ދިވެހި ގިނަ ރައްޔިތުންތަކެއްގެ "ހަރޓް" ހަލާކުވަމުންދާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިސްލިސް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ރިޓްވީޓުކޮށް، ލިޔެފައިވާ ޕޯސްޓެއްގައި މުސްތަފާ ވިދާޅުވީ ގިނަ ރައްޔިތުންނެއްގެ ހިތް ނެތް ކަމަށެވެ. އަދި އެ ރައްޔިތުންގެ ހިތް ހަލާކުވެ، ފަރުވާއެއް ނެތް ބަޔަކަށް ވަމުން ކަމަށެވެ. އަދި ކަންކަން ދަނީ ދުވަހަކުވެސް ހީނުކުރާ ގޮތަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަހަރެމެން ވަރަށް ފޮނި އުއްމީދުތަކާއެކު އެގަސް އިންްދީ. މޭވާ އަޅާ ފުރުނުފަހުން ގަސް މުލުން އުފުރާލާ ވަގަށް ގެންގޮއްސި. ސޯލިހުބެ ބުނީ ބަލަ ކިތަންމެ ސޯލިހަސް މަ އެކަންޏެއް ނޫނޭ. މޭވާ އާއެކު ގަސް ވަގަށް ނެގީ. ބަލަ މަމީވެސް އެމީހުންގެ އެޖެންޓެކޭ. އޭ ސަހަރޯ،" ނުސީދާކޮށް ސަރުކާރަށް ފާޑުވިދާޅުވެ މުސްތަފާ ކުރެއްވި އެހެން ޓްވީޓެއްގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީނާ

    އަޞްލު ، މުޞްޠަފާއަށް މިހާރު އެ ވިސްނެންފެށީ! މުޞަޠަފާ އެ ބުނީ ޔާމީންގެ ޒަޢާމަތުގައި މުޅި ރާއްޖެ ހެސްކިޔާފަ ހުރިހާ ރޮގަކުން ކުރިއަރާފައޮއްވާ ތިމަންވެސް ބައިވެރިވެގެން އެ ތަރައްޤީ ފުނޑާލި ވާހަކަ! މިއަދު އެކަމުގެ ހިތާމަ ގިނަ ރައްޔިތުން ކުރާ ވާހަކަ!

    60
    1
  2. ދޮންކަމަނަ

    ތިވާނީ ލާރިގަނޑެތް ދިނީ ކަމަށް ކޮންބައެތްތި އަމިއްލަ އެދުމުންފޯވެފަ ދުވަސް ކޮޅަކުން އިވޭނީ ޕާޓީބަދަލުކުރިއަޑު ތޯޗެ

    6
    6
  3. Anonymous

    ހާރޓް ފެއިލްވަންޏާ ވާންވީ، ގައުމު ބަނގުރޫޓުވެ ރައްޔިތުން ބަނޑަށްޖެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދަނީ، ކޮންމެ މަސްދޯންޏަކަށް 14 ޓަނުމަސްކިރާ ފައިސާގެ އަމްދަނީ ހޯދަމުންއައި މަސްވެރިންނަށް މިސަރުކާރު އައިފަހުން 2ޓަނަށްވުރެ އިތުރަށް މަސް ނުކިރެވޭ، އިތުރަށް ބާނާފައިވާ އެތައް ޓަނެއްގެމަސްތައް ކަނޑަށް އަޅާލާއިރު ލޮލުންއޮހޭ ލޭކަރުނައާއިއެކު ހިތްފަޅާއިގެންދަނީ، އަމްދަނީހޯދަން ނިކަމެތި ރައްޔިތުންކުރާ ބުރަމަސައްކަތުގެ ނަތީޖާއަކީ މިއީ، ކެމްޕެއިންތެރޭގަ ރައީސު އިބޫ މަސްވެރިންނަށް ވަޢުދުވީ ބަނާހާމަސްތައް ގަންނާނެކަމަށް. ???

    12
  4. ކޭކުލި

    މުސްތޮފާ އެބުނީ ތެދަކަށް ވެދާނެ އެއީ

    މެމްބަރު ކަމަށް ނުހޮވުނު ހިތާ
    ދަގަނޑު ބޯދު ގެ ހިތް
    މި ދެ ހިތް ވަނީ ހަލާކުވެފައި

    3
    1