އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ވެހިކަލްތަކެއް މިއަދު ހަދިޔާކުރައްވައިފިއެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރެއްވި ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މިއަދު އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރައްވާފައިވަނީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއަރތަކެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ކާނަލް ޙާމިދު ޝަފީޤު ވަނީ އިންޑިއާގެ ފަރާތުން ދެއްވާ އެހީތަކަށް އަލިއަޅުއްވާލައްވައި، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދެއްވާ އިސްކަމާއި، އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    3 ބުރުމާ އާއި 5 އަތުރޮންދާ އާއި މަހާތުމާ ގާންދާ ގެންގުޅުނު ފަހާފޮށިގަނޑު ހަދިޔާ ކުރީ ދެއްތޯ

  2. ތާރީޚު ދިވެހި ރާއްޖެ.

    ތީން އެއްޗެއް މަރާމާތު ކޮށްލަން ޖެހުނީމާ ތީގެ މުސީބާތާ ލައވާލާނީ. މީގެކުރިން ޕޮލިހުންނަށް ވެސް ދިން ތިފަދަ ވެހިކަލް. ދިމާވީ ސްޕެއާރ ނުލިބޭ މައްސަލަ. މައސަލަ ޖެހުނީ އެނިމިދޔައީ. ދެނޖެހޭނީ އެއިން ސަލާމަތް ނުވެވިގެން އުޅެން. ތިޔަށް ކިޔާނީ ދަންތހުރަ ހަދިޔާ!!!!