ސަރުކާރު ކޯލީޝާންގައި ޖުމްހޫރީ ޕާޓީ ބޭއްވުމާމެދު، އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލަފާ އަރުވަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ޖުމްހޫރީ ޕާޓީ އަށް އިންޒާރު ދެއްވައިފިއެވެ.
ޓެރަރިޒަމް މަނާ ކުރުމާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް މިއަދު މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ހުސެއިން ވިދާޅުވީ ތަފާތު ޕާޓީތަކާއި އެކު ކޯލިޝަން ހަދައިގެން މިސަރުކާރު އޮތް އިރު މިސަރުކާރާއި ރައީސް ޞާލިހަށް ކަންކަން ނުވާކަމަށް ދައްކަން އެއްވެސް ވުޒާރައަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
ގާސިމްގެ ނަން ވިދާޅުނުވެ ނަމަވެސް ގާސިމަށް އިޝާރާތް ކުރައްވާ ހުސެއިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޞާލިހް ޖައްސަން އެހެން ޕާޓީތަކުގެ ވެރިން ކުރަމުންދާ މަސައްކަތް މިހާރު މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
"19 މެންބަރުން ތިއްބާ ދީފައި އޮތް ހިއްސާ ހަތަރު ފަސް މެންބަރުންނަށް ވީމާ އިތުރު ވިސްނުމަކަށް ދިއުމަށް ރައީސް އަށް ލަފާ އަރުވަން ޖެހިދާނެ." ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ޕޯޑިއަމެއް ހުރި ޕާޓީއަކަށް ވުރެ މާގިނަ އެއްޗެހި އެމްޑީޕީ އަށް ގޮވިދާނެއެވެ.
"އެހެންކަމުން އަޅުގަނޑު ދަންނަވަން ބޭނުން ވަނީ އިމުގައި ތިއްބަވާށޭ." ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯލިޝަންގެ ހިއްސާ ބަހާފައި އޮތް ގޮތުން "އަޅުގަނޑުމެން މިތިބީ ހިތްހަމަޖެހިގެންނެއް ނޫން" ކަމަށެވެ.
ޓެރަރިޒަމްގެ ޤާނޫނަށް ގެންނަން ބަދަލުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް ހުސެއިން ވިދާޅުވީ ސަރުކާރަށް ފުރަތަމަ އިތުބާރު އެބައޮތް ކަމަށާއި މިބިލްގެ ސަބަބުން ސަރުކާރަށް ނާޖާއިޒް ފައިދާއެއް ނުނެގޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ލިބިދޭ ބާރުތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަލޭ ހިތްހަމަ ޖެހޭކަށް ނުޖެހޭ ކޯލިޝަން އަށް ބައިއެޅިގޮތާމެދު ރައްޔiތުން vެރިކަންދިނީ ކޯލިޝަންއަށް
ބުއްލަބޭގެ ބޭނުމަކީވެސް ގާސިމް ބޭރުކުރަން، ހައިޖާން އުފައްދަން! 5 އަހަރުވަންދެން މަޑުކުރާކަށްވެސް ބޭނުމެއްނުވޭ. އެޖެންޑަގަ އޮތަގޮތަށް ބޮޑުވަޒީރުކަން ނުވާނެކަން އެބަ އެނގޭ 70 މެމްބަރުންތިއްބަސް!
