ވީމީޑިއާއިން ވަކި ކުރާ މުވައްޒަފުންނަށް ތެރަޕީ އާއި ކައުންސިލުން ދޭން ނިންމާފައިވާކަމަށް އެ މީޑިއާއިން ބުނެފިއެވެ.

ވީ މީޑިއާއިން 40 މުވައްޒަފުން ވަކި ކުރަން ނިންމާފައިވާކަން "ވަގުތު"އަށް ވަނީ ކަށަަވަރުވެފައެވެ.

ވީމީޑިއާގެ ސީނިއާ މުވައްޒަފަކު ކުރިން ބުނެފައި ވަނީ މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ކަމަށެވެ.

އެ ހަބަރު ފެތުރެމުން އަންނަތާ ދުވަސްކޮޅެއް ފަހުން، މިއަދު ވީމީޑިއާގެ ޓްވީޓާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކުންފުނީގެ ހާލަތު ވަޒަންކޮށް، މުވައްޒަފުން ވަޒީފާއީން ވަކި ކުރުމުގެ މަސައްކަތުން މުވައްޒަފުންނަށް ނަފްސާނީ އަސަރުތަކެއް ކުރާނެކަން އެ ކުންފުންޏަށް އިނގޭ ކަމަށާއި، އެހެންވެ އެ މުވައްޒަދުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ޕްރޮފެޝަނަލް ސައިކޮ-ސޯޝަލް ތެރަޕީ ސެޝަން ތައާރަފުކޮށް، ކެރިއާ ގައިޑެންސާއި، ކައުންސެލިން ދިނުމަށް ވަނީ ނިންމާފައެވެ.

ވީ މީޑިއާގެ އެންމެ މަޝްހޫރީ ވީޓީވީއެވެ. ވީޓީވީގެ އިތުރުން ރޭޑިއޯ ސްޓޭޝަނަކާއި އޮންލައިން ވެބްސައިޓެއް ވެސް ވީމީޑިއާގައި ހިމެނެެއެވެ. އަދި ދާދިފަހުން ވަނީ ފިލްމް ވެސް އުފައްދަން ފަށާފައެވެ.

ވީޓީވީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕްރައިވެޓް ޓީވީ ސްޓޭޝަނެވެ. ވީޓީވީގެ ޚިދުމަތް ފެށީ 2008 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔުންތެރިޔާ

    19 ސެޕްޓެމްބަރުން ފެށިގެން ބަޔަކަށް ކައުންސެލިންގް ދީގެން ވެރިކަމެއް ހޮވީމަތާ މިހާރު ހުރިހާކަމެއްވެސް އޯކޭ ވެގެން މި އުޅެނީ! ކޮންމެ ބަޔަކަސް ވަޒީފާއިން ކަޑާލުމަކީ އެ އިންސާނަކަށް ލިބޭނެ އެންމެ ނިކަމެތިކަން. ކުޑަކުޑަ މުސާރައަކަށް މަސައްކަތްކުރާ އެ ނިކަމެތީން ކަޑާލާކަށް ހެޔޮނުވާނެ! ޔާ ﷲ، އެ އެންމެހައި މީސްތަކުންނަށް ހެޔޮ ގޮތް މިންވަރުކުރައްވާށި!

  2. ރާކަނި

    އެ 40 މީހުންތެރޭގަ ޔަގީނުންވެސް އުޅޭނެ މި ސަރުކާރު ހޮވަން ވޯޓުދިން މީހުން. މިހާރު ހިތައް އަރާނެ ކިހާ ރަނގަޅުހޭ ވޯޓު ނުދިންނަމަ. ރާކަނިމަސް ކެވިފަ ތިބޭ ދެން!

    10
  3. ދިދަ ދަނޑި

    ޙަރަދު ކުޑަކުރަން މުވައްޒަފުން ކަނޑަންޏާ ބޮޑު ހަރަދެއް ކޮށްގެން ކައުންސެލިން ދެނީ ކޮން ބޭނުމަކުބާ؟؟ މުވައްޒަފުން ކަނޑަނީ ތަން ހިންގަން ތިބި މީހުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭތީ.. އެކަން ވަރަށް ސާފު.. އެހެން ނޫންނަމަ ތަނުގަ ހުރި ހަރުމުދާ ބޭރުކޮށްފަ ތަންތަނުން ބޭނުން ނެތިގެން އުކާ އެއްޗިއްސެއް ނުހޮވާނެ.. މީ ވަރަށް ވާހަކަ..

  4. ކިޔުންތެރިޔާ

    އެ މީހުންނަށް ވަގުތުންވަޒީފާ ހަމަޖައްސަދޭންވީނު