އައްޑޫގެ ބޭރުގައި އޮތް ދޯންޏަކަށް އެމްއެންޑީއެޕް އިން އެހީވަން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ބޭރުން 80 ނޯޓިކަލް މޭލު ދުރުގައި އޮތް ދޯންޏަކަށް ސިފައިން އެހީތެރިވުމުގެ ފަށާފައިވާއިރު ސިފައިން މިދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ފެށީ މި ދޯނީގެ ފްރެޝްވޯޓަ ޕަމްޕްގެ ބެލްޓެއް ކަނޑައިގެން ދިއުމުން ސިފައިންގެ އެހީތެރިކަމަށް ދޯނީގެ ވެރިފަރާތުން އެދުމުންނެވެ.

ގދ ތިނަދޫ "ދީނާރު" ނަމަކަށް ކިޔާ ދޯންޏަށް ދިމާވެގެން އުޅޭ މައްސަލަ ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:30 ގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގެ ވެރިފަރާތުން ފޯރުކޮށްދިން ފްރެޝްވޯޓަ ޕަންޕެއް ހިފައިގެން ކޯސްޓްގާޑްގެ އުޅަނދެއް ދީނާރު ދޯނި ކައިރިއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު