ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުތައް ފާސްކުރަން މިއަދުގެ ޖަލްސާގައި 52 މެންބަރު ވޯޓް ދެއްވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި ބައެއް އިސްލާހުތަކަށް ބަދަލުތައް ގެނައި ނަމަވެސް މައިގަނޑު ގޮތެއްގައި އިސްލާހުތައް ފާސްކޮށްފައި ވަނީ ސަރުކާރުން ބޭނުންވި ގޮތަށެވެ.

އިސްލާހުތައް ހުށަހެޅިއިރު މީހަކު ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ކަމަށް އޮތް މާއްދާ ވަނީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހޭ ގޮތައް ބަދަލު ކޮށްފައެވެ.

ނަމަވެސް ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭ ގޮތައް އޮތް ބަޔަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މިއިސްލާހުތައް ރައީސް ތަސްދީގު ކުރެއްވުމާއި އެކު ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެއެވެ.

މިއަދު ފާސްކުރި ޓެރަރިޒަމް މަނާ ކުރާ ބިލްގައި ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިބިލްގައި ވަނީ ޓެރަރިޒަމްގެ މާނަ އިތުރަށް ފުޅާކޮށްފައވެެ. މިހާރު ބިލްގައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.

އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ވެސް ބިލްގައިވާ ގޮތުން ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށްތަކެއް ކަމަށް ވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަޙްމަދު

    މިއުޅެނީ ދީނީ ޢިލްވެރިން ހައްޔަރުކޮށް ދީނީ މިނިވަންކަމަށް ގޮވާލާމީހުންނަށް އަމާން މަގެއް ހޯދާދޭންވެގެން.

    34
  2. އިމާމް

    ހެއްހެއް ހިވޭކަމެއްހެން އަދިވެސް ކާފަރުންނަށް ވޯޓްދީގެން ގައުމޭ ޖަޒީރައޭ ޝުކުރުގެ ސަޖިދައޭ ކިޔަމާބަހީ..މުނާފިގުންގެ މާނަ އަކީ ނޯ ޓްރަސްޓް..

    25
  3. Anonymous

    ތީ ސަރުކާރާ ދެކޮޅު ދީނީ ޢިލްމުވެރިން ހިފައި ހައްޔަރުކުރަން ހަދާފައޮތް ބިލެއް.

    31
    2
  4. ޅަރަ

    ދިވެހި ރާއްޖޭގަ އިސްލާމުން ނައް އުޅެން އުދަގޫ ކުރުމުގެ ފެށުން. މޑޕ އައް ވޯޓުލީއެންމެން ޒިންމާ ނަގަންޖެހޭނެ.

    32
    2
    • ކޮބާ

      މިލިޔުން ކިޔާ ކިޔާ ނުފެނުނު އިސްލާމް ދީނޭ ނޫނީ ދީނީއިލްމުވެރިންނޭ އޮތްތަނެއް. މުޅިން ޓެރަރިސްޓުން ހިފާ ހައްޔަރުކުރާ ވާހަކަ މީގެން މިދޭހަވީ. ކީއްވެބާ ތިބޭފުޅާއަށް މިއީ އިސްލާމުންނާ ގުޅުމެއްވާ ކަމަށް ދޭހަވީ؟ ޓެރަރިސްޓުންނާ ދީނީ އިލްމުވެރިންނާ ގުޅުމެއް ވަނީތޯ؟ ނޭނގޭތީ އަހާލީ.

      2
      24
      • ޖަޒީރާމަނިކު

        ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ޑިމޮކްރަސީގައި ތިމާ ހިތްހަމަނުޖެހޭ މީހަކީ ޓެރަރިސްޓެއް. މިރާޢްޖޭގައިވެސް ތައާރަފް ކުރަމުން މިދަނީ އެޑިމޮކްރަސީ. ޖުމްލަކޮށް ބުނާނަމަ ޓެރަރިސްޓަކީ ސަރުކާރަށް ޓެރަރިސްޓެއްކަމުގައި ފެންނަ ކޮންމެމީހެއް. ދިވެހިރާއްޖޭގައި މިހާރުމިއޮތް ސަރުކާރުން އެންމެ ބިރުގަންނަނީ އިލްމުވެރިންދެކެ.

