ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިދާރާގެ އެގްޒެކްޓިވް މަގާމެއްގައި ހުންނެވި ބޭފުޅަކު މިއަދު މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމްސް އިން ނުދެއްވި ނަމަވެސް އެނގިފައިވާގޮތުގައި ވަޒީފާ އިން ވަކިކުރީ ކަސްޓަމްސްގެ ޕްރޮސީޖާގެ ތެރެއިން ވަކި ބަޔަކަށް ފާއިދާ ހޯދާ ދޭން އުޅުނު އިސް މުވައްޒަފެކެވެ.

ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލައެއް ފެންމަތިވުމުން ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށް ތަހުގީގު ފަށާފައިވާ ކަމަށް ކުރިން ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއަދު ވަކިކުރި މީހަކީ އެމައްސަލަ އާއި ގުޅިގެން ވަކިކުރި މީހެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޭއަލީ

    ކޯޓާ ވިއްކައިގެން ބޮޑެތި ޢަދަދުން ފައިސާ ނެތި މީހުން އަދިވެސް އިމިގްރޭޝަންގެ ވަޒީފާގައި އެބަތިބި. މިހާރު ތިބީ އެކި ސެކްޝަންތަކަށް ބަހާލާފައި. ކޮން އިރަކުން އެމީހުން ވަކިކުރަނީ؟

  2. ފުއާދު

    ތިވީ ހުދަން ބަރު މާވަހަރެއް ހޮވުން ކަހަލަ ކަމެއް،،ވަރައް ނުވާ ކަމެއް ކަސްޓަމް އިސްމީހަކު ކަމެއް ކޮއްގެން ވަޒީފާއިން ވަކިކުރުން..އެހެން އެކަން ކުރިނަމަ . ޑައިނަމޯ ނުހުޅުވާނެ ކަސްޓަމް ގެ އޭރުދެވެރިންވެގެން

  3. މިލާ

    ވަރައް އުފާވެރި ހަބަރެއް ފުރަތަމަ ފަހަރުހެން ހީވަނީ ކަސްޓަމް އިން ތިކަހަލަ ކަމެއް ކުރި..އެހެން ނޫނީ އަބަދުވެސް ސެކުސަން ބަދަލް ކުރާނި. ސެކުސަްނ ބަދަލް ކޮއްފަ ޕުރޮމޯސަން ދޭނީ

  4. ހުލޮ

    ތީގެ މީހުން ވަރައް ގިނަވާނެ.ކޮނު ކޮނުހެން ފަސްގިނަވާނީ..

  5. ކޮކާ

    ތިހެން ވަގައް އެއްޗެހި އެތެރެ ކޮއް މާލެ ފުރިފަ، ގައިމު އިމްޕޯޓް ޑިއުޓީ ނަގަޔޯ، އެލާރި ފެއްނާކައްނޯވޭ!! ގައިމު މާލޭގެ ފުރިފަހުރި ކާނުގަނޑުތައް ސާފު ކުރާނަމަވެސް އެކަމުން ކުރެވޭ ކަމެއްދެއްކެން އޮނާނެ!!