ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމް-ޕީއެންސީ ލީޑާޝިޕުން ކ. ތުލުސްދޫ ދާއިރާ އަށް ދަތުރުކުރުމަށް ތައްޔާރުވެއްޖެއެވެ.

ޕީޕީއެމް އިން މިހާރު އަތޮޅުތަކަށް ކުރަމުން ގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މި ހަފްތާ ބަންދުގެ ތެރޭގައި ކ. އަތޮޅުގެ ތުލުސްދޫ ދާއިރާގެ 4 ރަށަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ކުރިން ރައީސް ޔާމީންގެ ޓީމުން ވަނީ އ.ދ އަތޮޅުގެ ބައެއް ރަށްތަކާއި، މ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމް އިން ވަނީ މި ދަތުރުގެ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ދިއްފުއްޓަށް ދާއިރު، އެރޭ ތުލުސްދޫ އަށް ގޮސް، ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ފަހުން ހުކުރު ދުވަހު ހުރާ އަށް ޕީޕީއެމް ޓީމް ވަޑައިގަންނަވަން ހަމަޖެހިފައިވެއެވެ. އަދި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހޮނިހިރު ދުވަހު ވަޑައިގަންނަވާނީ ހިންމަފުއްޓަށެވެ.

މި ޕްރެސް ކޮންފަރެންސް ގައި ޕީޕީއެމް ކުރީގެ މަޖިލިސް މެމްބަރު، އަދި މިހާރު ޕީއެންސީގެ ނައިބު ރައީސް ޝުޖާޢު ވިދާޅުވީ އެމީހުންގެ ދަތުރުތަކުގެ މަގްސަދު ހާސިލު ވަމުންދާ ކަމަށާއި، އެގޮތުން އެންމެ ފަހުން މ. އަތޮޅަށް ކުރެއްްވި ދަތުރާއި ގުޅިގެން ރައްޔިތުންނަށް މައުލޫމާތު ދެއްވި ހިސާބުން ފެށިގެން ސަރުކާރުން އެ ދާއިރާގައި ކުރަން ހުރި ކަންތައްތަކުގެ ވާހަކަ ދައްކަން ފަށައިފި ކަމަށާއި، އެކަމަށް މުޅި ދަޢުލަތް އެއްކޮށް ކަހަލަ ގޮތަކަށް ދުއްވައިގަތް ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން؛-ވަގުތު އިމޭޖަސް- މުހައްމަދު ހައްޔާން

"މި ސަރުކާރަކީ އެހާ ބޮޑަށް ކަންފަތަށް އަޑު ނީވޭ. ލޯފަން ސަރުކާރަކަށް ވާތީ، އަޅުގަނޑުމެން މިކަހަލަ ދަތުރުތަކެއް ކުރީމަ، މާދަމާއިން ސަރުކާރުގެ ހުރިހާ ވަޒީރުން އެންމެން ގޮސް ތުލުސްދޫ ދާއިރާ އަށް ޖެހިފައިވާ މައްސަލަތަކާއި ބެހޭގޮތުން މަސައްކަތްތަކެއް ކުރާނެ ކަމަށް" ޝުޖާޢު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަމުން ރައީސް ޔާމީން ސަރުކާރުގެ ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު ފެނިގެން ދަނީ ނުހައްގުން މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ މަންޒަރު ކަމަށާއި، ޕީޕީއެމް ޓީމުން ކުރާ ދަތުރުތަކާއި ގުޅިގެންވެސް އެކި މުވައްޒަފުންނަށް ބިރު ދައްކަވަމުން ގެންދާ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގެ ތެރެއިން؛-ވަގުތު އިމޭޖަސް- މުހައްމަދު ހައްޔާން

ރައީސް ޔާމީން ވިދާޅުވި ގޮތަށް ނުހައްގުން ވަޒީފާ އިން ވަކި ކުރާ ފަރާތްތަކަށް ޕީޕީއެމް ސަރުކާރެއްގައި ވަޒީފާ ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތި

    ޢެންމެފަހުމީހާ އާޖެހެންދެން އަޅުގަނޑުހުންނާނީ ރ ޔާމީން އާއެކު

    23
    4
    • ާާާޢަލީ

      އިންޝާﷲ ޔަގީންތާ

      9
      2
  2. ބޮޑުބެ

    ވަަަަަަަަަަރަށް ލޮލަށް އުނދަ ގުކުލަޔެތް ތި އެކަމަކު

    4
    8
  3. ސަމާޢީލް

    ތުލުސްދޫ ދާއިރާ ހަލަބޮލިކޮށްލުމަށްޓަކައި އަނެއްކާވެސް މަސައްކަތް ފެށި މަންޒަރު ފެންނަކަހަލަ.

  4. ޖަޒީރާ ބޯއީ

    ރައީސް ޔާމިން ނުހުއްޓުވޭނެ. އަވަސް އަރުވާލައުގެން ހުކުމް އިއްވަން ތެޅޭނެކަމެއްނެތް، ތިޔަހުކުން ވާނީ މިސަރުކާރުގެ ނިމުމަށް.

  5. ކޮމެންޓްކުރާމީހާ

    ދިވެހިންގެ ރައީސް ރައީސް ޔާމީން!