މާލޭގައި ބިދޭސީއަކު ރަހީނުކޮށްފިއެވެ. ރަހީނުކޮށްފައި ވަނީ ބަންގްލަދޭޝް މީހެކެވެ.

ފުލުނުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، މިދިޔަ ހޮނިހިރު ދުވަހު މެންދުރު 14:46 އެހާކަށްހާއިރު އެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

ފުލުހުންނަށް އޭނާ ނުހޯދެނީސް އިއްޔެ އޭނާ ވަނީ ރަހީނުކުރި މީހުންގެ ކިބައިން އަމިއްލަ އަށް ސަލާމަތް ވެފައެވެ.

"އޭނާ ރަހީނުކުރި މީހުންގެ ކިބައިން ސަލަމާތްވެ، އެ މީހުންނަށް ފިލައިގެން އަމިއްލަ އަށް ފުލުސް އޮފީހަށް އައިސް އެކަން ހިނގާފައިވާ ގޮތް އިތުރަށް ވަނީ ތަފްސީލުކޮށްދީފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޒާމު

    ޜަނގަޅު އަބަދުވެސް ރައްޔިތުން އަމިއްލަ އައްކަންކަން ކުރާނީ ހުރިހާކަމެއް ނިމުނީމާ މެދެލް ޖަހަން މި ޕޮލިހުންތިބޭނީ...އަންނާނީވެސް މަގައްނުފެރޭވަރުގެ ބޮޑު ވެކަލެއްގައި..މީ ބޮޑު މައްސަލައެއް..

    15
    2
  2. އެމްޑީ ހޮސެން

    ކިހިނެތް އިނގެނީ ބަންގުލަދޭޝް މީހެއްކަން ؟ އެމްބަސީން އެއްބަހެއް ނުވާނެ! ދެވަނަ ފުރުސަތުގެ ދަށުން ދިވެއްސަކަށް ހަދާފަ ނެތްތަ ގުނބޯ ސަރުކާރުން! ރަނގަޅަށް ބަލާދީބަލަ!