ސިނަމާލެ ބްރިޖް މެދުވެރިކޮށް، މާލެ - ހުޅުލެ - ހުޅުމާލޭގެ ކަރަންޓުގެ ނެޓުވޯކު އެއް ވިއުގައަކުން ގުޅާލުމަށް މާލޭގައި ބަހައްޓާ ޓްރާންސްފޯމަރުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ކުރިއަށްދަނީ ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ ކޮންކްރިޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ހުޅުމާލޭގައި އަޅާ ޓްރާންސްފޯމަރު ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަަމަށެވެ.

ކަރަންޓުގެ އެއް ނެޓުވޯކަކުން މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ގުޅާލުމުގެ ޕްލޭން ހަދައި އެމަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

މުޣުނީ ވިދާޅުވި ގޮތުގައި ޓްރާންސްފޯމަރުތައް ބޭނުންކުރަނީ ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް ގެ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައެވެ. އަދި މާލޭގައި ބަހައްޓާ ޓްރާންސްފޯމާ ސްޓޭޝަންގައި 50 މެގަވޯޓުގެ ދެ ޓްރާންސްފޯމާސް ބަހައްޓާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ތިޔައީ ޔާމީނުގެ އިރު ފަށާފައިވާ މަސައްކަތެއްގެ ނިމުން.

  2. ލޯބިވާ ވަޠަން

    ޝުކުރީއްޔާ ތަރައްގީގެ ބާނީ ރ.ޔާމީން. ކަންކަން ކުރެވޭނީ އެކަންކަމުގެ ވިސްނުމައި ޚިޔާލަތު ވެސް ހުރެގެން. މިހާރު ތިއްބެވި ބޭފުޅުންގެ އެފަދަ އެއްވެސް ކަމެއްނެތް. 32 ބިލިއަން ދިޔައީ ވަޔަށް.

  3. ހުޅުމާލެ

    ހުޅުމާލޭގައި މިވަރު ބޮޑު އިންޖީނުގެއެއް އެޅުމުގެ ވިސްނުން އައީ ވިޝަނަރީ ލީޑަރަކު ގައުމުގައި ފަސް އަހަރު ވެރިކަންކުރީތީ އެކަމުގެ ފައިދާ މިއަދު މިފެންނަނީ މިއަދު އެއިންޖީނުގެ ނެއްނަމަ މާލެއާއި ހުޅުމާޅެއަށް އިތުރުވާ އިމާރަތް ތަކަށް ކަރަންޓް ފޯރުކޮށެއް ނުދެވުނީސް އަދި މާޅެއިން ކަރަންޓް ކެނޑުމުން ވަގުތުން ޚިދުމަތެއް ނުދެވޭނެ އަދި ފެނުގެ ޚިދުމަތް ދިނުމަށް ހޮޅިވެސް އެވަނީ ބޮޑުބަޔެއް ގައި އަޅާފައި 2014 ގައި ދިމާވިހެން ފެނުގެ ޚިދުމަތް ކެނޑިގެން އަންނަ ކާރިސާ ތަކުގައި ވަގުން ފެން ވެސް ފޯރު ކޮށްދެވޭނެ ދުރު މުސްތަގުބަލަށް ވިސްނާ މީހުން ބޭނުން ވަނީ ޖަޒީރާ ދިރިއުޅުމުން ތަރައްގީ އެއް ނުގެނެވޭނެ.. ގައުމު ދާނީ ފަހަތަށް...... މުގުނީ އަށް ވެސް ޖެހުނީ އަލުން އިންޖީނުގެއެއް އަޅަން ސަރުކާޜުގައި އާދޭސްކުރަން.... އޭރު އޮންނާނީ ވާނެ ހަތަރެެތި ވެފައި