ރ. އަނގޮޅަތީމުގައި އިއްޔެ ބިންގާ އެޅި ރާއްޖޭގެ ފުރަތަމަ ޓުއަރިސްޓު ވިޒިޓް ސެންޓަރަކީ ރާއްޖެ ޑިމަކްރަސީއަށް ކުރި ދަތުރު އެންމެ ފުރިހަމަޔަށް ފެންނަން ހުންނާނެ ތަނަށް ހަދާނެ ކަމަށް މިނިސްޓަރ އފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިމޭރުމުން ވިދާޅުވެފައި ވަނީ އަނގޮޅަތީމުގައި ގާއިމްކުރާ ޓުއަރިސްޓު ވިޒިޓް ސެންޓަރުގެ ބިންގާ އަޅައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ބިންގާ އެޅިގެން ދިޔަ ޓުއަރިސްޓު ވިޒިޓް ސެންޓަރަކީ ރާއްޖެ ޑިމަކްރަސީއަށް ކުރި ދަތުރުގެ މުޅި މަންޒަރު ފެނިގެންދާނެ ތަނަކަށް ވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަސްރަސްކަލުންގެ ވެރިކަންތަކަށް ފަހު ރާއްޖެއަށް ފުރަތަމަ ޑިމޮކްރަސީއެއް ގެންނެވީ ރައީސް މުހައްމަދު އަމީންގެ ދައުރުގައި ކަމަށެވެ. އަދި އޭރުގެ ފުރަތަމަ ޤާނޫނު އަސާސީ ވެސް ދިޔައީ ވިދާލެވިގެން ކަމަށާއި އެހެން ނަމަވެސް ރައީސް މުހައްމަދު އަމީނަކީވެސް ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެންނަވާފައިވާ ރައީސެއްކަން މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ ރާއްޖެއަށް ޑިމަކްރަސީ ގެންނެވީ މުހައްމަދު އަމީންގެ ދައުރުގައި. މުހައްމަދު އަމީނަކީވެސް ރާއްޖެއަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެނެވި ރައީސެއް. ދިވެހި އަންހެނުން އިސްސަފަށް ނެރުއްވި ރައީސެއް. އެމަނިކުފާނުގެ ވެރިކަމުގައިވެސް ވަރަށް ފާހަގަކޮށްލެވޭ ކަންކަން އެބަހުރި. އަޅުގަނޑު ގަބޫލްކުރާގޮތުގައި ޑިމޮކްރަސީ ފެށިގެން މިދިޔައީ ރަސްކަމަކުން ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔަ ދަތުރުގައި" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް އިބްރާހިމް ނަސީރަކީވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަތަކެއް ގެންނެވި ރައީސެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކޮންމެ ރައީސަކުވެސް ރާއްޖެއަށް ކޮށްދެއްވާފައިވާ ކަންކަމަށް ބަލާލިޔަށް ދިވެހި ގައުމިއްޔަތާއި، ޒުވާނުންނަށް ފެންނަން ޖެހޭ އެތަކެއް ކަމެއް ހުރިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގ ކުރީގެ ވެރިކަންތަކުގައިވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ޑިމޮކްރަސީ ވެރިކަަމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައި އެެންމެ އިސްރޯލެއް އަދާކުރައްވައިފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމަށްފަކު ރާއްޖެ ދެކެފައިވަނީ އަނދިރި ދުވަސްތަކެއް ކަމަށާއި ރާއްޖެއިން މިހާރު ފެނިގެން މިދާ ހެޔޮ ބަދަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މައުމޫނާއި، ޝެއިހް އިމްރާނު އަދި ގާސިމް އިބްރަހިމް އެކައްޗެއް ކިޔައި ކުރި މަސައްކަތުން ފެންނަ ހެޔޮ ބަދަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މޭޑޭގެ ހަމަނުޖެހުމުގައި ހައްޔަރުކޮށްފައި ހުއްޓައި ނިޔާވި އެމްޑީޕީގެ އެކްޓިވިސްޓު އަބްދުﷲ ރަޝީދު މޭޑޭގައި އެމްޑީޕީއާއެކު ނިކުމެ ކުރި މަސައްކަތުގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަކީ ރާއްޖެ ޑިމަކްރަސީއަށް ކުރި ދަތުރުގެ ހަގީގީ ބަތަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ދަތުރުގައި އެތައް ބައެއްގެ މިންނެތް މަސައްކަތް ވާކަމަށާއި ރ. އަނގޮޅަތީމުގައި ގާއިމްކުރާ ޓުއަރިސްޓު ވިޒިޓް ސެންޓަރަކީ މި ހުރިހައި ކަމެއްވެސް ފެންނަން ހުންނާނެ ތަނެއް ކަަމަށެވެ. އެގޮތުން އެތަނުގެ ތެރޭގައި ޑިމަކްރަސީ ދައްކުވައިދޭ ފޮޓޯތަކާއި ލިއުންތަކުގެ އިތުރުން ބައެއްކަހަލަ ސާމާނުތައް ބަހެއްޓިގެން ދާނެކަމަށް މިނިސްޓަރގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ޓުއަރިސްޓު ވިޒިޓް ސެންޓަރުގެ ޕްރޮޖެކްޓު ހިންގުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިސްޓު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއެވެ. މި ސެންޓަރ ނިންމައި މިއަންނަ އަހަރު ރައީސް ނަޝީދުގެ އުފަންދުވަހު (މޭ 17) ވަނަ ދުވަހު ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ޓުއަރިސްޓު ވިޒިޓް ސެންޓަރަކީ 2 ގެލެރީއަކާއި ކެފޭއަކާއި، ލައުންޖެއްގެ އިތުރުން 2 ފާހާނައެއް ހިމެނޭހެން ގާއިމްކުރާ ސެންޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފުއްމާ

    ގަދަ އަނގޮޅިތީމަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދެން....މާލެ އަަށް އަޅުވެތިވެގެން ކުލި ދައްކާ މަރުވާން ނުގޮސް ރަށުގަ ހުރެގެން ދިރިއުޅެވޭނެ ގޮތް ވުން ޖަޒީރާ ރާއްޖޭގެ ބޭނުމަކީ..............

    2
    3
  2. ނާޒުކު

    ބޯހަލާކު ކަލޭނޭ ތިބައިގަޑުދޯ ގޮވީ ނާންނާށޭ. އަމާނެއްނޫނޭ. ބަލަ ގާޓް ރައީސްގެ މަސައްކަތް މިހާރު މިފެންނަނީ

  3. ދި ސްޓޯރީ އޮފް އައިލެންޑާސް

    ބެލެވޭ ގޮތުގައި އެންމެ ފުރަތަމަ ރާއްޖޭގައި މީހުން އުޅެންފެށި ރަށްރަށުގެ ތެރޭގައި ރަސްގެތީމާއި އަގޮޅިތީމު ހިމެނޭ

  4. ކާޅުކެއަސް ސޮއްނުގޮވާ

    ޕޯޑިއަމްތަކުގައި ބޫމް ބޫމް ކީ ހަދާންވޭބާ؟؟ ޑެންމާރކްގައި އިސްލާމްދީނަށް ހަޖޫޖެހި މީހަކަށް އިސްލާމް ދީން އިން އިންސާނުންނަށް ލިބިދޭ ޑިމޮކްރަސީއަށް ވުރެ މަތީ ޑިމޮކްރަސީ އެއް ހޯދަދިންވާހަކަތަ؟؟ މިވީހާތަނަށް (ހައެއްކަ މުހުޖަނުންގެ) ނޭގޭ ބާރުތަކެއްގެ އަތްދަށުގައި މިގައުމު ހޮފަހައްޓައިގެން އޮތްއޮތުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ހޯދައި ނުދެވުނު އެތަށްކަމެއް އެއީ އަނިޔަވެރިކަމެއް ކަމަށާ ދަރީންގެ ދަރީން ބޮލުގެ އެޅުވި ދަރަންޏެއްކަމަށް ރައްޔިތުންގެ ބޮލަށް ވައްދައިގެން ކުލަޔަކަށް ނުބަލާ ވަޒީފާގެ ޔަޤީންކަން ދިން މީހުން މިއަދު ސިވިލް ސާރވެންޓުންނަށް ބިރު ދައްކާ ވަޒީފާއިން ވަކިކޮށް ވަކި ނުކުރެވޭ މީހުން މަޤާމުގެ ބާރުކަނޑުވާލާ އެއްއޮފީހުން އަނެއް އޮފީހަށް އަރުވާލާ ތިޔަ ހަދަނީ ތިޔަ ބާރު ދެއްވި ފަރާޓުން ހިނދުކޮޅެއް ތެރޭ ބާރު ނުގެންދެވޭނެ ކަމަށްތޯ؟؟؟؟؟

  5. ހުސޭނުބޭ

    ވީމާ ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހައި ޓުވަރިސްޓުން ކިއްލި ތަޅައިގެން ގަނެފައި ހުރި ގެޔަށް ޒިޔާރަތްކުރަންޖެހޭ! އެ ނޫނީ މިއޮއްބޮޑު ދުނިޔެއަޖޔވެސް ނުހުންނާނެ ކިއްލިތަޅައިގެން ގަތް ބޮޑު ގެޔެއް!

  6. ސީނާ

    އަލީވަހީދޫ ރާއްޖޭގެ ތާރީޚް އެއީ ތިބޭފުޅާ ބޭނުން ވާ ގޮތަށް މޮޑެން އޮތް ފުއްގަނޑެއް ނޫނޭ އަނގޮޅިތީމު ކަހަލަ މީހުން ނުދާ ރަށަކަށް ތިޔަ ކަން ކޮށްގެން ވާނެ ފައިދާ އެއް ބުނެބަލަ ތިޔަތަން ބަލާށޭ ކިޔާފައި ދާނީ ކަލޭގެ އައުވާނުން ކަލޭމެންތީ ޝަރިއަތަށް ފިލި މީހުން

  7. ސީނާ

    ތިޔަ ކުރަނީ ރަސްރަސްކަލުން ކުރާ ފާޑުގެ ކަމެއް މީހުންގެ އުފަންދުވަހު ތަންތަން ހުޅުވުން އަދި ބުނަން ކަލެ އާއި އަންނިއާއި ރަސްގެތީމާ އަގޮޅީ ތީމުގައި ރަސްކަން ކުރަން ހަދާ މާލެއާއި ގާތް ނުވާތި . އަންނި އަކީ ޒުވާން އިރުގައިވެސް ރަސްކަލަކަށް ވާން އަމިއްލަ އަށް ހެދުން އަޅައިގެން އުޅުނު މީހެއް