުވާ މިކުރީ ކަލޭމެން އެއްވެސް ބަޔަކުދެކެ އެއްވެސްބިރެއް ޖެހިލުމެއް އަހަރުމެނެއްނުވޭ، ހަމައެކަނި ބިރުވެތިވަނީ ﷲ ޞވއ ގެ ޙަޟްރަތަށް