އިންޑިއާ އާއި ދެކޮޅަށް ހަބަރެއް ލިއުމުން ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރ އަލީ ސުލައިމާންގެ މަގާމު ދައްކޮށްފައިވާކަމަށް އޭނަ ބުނެފިއެވެ.
އަލީ ސުލައިމާން ބުނީ އޭނާ ލިޔުނު ހަބަރަކީ ކަޝްމީރު މައްސަލައިގައި އިންޑިއާއާއި ދެކޮޅަށް އަދި ރާއްޖެއަށް އިންޑިއާއިން އަތްގަދަކޮށްފާނެ ކަމަށް ސިޔާސީ ފަރާތަކުން ވިދާޅުވެފައިވާ ހަބަރު ކަމަށެވެ. އަދި އެ ހަބަރުގެ ސަބަބުން އޭނާ އަދާކުރަމުން ދިޔަ މަގާމު ދައްކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ހަބަރަ ގުޅޭ އެއްވެސް އެލަވަންސެއް ނުލިބޭ ގޮތަށް ހަދައި ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ބަހައްޓައިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން އެކި ގޮތްގޮތުން ވަޒީފާއިން ވަކިވުމަށް މަޖުބޫރުުކުރަމުންދާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އަލީ ސުލައިމާނަކީ ވީމީޑިއާގައި ސީނިއަރ އެޑިޓަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ދައްކޮށްފައިވާ މަގާމާ ބެހޭ އެއްވެސް މައުލޫމާތެއް މިހައިތަނަށް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން އޭނާ ކުރި ޓްވީޓުގައި ވަނީ އެނާ މަސައްކަތް ކުރަމުންދާ ކުންފުނި، ވީމީޑިއާގެ ވެރިޔާ ގާސިމް އިބްރާހިމް ޓެގުކޮށް ވަޒީފާއިން ވަކިވުމަށް މަޖުބޫރުކުރަމުން ދަނީ ސިޔާދު ވިދާޅުވެގެންތޯ ސުވާލުކޮށްފައެވެ.
މިކަމާ ގުޅިގެން "ވަގުތު" ން އަލީ ސުލައިމާނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް ގުޅޭގޮތް ވަނީ ނުވެފައެވެ.
އަލީ ސުލައިމާނަކީ ގިނަ ދުވަސްތަކެއް ވަންދެއް ގައުމީ ޓީވީ (ޓީވީއެމް)ގައި ވެސް މަސައްކަތް ކޮށް، އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ނޫސްވެރިއެއް ފާހަގަކޮށްލެވެއެވެ.
ވަކި ކުރަން ލަސްވެސް ވެއްޖެ ސުލައިމާނާ ކަލެއަށް ކާކަނި މަސް ކެވިއްޖެ ނު
ކޮބަ ނޫސްވެރިންގެ މިނިވަންކަން؟ މީގެން ދޭހަވަނީ ޤައުމުއަލުވެތިވެފައޮތްވަރު. ރައީސް ސާލިހުވަނީ ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ނަގާލާފައި، މަޤާމުގެ ދަހިވެތިކަމުގަ. މި މީހުންނަށް ދިވެހިން ދުވަހަކުވެސް މަޢާފެއްނުކުރާނެ.
ޢޮޅުވާލުމެއްގަ ދިވެހިން ގެންގުޅުމައް މީޑިއާގެ ބޭނުން ހިފާކަމައް ބެލެވިދާނެ ވަކިގައުމެއްގެ ހަބަރު ބޭނުންގޮތަކައް ފުއްގަޑެއްހެން މޮޑެން ޖުމުުހޫރީ ޕާޓީއައް ވެރިކަންހަވާލު ކުރާނެ ބަޔަކުނެއް މިގައުމަކު ތީގެ ބޭނުން ހިފޭނީ ޑަންލޮޕް ދަޅެއް ބޭނުންކުރާހެން 5 އަހަރު ތެރޭއެއްފަހަރު.
