ސަރުކާރު މިއޮތީ ހެލިހެލިއިން ދަތެއް ބަތްޕެން ބުއިމުން ވެއްޓޭހާ ފަސޭހައިންވެސް، ވެއްޓޭ ހިސާބުގައި ކަމަށް، އިހައްވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.

ރޭ ގުޅިފައިވާ ޕާޓީތަކުން ހއ. އިހަވަންދޫގައި ބޭއްވި ޖަލްސަގައި ވާހަކަފުޅުދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހަންމާ ވިދާޅުވީ އެކަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް މި ވެރިކަން ނިންމާލެވެން އޮތް ކަމަށެވެ.

"ރައީސް ޔާމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅައި އެކަން މަޖިލީހުގެ ތެރެއިން ނިންމާނެކަން ޔަގީންވި ހިސާބުން މިސަރުކާރު ނޭވާހޮޅިއަށް އެޅިގެންދިއަ މަންޒަރު ފެނުނު" މުހަންމާ ވިދާޅުވިއެވެ.

މެންބަރު މުހައްމާ ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލުވާލަން މިސަރުކާރުން ޤާނޫނާއި ގަވައިދުތަކުން ބޭރުން ތާކުންތާކުނުޖެހޭ ނިންމުންތައްވެސް ނިންމަމުންދާކަމަށް ފާހަގަ ކުރައްވާ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް މިސަރުކާރުން އެކިގޮތްގޮތަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް އެކަން މިސަރުކާރަށް ކާމިޔާބު ނުވާނެކަމަށް މުހަންމާ ވިދާޅުވިއެވެ.

"މަޖިލީހުގެ ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންގެ ގޮނޑިތައް ގެއްލުވާލުމަށް ސަރުކާރުން ހަދާނެގޮތް ހުސްވެ، ދައުލަތުގެ 3 ބާރުވެސް ޖަލުގެ ކުޑަގޮޅިއަށްލާފައި" މުހަންމާ ވިދާޅުވިއެވެ.

މުހަންމާ ވިދާޅުވީ ރިއްސަރިއްސާ އިން ދަތެއް، ބަތްޕެންކޮޅެއް ބޯލުމުންވެސް ވެއްޓިދާނެ ކަމަށެވެ. އަދި މި ސަރުކާރުވެސް އޮތީ ހަމަ އެހާލުގައި ކަމަށްވެސް މުހައްމާ ވިދާޅުވި އެވެ.

" ހެލިހެލިއޭ މީނީ. ބަތްޕެން ބޮއެގެންވެސް މީތި ވަރަށް އަވަހަށް ވެއްޓޭނެހެންނޭ ހީވަނީ. އަޅުގަނޑު ދަންނަވާނީ ހަމައެހެން މިހާރު މި ޔާމީނު މިހުރީ. މިދެންނެވިގޮތަށް މިއަދުގެ ސަރުކާރު މިއޮތީ ފަނިކާފަ. ކޮބަޑި ޖަހާފަ. ހަމަ ދޮނާނެ ދަތެކޭ އެއްގޮތް. ހަމަ ވެއްޓޭނެ. ހަމަ ވެއްޓޭނެ. ބަތްޕެން ބުޔަސް ވެއްޓޭނެ. ރައްޔިތުން މިކުރާ މަސައްކަތުގަ ދެމިތިބެންވީ." މުހައްމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ދުރުމި

    ފޮނި ބައިސާ ކަޑައިގެން މީހުންކޮޅު ހިފެހެއްޓޭތޯ ބަލާ މުހައްމާ ސަރުކާރު އޮތީ ސާބިތުކަމާއެކު

  2. ހުސޭނުބެ

    ކަލޭ ފިލްމުގެ ހެއްވާބައި ކުޅޭހެން ސަރުކާރާ ނުކުޅެއްޗޭ.

