11 ރަށެއްގެ ބިން ހިއްކައި އީ.އައި.އޭ ހަދަން ތިން ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ތ. ހިރިލަންދޫ އަދި ލ. މާވަށުގެ ބިންހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތެވެ.

ބޮޑުފޮޅުދޫ އަދި އުކުޅަހުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 4 ލައްކަ ރުފިޔާއަށެވެ. ހިރިލަންދޫ އާއި މާވަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 5 ލައްކަ ރުފިޔާއަށެވެ. މި މަސައްކަތް ނިންމައި އެ ކުންފުންޏަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.

މިއަދު ޕުލޭނިން މިނިސްޓްރީ ގައި ކުރިއަން ދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމަންޓް ކޮންޕެނީ (މީކޯ) އާއި ހަވާލުކޮށްފައިވަނީ ގއ. ދާންދޫ، ގދ މަޑަވެލި، ސ. މަރަދޫ އަދި ސ. މަރަދޫފޭދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތެވެ.

ގއ. ދާންދޫ، ގދ މަޑަވެލި، ސ. މަރަދޫ އަދި ސ. މަރަދޫފޭދޫގެ މަސައްކަތް މީކޯ އާއި ހަވާލުކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 7 ލައްކަ ރުފިޔާއަށެވެ.

މިއަދު ޕުލޭނިން މިނިސްޓްރީ ގައި ކުރިއަން ދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

އަދި ވޯޓަރ ސޮލުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ ފ. މަގޫދޫ، ފ.ފީއަލި އަދި ދ. މާއެނބޫދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީ.އައ.ިއޭގެ މަސައްކަތެވެ.

މިއަދު ޕުލޭނިން މިނިސްޓްރީ ގައި ކުރިއަން ދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން:- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ފ. މަގޫދޫ، ފ.ފީއަލި އަދި ދ. މާއެނބޫދޫގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 63 ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށް 5 ލައްކަ ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    ޝުކުރިޔާ އަދުގެ ސަރުކާރު .ޝުކުރިޔާ ރައީސް...........................

  2. އަބްދުއްލާ

    11 ރަށެއްގެ ބިން ހިއްކައި އީ.އައި.އޭ ހަދަން 3 ކުންފުންޏަކަށް

    7 މިނެޓް ކުރިން ( އޮކްޓޯބަރ 1, 2019 )

    މީދޯ އެރަށަކުން ލިބޭއެއްޗަކު އެރަށެއް ތަރައްގީކުރުމަކީ.

    މިމީހުނަށް ނަކީ ދަޔުނިވަރސިޓީ އޮފް އިބިލީސް އިން ރައްލާޖެހި ބޮޑު ދޮގުހެދުނުން

    P H D ނަގާފަތަބި ބައެއް ކަމަށް ފެނޭ؟