      • ސުވާލު

        ޓެރަރިސްޓުންނޭ އެބުނާ ބަހުގެ މާނައަކީ ކޮބާ؟ މިހާރު ބިލްގައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. މިސާލަކަށް ސަރުކާރުން ދީނާ ޚިލާފުކަންތައްތަކެއް ފަތުރާއިރު އިލްމުވެރިން އެކަމަށް ދެކޮޅުހަދާ އެކަންހުއްޓާލުމަށް ސަރުކާރަށް ޕުރެޝަރުކުރާނަމަ އެބަޔަކުގެ ބޮލުގައި ޓެރަރިސްޓުންގެ ލަގަބު އަޅުވާފައި ހައްޔަރުކުރާނެތަ؟

  5. ރަސީދު

    ވަ ޓަނައީސް ޑިމޮކުރަސީ

    17
  6. Anonymous

    ތި އިސްލާހުތައް ފާސްކޮށް ތަސްދީގު ކުރުމަކީ މިސަރުކާރަށް ހެދޭ ވަރަށް ބޮޑު ގޯހެއް.

    17
  7. ސަހީ

    ކަލޭ މެނަށް ރަނގަޅު ގޮތެއް އޮވޭތަ ? ކަމެއް ނުކޮށް ތިއްބަސް ބުނާނެ އަަޅާ ނުލައޭ

    3
    18
  8. ސައި

    ކޮބައިތަ ކުރިން ޓެއަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރީމާ އެކަމާ ހާޅޭއްލެވި މީހުން މިހާރު ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރިއަސް ކުށް ވެރިވޭ އަދި މިހާރު އެ އޮތީ ފުޅާކޮށްފައި އޭރު ގޮވި އަހަރެމެން ތިޔަ ގާނޫނު އިސްލާހު ކުރާނަމޭ ދައުވާ ތިޔަ ގޮތަށް ނުކުރެވޭނެއޭ ކޮބައިތަ ޓްރާންސް ޕޭރަންސީ މޯލްޑިވްސް ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާ މާއްދާ ގަެ ދިފާއުގައި ނުތެދުވާނަންތޯ އަޑެއް ބަޑެއް ނީވޭ .... އިންފޮވޭޝަން ކޮމިޝަރަކު އައްޔަނު ނުކުރާ މައްސާލައި ގައި ވެސް ހިއުމަން ރައިޓްސް ގެއްލިދާތީ އެކަމާ ކޮންބޮޑު ވާ މީހަކު ނެތް ....ގާނޫނީ ހުސްކަމޭ ގޮވި މީހުން ކޮބައިތޯ.... މަޖިލީހުގެ ރައީސް ގަސްދުގައިމަގާމު ތަކަށް މީހުން އިސްނުކޮށް ގާނުނާ ޚިލާފު ވަނީ ކޮބައިތަ މީކާއީލް ބޮޑު އަނގަ ހަސަންޓޭ... ބޮޑު ... އަނގަ ރޮޒައިނާ ބޮޑު އަނގަ ކޮބައިތާ ރާއްޖެ ޓީވީ ކޮބައިތަ މިހާެރު ނޫސް މިކަހަލަ ވާހަކަ އެއް ޖަހާލާކަށް ބުނެލާކަށް ނުކުރޭ ކޮބައިތަ މިނިވަން ރޭޑިއޯ

    19
  9. މަ

    ސަހީ
    ތިބުނީވަރަށްބޮޑު
    ތެދެތް

    6
    1
  10. ކަނަމަނަ

    ޓެރެރިޒަން ބިލައް ވޯޓްދިންމީހުން ފަހުން ހިތާމަކުރާނެ

  11. Anonymous

    "މިބިލްގައި ވަނީ ޓެރަރިޒަމްގެ މާނަ އިތުރަށް ފުޅާކޮށްފައވެެ. މިހާރު ބިލްގައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ." ސިޔާސީބިލެއް

  12. ރާއްޖޭގެ ހާލަތު

    ޓެރަރިޒަމެއް އެހެންޒަމެއް ކިޔާނެ ކަމެއްނެތް މިހާރު މިވަނީ ތިބޭފުޅުންގެ ތެރެއިން ގިނަބޭފުޅުން ބޭނުންވި ގޮތް.ދެން މިހެން ކުދިކިޔާލަކިޔާލަ ތިބުން ނޫންކަމެއް ނެތް.