ރައީސް އަބްދުﷲ ޔާމީން މި ޤައުމުގައި އިންތިހާބެއް ނުބާއްވާނެ ކަމަށާއި ދައުރު ހަމަވުމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ވެރިކަން ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރޭ ހއ. އިހަވަންދޫގައި އިދިކޮޅު ފަރާތް ތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ބިރު ދައްކައިގެން ސަރުކާރު ހިންގޭނެ ކަމަށް ޤަބޫލުކުރިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ.

"ރާއްޖޭގެ ނިޒާމު ހަލާކުވެފައިވާ ކަމަށާއި ރާއްޖޭގެ ނިޒާމު މިހާރު ބޮޑު ވައްކަމުގެ ކަންތައްގަނޑަކަށް ބަދަލުވެފައި, ބާރަ މެމްބަރުގެ މައްޗަށް ޝަރުއީ އެއްވެސް ހުކުމެއް ނުގެނެވޭނެ, އަޅުގަނޑުމެން ބާރަ މެމްބަރުން ކޮން ކުށެއްތޯ ކުރީ؟ ޤާނޫނު އަސާސީގައި އެބައޮތް މެމްބަރުން މަޤާމުން ވަކިވާނެ އުސޫލުތަކާއި ގޮތްތައް ކަނޑައަޅާފައި. މިއީގެ އެއްވެސް ކަމެއް ކުރި ބައެއް ނޫން މެމްބަރުންނަކީ. ހަމަ މީނަ ހިތްހަމަ ނުޖެހުނީ މީނަ ބުނާ ގޮތަކަށް ކަންނުވީ މެމްބަރުންވެސް ކަނޑާ އެއްލާލީ. އުއްތަމަ ފަނޑިޔާރުވެސް ޖަލަށްލީ. އުއްތަމަ ފަނޑިޔާރު ހުކުމްކުރީ ފެބްރުއަރީ އެއްވަނަ ދުވަހު ފަސްވަނަ ދުވަހު ހުކުމް ކުރީ. ފަނޑިޔާރަކު ކުށްވެރިވާނެ ގޮތް ޖަލަށްލެވޭނެ ގޮތް ކަނޑައެޅިގެން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮތް" މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމީން މި ޤައުމުގައި އިންތިހާބެއް ނުބާއްވާނެ ކަމަށް ވިދާޅުވެ މުސްތަފާ ވިދާޅުވީ ދައުރު ހަމަވުމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ވެރިކަން ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ރައްޔިތުންގެ ވޯޓް ހޯއްދަވަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ އަދުލުން ހުކުމެއް ނެރެދެއްވުމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. އޭރުން ގައުމުގެ ހުރިހާ މައްސަލައެއް ހައްލުވެ، އެ ފަނޑިޔާރުންނަށް ދުނިޔެއިން ވެސް ޝުކުރު އަދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްމާދު

    ބުރޯ މުސްތަފާ ހިންގާ މަށާއެކީ ކައްނެއްޔައް ކަންޑާލަން މާ ފައިދާ ވާނެ ތިކަހަލަ ކޮސް އަންގަ ތަޅައިގެން ވާނެ ފައިދާ އެއް ހަރާމް

  2. މުޙައްމާ

    ކޮންބައެއް ކުރިމަތީލަނެތީތް އިންތިޚާބު ބާއްވަންވީ އިދިކޮޅުގައި ތިއުޅެނީ އިންތިޚާބެއް ބާއްވަންތަ ރައިސް ނަޝީދު މިނިވަން ކުރާކަށްނު ތިއުޅެނީ އެއަކީއިންތިކާބަކުން ވާނެކަމެއްކަމަށްވާނަމަ ތިވެރިން އިންޠީޚާބަކަށް ކުރިމަތީސް ޤުދުރަތީ ނިޒަމުގެ ތެރޭގައި އިރުގެ ވަށައިގެން ދުނިޔެ އެބުރޭ މިއީ ޤުދުރަތީ ނިޒަމު ހަމަޖެހިފައި އޮތްގޮތް ރާއްޖޭގައި މިއޮތް ސިޔާސީ ނިޒާމުގައި އަންނި ވަށައިގެން އިދިކޮޅޭމެން އެބުރޭ މިއީ މިރާއްޖޭގެ ސިޔާސީ އޮއިވަރު އޮތްގޮތް

  3. އުސްމާން

    ބޮޑު ޝައިޠާން މިއަދު ގެނެސްދިން ޚަބަރެއްތަ؟. މުސްތޮބޭ ބުނަންތަ ޖިންނިން ތެދެއް ނުހަދާނެ. ތިކަހަލަ ގަބޫލުކުރުން ތަކުން ދުރުވެ އަނބުރާ އިސްލާމް ދީނަށް ރުޖޫއަވވޭ.

  4. މާފުށި މާންބެ

    ކިޔޭ ނުކިޔޭ އެބައެގޭތަ މޮޔަފުޅު ވީތޯ.

  5. މިގޭ

    ކަލޭ ވައްކަމުގެ ވާހަކަ ނުދައްކަ ލަނޑާ ގަންނަ ކަމަށްހެދިގެން އުޅުނުދުވަސްވަރު އުޅުނުގޮތް ހަނދާންކޮށްބަލަ. މަކަރާއި، ހީލަތް ، އޮޅުވާލުން ގެންގުޅުނުވަރު އިހުސާސްވާނީ މިއަދުއެވެ.

  6. ަަަަާޕޮޕީ

    ތިމަރަ މުސްތަފާ އެހުރީ މޮޔަ ވެފަ