  3. Anonymous

    ފައިސާދީގެން ކުއްޔަށް މީހުން ގެނެސްގެން ރިޝްވަތު ދީގެން ނުވިކަމެއްގެ ވާހަކަ ތިދައްކަނީ. ކޮއްކޯ މިހާރު ނެތް ތި ބޭކާރުވާހަކަ ގަބޫލުކުރާނެ މުސްކުޅިއެއް އަދި ކުޑަކުއްޖެއްވެސް.

    • ޙަސަން

      ނޫނޭ ނޫނޭ މި ތިބީހަމަ !!!!

  4. ކްރޯޑް

    ކަލޯމުހައްމާ އެއްޗެއްކިޔަން ނޭގުނަސް އެއްޗެކޭކިޔޭތޯބަލާތި ކިތައްމެ ބަތްޕެނެއް ބުޔަސް ދަތެއްެނުވެއްޓޭނެ ހެލޭ ދަތެއް ވެސް ވެއްޓޭނީ ހަރުއެއްޗެއް ހަފާލައި ގެން ތޯއްޗެ އެހެންނާ ފަހެ

  5. އަނޫ

    ތިހާ ކުޑަ ކަމަކުން ވާން އޮތް ކަމެއްގަ އެތަށް މެމްބަރުންނެއް ގަނެ ގޮނޑިގެއްލި އެތަށް ބަޔަކު ޖަލަށް ތިފޮނުވާލީ ކޮން ހެއެއްބަލިވެގެންތަ؟

  6. ހާދިމްކުމް

    އެއްކަލަ ބޮވޭނެ ބޮވެން ވާނެ. އަނގަވަތައް ވެއްޓި ބަލަ

  7. މުޙައްމާ

    ދެންކީއްވެ ބަތްޕެން ނުބޮވިގެން މަގުމަތީގައި ތި ތެޅިބާލަނީ އަންހެނުންނަށް ބަތްޕެން ކައްކަން ނުއެގެނީތަ އެހެންވިއްޔާ ބަތްޕެން ކައްކަން ދަންނަ މީހަކާ އިންނަން ވީނު

  8. ޙަސަން

    ބަތްޕެންބޮއިގެން ލަދުކުޅި ފިލްމުކުޅެބަލަ. ތިޔައީ މިހާރު ސިޔާސީ މައިދާނުގައި އެއްވެސް ބުތަދަނެއް އޮތް މީހެއް ނޫން. ތިދެން ކާކު؟

    • އުސްމާން

      އެސޮރު އެއީ އެއް އިރެއްގެ މެމްބަރެކޭ. ހިތުން މާމޮޅު މީހެކޯ. ހަޔާން ނެތްކަން އެކަނި ލިބިފައޮތް އެސެޓަކީ.

  9. ޑިމޮކްރަޓިސްޓް

    ކަލޯ މީކީ ހިދުކޮޅު ރައީސެއްނޫނޭ... ގަމާރާ.. ކަލޭ ފުރަތަމަ އަމިއްލަ ފެންވަރާދޭތެރޭ ވިސްނާލާ އިސްކޮޅަށްވުރެ މައްޗައް ގަދަބަސްނުނާއިރު..

  10. ލިޔޫސާ

    ޢަރަބި އަކުރުގެ "ޔާ" އޮތްތަނާ ދިވެހިއަކުރުގެ "މ" އޮތްތަނާ އިގިރޭސިއަކުރުގެ "އެން" އޮތްތން ނޭގުނަސް ރައްޔިތުންމަޖްލިހަށް ވަދެވިއްޖެދޯ؟ ތިޔައީ މިހާރު ފުޅަ! މީހެއްނޫން ތިޔާކީ އޯކޭ؟!

  11. ދޯކަލޯ

    ބަތްޕެން ބޮއެގެންވެސް.ވަގުނޫޓް ޖެހިދާނެ

  12. ދޯކަލޯ މޯހަން

    ބަތްޕެން ބޮއެގެންވެސް.ވަގުނޫޓް ޖެހިދާނެ

  13. ތެލުލި

    ކަލެއަށް ކިޔޭނުކިޔޭ އެގޭތަ ގަމާރާ ތިތިބީ އަތަށް ގޮވާފަ

  14. މާފުށި މާންބެ

    ބަހެއް ބުނާއިރު މީހާގެ ފެންވަރަށް ވިސްނާ މޮޔަފުޅު ވީތޯ ާއަންހެނުންގާތުން ބަތްޕެން ފޮދެއް ލިބުނުތޯ.