މި ރާއްޖޭގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ތެރެއަށް ޚުދުމުޚްތާރުކަމާއި އަޅުވެތިކަން ވަންނާކަށެއްނެތް !! ވަދެ ނިމިއްޖެ!! ކުރީދުވަހު ޓީސްލައިފައި ފާސްވެގެން ދިޔަ ޓެރެރިޒަމްގެ ބިލަށް ވެރިކަން ކުރާ ޕާރޓީން ހުށަހެޅި އެންމެހައި އިސްލާޚްތައް އެއްވެސް ހުރަހެއް ނެތި ފާސްވެގެން ދިޔަ ދިއުން ރަމްޒުކޮށް ދެނީ އަހަމައެކަނި މިރާއްޖެއަަށް ކުރިމަގުގައި ވެރިވެގެންދާނެ ކުދުމުޚްތާރުކަމެއް އެކަންޏެއްވެސް ނޫން !! ވިސްނާލަމާ، ކުރީގެ ރައީސް އިޤްތިޞާދީ މާހިރު ރައީސް ޔާންޓޭ މާލޭގައި ހިތުހުރިގޮތަކަށް ބޭނުންވާ ކޮންމެތަނެއްގައި މުޒާހަރާ ނުކުރެވޭނެ ގޮތަށް ކަންތައްތައް ބަދަލުގެންނެވީ، މި މާލޭގައި ދިރިއުޅޭ ވިޔަފާރިވެރީންނާއި، މި ޤަޢުމުގައި ކިޔަވާ ކުދިންނާއި މަގުތަކުގައި ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމްކުރުމުގައި ހިނގާ ނުވަތަ ދުއްވާ މި ގަޢުމުގެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން އެންމެންގެ ރައްކާތެރިކަމާއި ގަޢުމުގެ އަމަންއަމާން ކަމާއި، ރައްޔިތުންގެ ޢަދުލުގެ ޢިޖްރާތްތައް ރައްޔިތުންގެ ހައްޤުގައި ނަގަހައްޓައި ދެމެހެއްޓުމަށް!! ސުލެއިމާންފަދަ ޖާނިލަޒަމްގެ ދާއިރާއިން ނުވަތަ ލިއުންތެރިކަމުގެ ތެރެއިން އާންމު ރައްޔިތުންނާއި ހަމައަށް މަޢުލޫމާތު ތިލަކުރުމުގެ އަދަބެއްގެ ގޮތުން ތިޔަކޮށްލި ވަރުން އެނގި ދޭހަވަނީ ޑިކްޓޭޓަޝިޕެއްގެ ފަރާތުން ކުރިއަށް ކަންތައްތަކެއް ރައްޔިތުންނާއި އަރާ ހަމަ ކުރާނެކަން!! ނޫސްވެރިކަމުގެ މިނިވަންކަން މިޤަޢުމުގައި އޮންނަންޖެހޭނެ ކަމަށް އޭރު ބަޔަކު ވަކާލާތް ކުރަމުން ދިޔަ ހިނދުގައިވެސް މީހުން ބުނަމުންގެންދިޔަ ދުލުގެ މިނިވަންކަމަކީ " ގޮޅާ ބޮލަށް " ނުވަތަ " އަންނިގެ ހިތަކަށް ކެތްނުވާނޭ... ބޯނީ އޭ ޝަރާބް" އޭ ކިޔައި މީހުންގެ ކަރާމަތަށް އަރައިގަނެ މުޖުތަމަޢުގައި މީހުންގެ ޒާތީމަޢުލޫމާތަށް އިޚްތިރާމް ނަގައިލައި މީޑިޔާގައި މީހުން " ޒާތީ ގޮތުން އޮރިޔާން" ލޮށްލުން ނޫންކަމަށް! އެކަމަކު އޭރު އެކަން " ހަބޭސް" ކަމަކަށް ވީ ފަރާތްތަކުން އެމީހުންނަށް ރައްދުވާގޮތުން ރައްޔިތުންނާއި ހަމައަށް ކަންތައްތައް ތިލަވެގެން އަންނަން ފެށުމުން ލޭގެ ޕްރެޝަރު މަތިވެގެން އުޅޭކަހަލަ !! ކޮންމެކަމަކަށްވެސް އޮންނަންވާނެ ހުދޫދެއް ކަނޑައެޅިފަ !! އެހެން ނޫނިއްޔާ ކުރީގެ ރައީސް، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ބޮޑުވަޒީރަށް ވެވަޑައިގަތުމަށް ހަނި މަގުތައް ކޮށްޓަވައި ފުޅާކުރައްވަމުން ވަޑައިގަންނަވާ ނަޝީދު ވިދާލުވިހެން " ނުފޯރާ ފޮތިން ފޮތިން ފޫގެޅީމާ ހަމަ އެފޫގަޅާލި އަމިއްލަ މީހާގެ އޮރިޔާން އެންމެނަށް ފެނިގެންދާނީ " ވާނެ!! މިކަންތައްތައްވެސް ތަޖްރިބާ ކުރެވިއްޖެތާ !! ދެން އެވެރިންނަށް ހުނަނު ސަލާމެވެ.