ވެރިކަން ލިބުމަށްފަހު ޤާސިމް ބޭރުކުރުމުގެ މަސައްކަތް އޮތީ ފެށިފައި، ކަލޭމެން ޤާސިމް ބޭރުކޮށްލާނެ
ޢެއީ އެންމެންވެސް ހަދާގޮތް ނޫންތޯ ވެރި ކަން ހޯދަންއުޅޭ ގާސިމް ފައިގަ ދޫލާނެ ލިބުނީމަ ބޭރުކުރާނެ ލަދު ހަޔާތް ކުޑަކަން ވެރިަކަން ހޯދަ ދޭން ތިޔަ ހުސޭނަކު ކުރިކަމެއް ބުނެބަލަ
ކޯލިޝަނުން ޖޭ.ޕީ ވަކި ކުރުމުގެ ޚިޔާލަކީ އެމް.ޑީ.ޕީ ކުދިން މިއަދު އަލަށް ދައްކަންފެށި ވާހަކައެއްނޫން. ރިޔާސީ އިންތިޚާބާ މަޖްލިސް އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ދައްކަމުންދާ ވާހަކައެއް ދޭތެރެދޭތެރެއިން ހިއްލާލަނީ. މިކަމުގެ މުލުގައި ހުރީވެސް ހަމަ ނަޝީދު.
ކޯލިޝަން ހަދަން ޖެހުނީ ކީއްވެކަން މިމީހުންނަށް ނޭގެނީ. ބަލަ ރިޔާސީ އިންތިޚާބަށް އެމް.ޑީ.ޕީ އިން ޚަރަދުކުރަން ކަޑައެޅި ފައިސާ ނަޝީދަށް މޮޅު ހޯދަން ނަޝީދު ހިފެހެއްޓުވީމާ އިބޫމެންވެސް ގޮތަކަށް އުޅެން މަޖުބޫރު ވާނެތާ..!!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސްކުރޭ!!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސްކުރޭ!!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސްކުރޭ!!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސް ކުރޭ!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސް ކުރޭ!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސް ކުރޭ!!!
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސް ކުރޭ!!!
މިހާރުވެސް މާލަސް 1.5 އަހަރު ވުމުގެކުރިން ވޭތޯ ބަލާތި
ތިކަން އަވަސް ކުރޭ ހެޔޮނުވާނެ އަވަސް ކުރޭ!!!
100 މެމްބަރުން ތިއްބަސް ބޮޑުވަޒީރުކަން ކުރުމުގެ ފުރުސަތެއް ނެތް، އަދި ބުއްޅަބެއައް ވެރިކަމަށް އާދެވޭނެ ގޮތެއްވެސް ދެނެއް ނެތް... ޤާސިމު ބޭރުކޮއްލިޔަސް ވެރިކަމާ 100 ފޫޓައްވެސް ކައިރިއެއް ނުވެވޭނެ...
ހަހަހަހަހަ 109ގެ ވާހަކައެއް. އިނގިރޭސިން ގާތަށް ގޮސްގެން ފާޑޑުފާޑު ވާހަކަ ދައްކުވަނީ ބަޣާވާތެއް ގެންނަން ވެގެން. ނައްތާލަންޖެހޭ ހަރުފަ ނައްތާލުމަކުން ފާފައެއް ނުވާނެ.
މީނަ މީ ކާކޯ ބިރުދައްކަން؟ ސަރުކާރު ބެހީކީ 19 މެމްބަރުންނަޑް ބަލާފައެއް ނޫން، އެއްބަސްވުމާ އެއްގޮތަށް.
ބަލައަނދުނޭ ކަލެޔައް އެބައެނގޭތަ ރައްޔިތުންވޯޓްދިނީ އަނދުންއަޅައިގެންތިބޭކައްނޫނޭ އެހެންނޫނަސް ކަލޭނިސްބަތްވާސަރުކާރަކީ އެއްވެސްކަމެއްކުރެވޭސަރުކާރެއްނޫން 32ބިލިއަނުގެބަޖެޓެއް އަނހަރުނުވަނީސް ހުސްކޮއްލުންފިޔަވައި
މީ ވ ފެންމަތިވެގެންއުޅޭ މީހެއް ކިހާވަރަކުން ދާނެބާ؟
އބަދު ވެސް ހުސޭނު އުޅޭނީ އޭނައަށް ލިބޭ ބައި މަދުވެގެން
އަދުން ހުސޭނު އެއީ މަޖުލީސް ރައީސްގެ ޕަޕެޓެއް. ރައީސް ސޯލިހުއަށް ދެނެއް ގާސިމްގެ މަޅިއަކުން ސަލާމަތެއް ނުވެވޭނެ.
