އިންޑިއާއިން މިފަހަރު ރާއްޖެއަށް ދޭ ހަދިޔާގެ ފަހަތުން އެގައުމުގެ ސިފައިން ނާންނާނެ ކަމުގެ ޔަގީންކަން ދިނުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު މިހެން ގޮވާލެއްވީ ވަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ދީފައިވަ ހެލިކޮޕްޓަރ ތައް އޮޕަރޭޓުކުރުމުގެ ނަމުގައި އެގައުމުގެ ސިފައިން ރާއްޖޭގައި އުޅެމުންދާތީ މިފަހަރު އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރާ ވެހިކަލްތަކާއެކު އެގައުމުގެ ސިފައިން އަންނާނެ ކަމުގެ ބިރު އޮތުމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ ރައްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމުގައި ވީނަމަވެސް ނުވަތަ ނޫންކަމުގައި ވިޔަސް އެކަމުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހިއްސާ ކުރަން ޖެހޭކަމަށެވެ.

"މިފަހަރު މި ދޭ ހަދިޔާގެ ފަހަތުން އިންޑިއާގެ އިތުރު ސިފައިންތަކެއް ރާއްޖެ ފައިބާ ނުތިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދެއްވަން ވާނެ. އަދި މިކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުނަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލަން". އުމަރު ފޭސްބުކްގައި ކުރި ޕޯސްޓުގައި ވެއެވެ.

އުމަރަކީ ހެލިކޮޕްޓަރައެކު އިންޑިއާ ސިފައިން ރާއްޖެ އައުމާ ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި އެކަމަ ދެކޮޅަށް ވަކާލާތުކޮށް މަސައްކަތްކުރި އެއް ބޭފުޅެކެވެ.

އުމަރުގެ އިތުރުންވެސް ސަރުކާރާ އިދިކޮޅު އިއްތިހާދުން ވެސް ވަނީ މި ހަބަރުތައް ސާފުކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އަރިހުން އެދިފައެވެ. އެހެން ނަމަވެސް މިނިސްޓަރ މާރިޔަ މިހަތަނަށް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރައްވާފައިވަނީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއަރތަކެކެވެ. އަދި މިތަކެތި އޮޕްރޭޓުކުރުމަށް ނުވަތަ އެނޫން އެހެން ބޭނުމެއްގައިވެސް އިނޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމަކަށް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.އެމްއެންޑީއެފްގެ ގާބިލު ކަން އިތުރު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ސިފައިންގެ ވެރިޔާ ބިޕިން ރާވަތް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިންޑިޔާ ލާސްޓް

    ދެނީ 3 ކާރާ ޕިކަޕެކޭ..؟! ލަދު..! މަވެސް ދީފާނަން ތިވަރުގެ އެހީއެއް..! އިންޑިޔާ ފަސްޓަކަށްވެސް ނޫން ލާންވީކީ..!

    40
    2
    • ހުސޭނުބޭ

      ތިވެސް ބާ ދަނގަނޑަށްވެފައި ހުރި ތަކެއްޗަށްވާނީ

      21
      2
  2. ސަޓޯ

    އިންވެސްޓުމަންޓު ސަލާމަތްކުރަން މީހުން މަރާނެ އިންޑިއާ މީހުން

    21
  3. މާމީ

    ގާޑިއާ ދިންނަމަ ދޯ

    24
    1
  4. ފިލާވަޅު

    ދެން އެމީހުންގެ ފެރަމިލޓަރީ ފޯސް މިތަނައް އައީމަ ނިމުނީ ކިހަދެރަކަމެއް މިޤަޢުމުގެ އަސްކަރިއްޔާ މިހާ އިންފީރިއާ ކޮށް މިވިސްނަނީ ކީއްވެބާ؟ ލަދުވެތި ކޮބާތޯ މިޤަޢުމުގެ ޕްރައިޑް.. މަލާމާތް އެކުރަނީ އަހަރުމެންނައް ޓޫލްސް ދީ 3 ކާރު ދީ، އެކަން ދޯ މިއުޅެނީ ނުވެގެން

  5. ޙައްވަ

    މީދެންކާކު ރައްޔިތުން ބަލައިނުގަތީމާ ނިކުމެ ހުސް އަނގަ ތަޅާމީހެއް

    2
    17
  6. އެނގޭ

    މިމީހުންގެ ހަދިޔާ އަކީ ވ.ނުރައްކާތެރި އެއްޗެއް.ދާދިފަހުން ނ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި ކުޑަކުއްޖަކު ކަނޑުގަދަވެ މާލެ ގެންނަށް އިންޑިއާ ހެލިކޮޕްޓަރ ހަމަޖައްސަން އުޅުމުން ބުނީ އެއަރޕޯޓް ނެތީ ދެން މާފަރު އެއަރ ޕޯޓް ވާހަކަ ބުނީމަ ބުނީ ނުދިއްލަޔޯ ދިއްލީމަ ބުނީ މޫސުން ސަކަރާތް ކިޔާފަ ނުދިޔައީމަ އެމްއެންޑީ ޢެފްއަށް ގުޅީމަ ބުންޔޯ ތިމަންނަ މެންނަކަށްވެސް އެމީންނަށް ބާރެއް ނުފޯރުވެއޭ. އެމީހުން ބޭނުން ގޮތެކޭ ހަދާނީ. އެންމެފަހުން ކޮށްކޮ ގެނެވުނީ ކަނޑު މަޑުވީމަ ދެދުވަހެއް ފަހުން

    10
  7. ވާލި

    އަނެއްކާ އަނެއް 100 ސިފައިން ތިއީ

    11
    1
  8. އަލްޖިބްރާ

    " އަގަ ގަދަ މިތުރަށް "ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޮތީ ކޮން ޤާނޫނެއްގަތަ ؟

    3
    11
  9. މައިކާލޯ

    އިންޔާއިން ގެ ރި ދިންނަމަ.....????

    11
  10. ޒާ

    އިނޑިއާ އަދިވެސް ދެކެނީ ރާއްޖެއަކީ ގެރިގާޑިއާ ދުއްވާ ގައުމެއްގެ ގޮތުގައި. އެހާލަތުގައި އޮތް ގައުަމަކަށް ތިން ކާރާއި އެއްޕިކަޕަކީވެސް ވަރަށް އެއްޗެއް. ލަދުން ބޯހަލާކު. މީވެސް ސަރުކާރެއްތަ؟

    14
    1
  11. ސޮނިފުހޭ

    ގައުމުމަަަާ މެދު \ހޭވެރިވެެޭ އޮޔާ ދަނިީ

    11