ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުން މިމަހުގެ 09 ވަނަ ދުވަހަށް އަވަސް ކޮށްފިއެވެ. މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޞީ ވިދާޅުވީ ހުލާސާ ބަޔާން އިއްވުން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ނަމަވެސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވީ 10 ވަނަ ދުވަހު ބާއްވަން ކުރިން ނިންމި އަޑުއެހުން 09 ވަނަ ދުވަހަށް އަވަސް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން މިހާރު އަންގާފައިވާ ކަމަށެވެ. ޝަރީއަތުގެ އަޑުއެހުން ބާއްވަން ތާވަލް ކޮށްފައި ވަނީ 09 ވަނަ ދުވަހުގެ 13:00 ގައެވެ.

އެދުވަހު އޮންނަ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ. އެހެންކަމުން ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ބާއްވާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައަޅަން އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ނިމުމަކާއި ހަމައަށް ގޮސްފައި ވާއިރު އެމަނިކުފާނާއި ދެކޮޅަށް ކޯޓުގައި ހެކިބަސް ދެއްވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ހިމެނެއެވެ.

އެބޭފުޅުންގެ ހެކިބަސް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އެދުނު ނަމަވެސް މައްސަލަ ބައްލަވާ ގާޞީ ހައިލަމް ވިދާޅުވީ އެބޭފުޅުންގެ ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ މައްސަލައިގެ ޙުކުމް އިއްވާއިރު ކަމަށެވެ.

ޔާމީން އެމަނިކުފާނުގެ ދިފާޢުގައި ހުށަހެޅުއްވީ އެންމެ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. ނަމަވެސް އެކަމަނާ ވަނީ ޔާމީންގެ ދިފާޢުގައި ހެކިބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީނަށް ދެރަގޮތެއްވެއްޖެނަމަ ހަމަ ދެރަވާނީ ދިވެހި ރައްޔިތުންނަށް. މިގައުމުގަ ގައްދާރު ނޫން ހަމަ އެކަނި ހުރި ލީޑަރ ދުއްވާލުމަށް މިހާރު މިެޮތް ގައުމުހމގެ ދުޝްމަން އަދި ދިވެހިންގެ ދުޝްމަން އިންޑިޔާގެ ގޮނޑިކޮށްކޮ ސަރުކާރުން އެމަސައްކަތް ކުރަނީ.

    37
    2
  2. Anonymous

    ކޯލިޝަނުންގާސިމް ވަކި ކުރެވޭނީ ރައީސް ޔާމީން ޖަލަށް ލާފަ. ގާސިމަ ކޯޓަ ތަކަށް ފަރިތަވާނީ. އުސް ގޮނޑީގަ އިންނަ މީހާ ގެ އިންކަމް 15 އަހަރަށް ސެކްޔަރ ކޮށްދރވޭނީވެސް ފިހާރައެއްގެ ސޭޓަކަށްވީމަ، ސޭޓް ބޭކާރު ކޮށްލަން ޔާމީން މައްސަލަ ނިންމާލަނީ.

    27
    1