ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް ޒަމާނީ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މުއާސަލާތީ ކުންފުނި ދިރާގަށް 31 އަހަރު ފުރޭ މުނާސަބަތުގައި މިނިސްޓަރު މަލީހު ދެއްވި ހިތާބުގައި ވިދާޅުވީ މީގެ 31 އަހަރު ކުރިން އެކެއް އޮކްޓޫބަރު 1988ގައި ދިރާގު އުފެދުން އެއީ ރާއްޖޭގެ މުއާސަލާތީ ދާއިރާގައި ކުރިއަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ސިޔާސަތަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި، އެ ހިދުމަތްތައް އަގުހެޔޮކޮށް، ރައްޔިތުންނަށް ޒަމާނީ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި، އެމަނިކުފާނު ޓެލެކޮމް މިނިސްޓްރީ އުފައްދަވާފައިވަނީ އެ ބޭނުމުގައި ކަމަށެވެ.

މިނިސްޓަރުގެ ހިތާބުގައި ވަނީ ދިރާގަށް 31 އަހަރު ފުރުމާ ގުޅިގެން އެކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކުރައްވައި، ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުގައި ހިދުމަތް ކުރެއްވި ހިންގުންތެރި ހީވާގި ވެރީންނާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގެ ތަހުނިޔާއާ ޝުކުރު ދަންނަވަމެވެ. ރާއްޖޭގެ ގައުމީ ތަރައްގީގައި ދިރާގުން ވަނީ ވަރަށް މުހިންމު ހިއްސާއެއް އަދާކޮށްފައިކަން އަޅުގަނޑު ފާހަނގަކުރަމެވެ."

ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ، އެންމެ ބޮޑު މުވާސަލާތީ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަންސޫރަ

    ކަލޯ މޮޔަނު ތީލާރިޔަށް ތަޅާއަނގަ މިސަރުކާރަކަށް ކަމެއްނުވެ ކޮސްވާހަކަ ތަކަކުން ދިވެހިން މަގުފުރަށްދައި ފި

  2. އަހުމަދު

    އޫރީދޫ އަށް ސަލާމް .. ރޭގަ ޑާޑާ އާވިރު .. ހެނދުނު ފޯން އިން ޑާޑާ ޖައްސާލާފައި ބަލާލައިރު % 28 ކާލާފާއި އިނީ .. ހިތާމަ ހުރި

    1
    1
  3. ހުސޭނުބޭ

    މި ސަރުކާރު ބޮޑުސިންގާ މިނިސްޓްރީއެއް އުފައްދާފައި އެންމެ ކަމެއް އެ މިނިސްޓްރީއާ ޙަވާލުކުރި! އިންޓަނެޓް އަގުހެޔޮކުރަން! އަދިވެސް ހަމަ އަގުހެޔޮކުރަން މަޝްވަރާކުރަނީ! ދެން ވިސްނާލާ! ތަރައްޤީކުރަން 40 ބިލިއަން ޑޮލަރުގެ ދަރަނި ބަޖެޓެއް ބޭނުންވާނެވަރު!

  4. މުހުއްމާ:

    މަލީހު އަބަދު ދައްކަނީ އެއްވާހަކައެއް. ކިޔަނީ
    އަބަދު އެކައްޗެއް. ކެޔޮޅު ބުނީ ކާގެންނޭ ފުރާނީ
    ނުކާ ނުފުރާނަމޭ.މަލީހުއަކައް ކަމެއް ކުރެވޭ ތަނެއް ނުފެނޭ. މޮޔަގޮވަނީ ހުރެގެން. ގަޓެއް ހުރީ
    ޔާނިކަން. ރައީސް ވިދާޅުވި ގޮތައް ކަންކޮއްފަ ދަ
    ޢްކަބަލަ. ނުކާ ނުފުރާނަމޭ ނުކިޔާ؟ ރައީސް އެ
    ޢޮތީ ކަންކުރަން ވާނެމަގުދައްކާފަ. މަލީހުގެ ހިއްވަ
    ރުދައްކާލަބަލަ. މިވީހާދުވަހު ކުރެވުނު ކަމެެެއް ބުނަ
    ބަލަ.؟؟؟؟

  5. Anonymous

    ތިހެން ކިޔަ ކިޔަ އޮއްވަ މިވެރިކަން ނިމޭނީ