  15. އިހަވަންދޫ

    ބަތްޕެން ބޮއިގެން ވެއްޓުނީ މުހަންމާ. އަނގަ ނުތަޅާ މަޑުން ހުރެބަލަ. ކަލެއަށް ފިލުމު ކުޅެވުނަސް ސިޔާސީ ކަންކަމަށް ކަލޭއަކީ ވަރަށް އާ މީހެއް. ސިޔާސީ ގޮތުން ކޮން އުރަތްޕެއް ހުރި މީހެއްތަ މުހަންމާއަކީ. ތިމާގެ ފެންވަރު ތިމާއަށް އެނގޭބާ!!!

  16. އިހަވަންދޫ

    ބަތްޕެން ބޮއިގެން ވެއްޓުނީ މުހަންމާ. އަނގަ ނުތަޅާ މަޑުން ހުރެބަލަ. ކަލެއަށް ފިލުމު ކުޅެވުނަސް ސިޔާސީ ކަންކަމަށް ކަލޭއަކީ ވަރަށް އާ މީހެއް. ސިޔާސީ ގޮތުން ކޮން އުރަތްޕެއް ހުރި މީހެއްތަ މުހަންމާއަކީ. ތިމާގެ ފެންވަރު ތިމާއަށް އެނގޭބާ!!!..

  17. އަޒާ

    ބަތްޕެން ބޮއެގެން ކަޑަބޮއް ޖަހާބަލަ ކަލޯ.. ކަލޭ ހީވާކަހަލަދޯ ރޔ ގެ ވެރިން ތިހާ ފަސޭހައިން ވައްޓާ ލެވިދާނެކަމަށް.. މޮޔަވޭ..

  18. ފަލަކު

    ކަލޯ ވަގު ފައިސާ ބޭރުން ޖަހައިގެން ކުރީގަ ކަލެއްށް ދިވެހިން ހެއްދުނަސް ދެން ކަލެއަކަށް ދިވެހިން ނުހެއްލޭނެ
    ކަލޭ ތީ ދެ އަތާއި ދެފައި ބުރިކުރަން ޖެހޭ މީހެއް

  19. ދުމައިން

    ދެން ހަމަ ބަތްޕެންބޮއެބޮއެގެން ހަލަންވީ! ހެލިހެލިހެން ޗޫސް ރޫސްލާފަ ދާނެ! ޥެއްޓޭނީ ތޯ ވެރޭނީތޯ މިވެށް ދާދި އިހަކަށްދުވަހު ފިސާރި ހޫނުވި ބަހުސްއެ. މުހައްމާމެން ދެންމޮޅުވާހަކަ ނުދައްކާ. ތިޔަބުނާ ހެލުމެއްހެލި ، ހަލާލަ ހަލާލާ ރައްޔިތުންތިބެ ނަތީޖާ ޙާސިލުނުވެ ވަރުބަލިވެ ހަންގޮސް މޯޅިވެއްޖެ.

  20. މުހައްމަދު

    ބަތްޕެން ބޮއިގެން ކޯންޗެއްތަ ތަޅުވަންވީ! ބުނެދީބަލަ! ވާހަކަ ދައްކަން ނޭނގޭ ރުޑން ތިބެގެން އަނގަ އަރުވަނީ

  21. ޖަންބޯ

    ބަތްޕެން ބޮއިގެން ވަގުނޫޓު ބުރިފްކޭސް ކުޅެން

    ދިޔައްޔާމާރަނގަޅުވާނެ ތިދެންކާކު ސަރުކާރާ

    ކުޅެން.....ކަޑަބޮއް މުހައްމާ

  22. ޢައްބާސް

    ކަލޭ އެމްޑީޕީ ހަރުގެ ސަރަހައްދައް ވެއްޓިފައި އޮތީ މިރުސްލީ ބަތްޕެއް ބޮއެގެންނު؟ އަހަރެން ދުށިން ކަލޭ ދެލޯ ނުހުޅިވި އޮއްވާ ނެގި ފޮޓޯތަށް އެހުރީ މީސް މީޑިއާގައި.

