ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށް ކުރަމުން އައި މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫތް މިނިސްޓަރ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއެކު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މަސައްކަތް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމްގަ، ބިދޭސީން ކިއު ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލަ އަށް ނިމުމެއް ގެނައުމަށް މިނިސްޓަރ ފައްޔާޒް އާއި އެކު ގަލޮޅު ދަނޑު މިއަދު ބަލާ، ވީ އެންމެ އަވަހަކަށް މަސައްކަތް ބަދަލް ކުރަން ވަނީ ނިންމާފަ" މަހުލޫފް ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވެއެވެ.

މިއަދާއި ހަމައަށް ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ ސިވިލް ސާވިސް ކޮމިޝަން ހުންނަ އިމާރާތުގައި ގާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ. މިކަމަށް ކޮންމެ ދުވަހަކު އެ މިނިސްޓްރީން ދޫކުރަމުން އައީ 150 ނަންބަރެވެ.

އެ މިނިސްޓްރީން މި ޕްރޮގްރާމް ފެށީއްސުރެ ބިދޭސީން ތިބެނީ ދަންވަރުން ފަށައިގެން ކިއު ހަދައިގެންނެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ އެކޮނޮމިކް މިނިސްޓރީ އަށް ފާޑުކިޔާފައެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަދި ހަމައެކަނި މާލޭގައެވެ. މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ ހަމަސް ދުވަހުގެ މުއްދަތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޤާނޫނާއި ހިލާފަށް އުޅެމުން އަން ބިދޭސީންގެ އަދަދު މިހާރު މަދުވެގެން 50000 އަށް ވުރެ މައްޗަށް އަރާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަތުހުﷲ

    އަޅުގަނޑު މެންރާޖެތެރޭ މީހުންނަ ބިދޭސިން ހައްލުކުރަން މާލެ ނައިސް ނުވާނެ ގޮތެއް ހައްދަވައި ދެއްވުން އެދި މިނިސްޓަރަށް ގޮވާލަން

  2. ޢަލީ

    ނަންވާނީ އިމިގްރޭޝަން. އެކަމަކު ކޮރަޕްޝަން ނައްތާލައި ބިދޭސީ ކަންކަން ހައްލު ކުރުމަށް ހަވާލުވި ވުޒާރާގެ މުވައްޒަފުންވެ ބިދޭސީން އަތުން ފައިސާ ނަގައިގެން ތިޔަ ރަޖިސްޓްރީ ކުރުމުގެ ކަންކަން އަވަސްކޮށްދޭކަމުގެ ސާފު ހެކި ލިބިއްޖެ. ކޮންތާކު މިޖެހުނީ.