ކ.ބޮޑުކަޅީގެ އަށް ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އޮތް ދޯންޏެއްގައި ހުރި މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީއާއެކު އަވަސް ފަރުވާއަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ހާލު ދެރަވެގެން ގެންގޮސްފައިވަނީ "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަން އުޅުނު 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހާލު ދެރަވެގެން އަވަސް ފަރުވާއަށް އެދި ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނުގެ 08:09 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ރިޕޯޓު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ، ހެނދުނުގެ 09:10 ހާއިރު އެމީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ހާލު ދެރަވި މަސްވެރިޔާގެ ހާލަތު ރަސްމީ އިދާރާއަކުން އަދި ސާފުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުކުރިއްޔާ އެ
    މްއެންޑީއެފް ކޯސްޓްގާޑް