  23. ޒާ

    ކަލޯ މުހައްމާ ކަލޭ ހީކުރީ ތިއީ ވަރަށް މީހެއްކަމަށްތަ؟ ކަލޭ ވަގުފައިސާ ޖެހީއޭކިޔާފައި ޖަލަށް ގޅ ލީ މިސަރުކާރަކުން ނޫނޭ،. އެއީ މައުމޫނުގެ ވެރިކަމުގައި ވީކަމެއް. އަމުދުން ކަލެއަށް ދެންނޭނގޭނެ މީހުންނަށް މަޖާވާކަށް ފިލްމެއް ކުޅެންވެސް ދެން. ޢިލްމާއި ޤާބިލްކަން ހުރިމީހުން ދައްކާވާހަކައިގާ ގޮތެއް ހުއްޓަސް ތިމާ އަށް ދެއްކޭ ވާހަކަ ނޭނގުނީމާ ލަދުނުގަންނަކަން.

  24. ޖަމާ

    ބަލަ ގަވާއިދުތައް ފާސްކޮށްދިނީ ތިހިރަ ހަޔާތްކުޑަ ވަގުނޫޓުޖެހި މީހާއޭ. ބަޔަކަށް އޮޅުވައިލާން ތިފާޑުގެ އުރަތްޕެއްނެތް ވާހަކަތައް ދައްކައިގެން ބަޔަކު ނުހެއްލޭނެ. ތިހިރީ ދެފުޅަށްމަތިން ފުންމާލާފަ. ތިންވަނަ ފުޅަށްމަތިން ދެންފުންމާލާއިރަށް އަނގަވަތަށްވެއްޓި ދަތްކޮޅުވެސް ބިންދައިގެންދާނެ ނިތްކުރިވެސް ފަޅައިގެންދާނެ. ތިވައްތަރަށް ތެޅިއަރުވާ މީހުން މިގައުމުގަ ގިނަކަމުންނޭ މިއުޅެނީ މިގައުމު ހަމަމަގަށް ނޭޅުވިގެން. ދެއިރު ދެދަޅަޔަށް ހެދުންބަދަލުކުރާ މައްކާރުންނޭތީ. ތިވާނީ ހަމަތިޔަށް ހަތްހުތެއްނޫން ސާދަހުތުގަ ކައްކާފަ ކަނޑުފައްތަންވީ ތިކަހަލަ ފުރޭތައިން

  25. ލަދުކުޑަމީހާ

    ކަލޯ މޮހައްމާމާމާމާ!!!! ކަޅޯ ކުޅީ ވަލަށް ދަމާލާ، ފަހަތުވަލަށް ދަމާޅާ!!!! ތިޔަހަރަ ހަލުވަނީނުން ބަތްޕެންބޮއެގެންހުރެ!!!! ހަލުވާހަލުވާ މީހާ ތިޔަހަރީ ކަށިފޮއްޗަކަށްވެފަ އަދިވެސް ތިޔަ ދުވަނީ ވެރިކަމާހެދި.....ތިއަށްވުރެން ތާހިރުވާނެ ައަމިއްލަ ރަށަށްގޮސް ރަށުގެ މީހުންގެ މެދުގައި ހޭލުންތެރިކަން އާލާ ކުރިއްޔާ!!!! އެވެރިންވެސް އެތިބީ ކަލޯހެން ދެބަންދިހަރުވެފަ.....ކީއްކުރާނީ ދޯ ކާރޓޫނު ފިލްމުކުޅޭ މީހަކަށް އެކްޝަން ފިލްމެއް ކުޅެންލިބުނީމާ ތިަޔަހަރީ ގަޔަށް ގރ ހެނޑިފޭ!!! ސަމްޕާފުޅާ ދޮން އާސަޔާ ފެނޭތޯ ދަގަ ރަށަށް..... އަދިވެސް ނުފޯރާފޮތިން ފޫގަޅަން ތެޅޭތި ހަންމާ ކަލޯ މުހައްމާ!!!!