ޒިންމާދާރު
ނޫސް ވެރިން ވަރައްމަދު ވެއްޖެ
ގާސިމް އިބުރާހިމް މުސްސަންޖަކައް ވިޔަސް
ނިކަމެތީން އިތުރައް ނިކަމެތި ނުކުރުމައް އެދެން
ވެރިކަން ދޭން ތިބީވެސް ނިކަމެތި ރައްޔަތުން
މިއޮތީ މިސަރުކާރު އައުމައްފަހު މީޑިޔާ މިނިވަންވި ވަރު އެގެން.. ސަރުކާރާ ކޯލިޝަން 4ލީޑަރުން އިންޑިޔާ އަތްދަށުވެފަތިބިވަރު ވަޒަންކޮއްލާ.. ގާސިމު މައުމޫނު ދެނެ ދުވަހަކުވެސް މިގައުމުގެ މިނިވަންކަމުގެ ވާހަކަދައްކަން އަނގަފުޅު ނުހުޅުވޭވަރަށް ބްލެމެއިލްވެފަ ތިތިބީ... އަލީ ސުލައިމާނު ތިކުރި ހިއްވަރަށް ސާބަސްދެން.. ތިއީ އަސްލު މިނިވަން ނޫސްވެރިއެއްކަން އެގިއްޖެ.. މިއަދު މަދުންނޫނީ ނުފެންނާނެ ނަފުސުގެ މިނިވަނެ.. އަޅުވެތިވެތިބެގެން މިނިވަން ނޫސްވެރިކަން ކުރާ މީޑިޔާތަކާ ނޫސްވެރިންތިބީ..
ނޫން.. ނޫން.. ތިކަހަލަ ކަންތައްކުރާނީ ޔާމީނު ސަރުކާރުގަ. މިސަރުކާރުގަ ރައްޔިތުމީހާއަށް އިހާނެތިކޮށް ނުހިތާނެ.. ގަބޫލެއް ނުކުރެވޭ..
އިންޑިއާ އާއި ދެކޮޅަށް ހަބަރެއް ލިޔުމުން އަލީ ސުލައިމާންގެ މަގާމު ދަށްކޮށްފި
3 ގަޑިއިރު ކުރިން ( އޮކްޓޯބަރ 1, 2019 )
މިޔެއްނޫންތޯ ނޫސްވެރިންގެ ފުރިހަމަ މިނިވަންކަމަކީ.
ކުދިންނޭޭ ހަބޭސް ހިއްވަރު ކޮއްލަންވާނެ. އަދި މިއެއްޗިހިންނަށް ނޫސްވެރިން ގެ ހޫނުކަން
ދައްކާލަންވާނެ.
މީގެންވެސް މިއެނގުނީ ދިވެހިންގެ މައްޗަށް ވެރިކަން މިކުރަނީ އެމްޑީޕީ އެއްނޫންކަން. އިންޑިއާކަން. އެމްޑީޕީއިން ވެސް ގެންގުޅެނީ އިންޑިއާ ފަސްޓް ޕޮލިސީ.