ކަލޭ ބޯގަޅި ވާހަކަ ނުދައްކާ. ލަފާ އަރުވަބަލަ. އެއްމެ ދުވަހަކުވެސް ވެރިކަމުގައި ކެތްކޮށްލެވޭތޯ ބަލާނަން.
ހަމަ ބޭރުކުރީ، ވެއްޓުނީ.
ޖޭޕީގެ ސަބަބުން ކަރަންޓާ އިންޓަނެޓް އަގުެޔޮ ނުވަނީ. ސްޓެލްކޯގަ ހުރީ ދުވާލަކު 2 ގަޑި އިރު (12 އިން 2) އަށް މަސައްކަތްކުރާ ސއއޯ އެއް. ޓެކްނޮލޮޖީ މިނިސްޓްރީގައި ހުރީ ގާބިލްނޫން މިނިސްޓަރެއް
މިސަރުކާރުން ކަންކަން ވާނީ ޖޭޕީ ކޯލިޝަނުން ވަކިކުރުމުން. އެމީހުނަށް ދީފަ އެހުރި ސްލޮޓްތައް ނަގާ މޑޕ މީހުން ލާންވީ. އޭރަށް ތަރައްގީއަށް މަގުފަހިވާނީ.
ހުރިހާވެސް ފަންޏަކީ ތި ކޯލިޝަން. ތިއުވާލުމުން މިސަރުކާރު ހިނގަން ފަށާފާނެ.
ގާސިމް ހުރިހާ ޚަރަދެއް މިކުރަނީ 2023 އަށް. ލާހިކެއްނޫން ތިކަނ1 ވާކަށް. ސައްޕެއްޖަހާ ބޭރުކޮށްލާނަނ1. ނުކިޔަވާހުރި ޖާހިލެއް.
ދޭތެރެއެކޭ މެދެކޭ ކިޔާނެ ކަމެއް ނެތް. ގިނައީ ސޯލިހްގެ މެންބަރުން. ބުއްޅަބެއާއެކު ތިބީ ކަލޭ ކަހަލަ ހައެއްކަ ބުރާންތިން. ހަދަން އުޅޭ އެއްޗެއް ނެހެދޭނެ. ހަނދާން ނައްތާލާ. އަޅެ ދެރަވޭ.
ސާލިހު އާއި ނަސީދު ޖައްސަން ބަޔަކު މަސައްކަތެއްނުކުރޭ ތިޔައީ އޮޅުމެއް.. ޖެހޭނަމަ ޖެހެނީ ނަސީދު ހައިސިއްޔަތު ނެތް ހިސާބަށް ވަންނަވަން އުޅުއްވުމާ ވިދާޅުވާން ނުޖެހޭހިސާބަށް ވާހަކަތައް ގެންދެވުމާ ރައީސަކީ ނަސީދުކަން ނުވަތަ ސާލިހުކަން އާއްމުނަށް އޮޅޭ ހިސާބަށް ނަސީދު ކަންކަން ގެންދަވާތީ . މިކަން އިސްލާހު ކުރެއްވުމުން އޮޅުންނާރާނެ.
އިންޒާރުނުދެއްވާ އިންޒާރުދެއްވުމަކުންކުރާނެ ފައިދާއެއްނޯންނާނެ ވާނީ ގެއްލުން ހީވެލައްވަނީތޯ
ޖޭޕީ ކޯލީޝަންގައި ބާއްވާނަމަ ނަޝީދަށްބޮޑުވަޒީރުކަމަށްނާދެވޭނެކަމަށް އެއީ ޖޭޕީ ކޯލީޝަންގައި
ނުބޭއްވިއަސް