    • މަ

      މާތްﷲ ހެއްދެވި އިންސާނެއް އެއީ
      އޭ ތިކަހަލަ މަލާމަތް ކުރާކަށް ނުވާނެ އެކަކަށްވެސް. ތިމާ ނުފެނިވާތީ ގިނަމީހުނަށް ފެންނަގޮތަށް ތި ކޮމެންޓު ކުރަނީ ފާފަ ވެރިވާނީ ތިބާނު. ފިލްމު ކުޅުމާ ވާހަކަ ހުންނަގޮތާ މިކަހަލަ ދީނުގާ މަނާ ކަންކަމަށް ތާއީދު ނުކުރާހާލު މިބުނީ ތިބާ ވެސް އެހެންމީހުންވެސް މަލާމާތް ނުކުރާށޭ ނަތީޖާ ހިތިވެދާނޭ.

  26. ހުސޭނުބޭ

    ކަރުކެހެލާފައި ޖަހާ ކުޅެއް ފަދައިން ގޮނޑިގެއްލުނީމާ ތިހުރީ ބުރާްންތިވެފައި!

  27. ހައްމާ

    ދެން ހާދަ ހަމަނުޖެހޭ ވާހަކަވެސް މިވެރިން އަދި ޚާއްސަ ކޮށް މިފަދަ މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅުން ދައްކައި އުޅޭ ދޯ...

  28. ސަލީމް

    މަށަށް ވަގުނޫޓް ނުޖެހިގެން މި އުޅެނީ ބަތްޕެން ބޯން ނޭގޭތީވެ. މުހައްމާ ބަތްޕެން ބޯންވީނު މަށަށް މިކަން ކާމިޔާބުވޭތޯ!

  29. ޖިންނި

    މިދެން ކާކު

  30. ޙގފޗބހ

    މިސްމީހުންނާމެދު ދޮގު މައުލޫމާތު ފެތުރުމަކީ އާދައިގެ ކަމެއް ކަމަށް ހީކުރި ނަމަވެސް އެއީ ކައްވަޅުގައިވެސް އަޒާބުލިބޭ ބޮޑުފާފައެއް:

  31. އަމީން އަލީ

    ކަލޭ ތި ހުރީ ރޝްވަތު ބަތްޕެން ބޮއެ ބަނޑު ފުރައި ގެން އިދިކޮޅޭމެންނާ ގުޅިފަ.ބަނޑު ފަޅައިގެން ދިޔަތަ.ކަލެއަށް އެގޭނީ ފާޑު ފާޑު ގެ ޑުރާމާ ކުޅެން. ޖޯކަރު މޭން.

  32. ނުރަބޯ

    ފިލްމުތަކުގައި ފީކަޅާބައި ކުޅެން އުޅެފައި ވަގުފައިސާ ޖަހައިގެން ކުށްވެރިވި މީހެއް ސިޔާސީ ވާހަކަ ދައްކާތީ ޢަޖައިބުވޭ. މިސަރުކާރު ގާނޫނީ އިމުގެބޭރުން ވަށްޓާލަން ބާޣީން ކުރިމަސައްކަތް ލިސްޓެއް ގައި ލިޔެލިޔަސް ތިޔައީ ދޮގެއް ކަން އެނގޭނެ. މިސަރުކާރު އޭގެ މިސްރާބުން ކައްސާނުލާ މާތްﷲގެ ވާގިފުޅާއެކު ކުރިޔަށްދަނީ އިދިކޮޅު ބާޣީންގެ ޙަމަލާތަށް ބަލިކުރަމުން އަދި އެމީހުންގެ ރޭވުންތަށް ނާކާމިޔާބު ކުރަމުންނެވެ. އަދި ރައްޔިތުން ނަށް ގެނެސްދެމުންދާ ތަރައްގީގެ ފިޔަވަޅުތަކަށް ހުއްޓުމެއް ވެސް ނެތިއެވެ.