ށ. ނަރުދޫގައި އަޅާ އިންޖީނުގެ އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ފެނަކައިގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުއެެވެ.

ނަރުދޫގައި އަޅާ އައު އިންޖީނުގެ އިމާރާތް ކުރުމަށް ބަޔަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ފެނަކަ

އެރަށުގައި އަޅާ އިންޖީނުގެ އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ، ސީސައިޑް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ތިން މަސް ދުވަހަށެވެ. ތިން މަސް ދުވަސް ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހެއެވެ.

މި މަޝްރޫއުގެ އަގަކީ 5،111،111.05 ރުފިޔާއެވެ.

މިއީ މި ސަރުކާރުން އަޅަން ހަވާލު ކުރި 18 ވަނަ އިންޖީނު ގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެޖެންޑާ ނަވާރަ

  3 މަސް ތެރޭގަ ނިންމާ ހަވާލެއް ނުކުރެވޭނެ

  • ސަރީފް

   ނިންމާލެވޭނެ ނޫންތޯ ޕުރީފެބް އިމާރާތެއް ބިޑު ކުރުމުގެ ކުރީން އޯޑަރުކޮއްފަ އޮތިއްޔާ. ހަމަ އެކަނި ބުޑުތައް ހަދާލާފަ ބަހައްޓާލީމަ ނިމުނީ.

   2
   1
 2. އެޖެންޑާ ނަވާރަ

  ޔާމިނުގެ ބޯއިސްއާ މިހަވާލުކުރީ،

  3
  1
 3. ޞައްދާމު

  ޕްރީ ފެބް ތަނެއްނޫން! މުއްދަތަކަށް ނުނިމޭނޭ! ތިޔަ އަގަކަށް ވެސް ތިޔަ މަސައްކަތެއް ނުކުރެވޭނެ!