މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް 16 މީހަކު ސޮއިކޮށްފިއެވެ. އެ 16 މީހުން ޖޭޕީ އާއި ގުޅުނީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމްގެ އިތުރުން އެޕާޓީގެ ބައެއް އިސްވެރިން ކަމަށްވާ އިލްހާމް އަހުމަދު އާއި ނިހާނު ހުސައިން މަނިކު ބައިވެރިވެވަޑައިގަތެވެ. ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާއި ހަވާލުވީ އެޕާޓީގެ ރައީސް ޤާސިމް އިބްރާހީމެވެ.

މިރޭ ޖޭޕީ އަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު، އަދި މޯލްޑިވިއަން ތާރޑްވޭ ޑިމޮކްރެޓް ޕާޓީ (އެމްޓީޑީ) ގެ ކުރީގެ ނައިބު ރައީސް ޔާމީން ރަޝީދު އާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް، އިސްމާއީލް ސޮފްވާން ހިމެނެއެވެ. މިރޭ ސޮއިކުރެއްވި މީހުންގެ ތެރޭގައި ހަރަކާތްތެރި، ފަންނުވެރި ޒުވާނުންނާއި، ލިޔުންތެރިންނާއި އިޖުތިމާޢީ މަސައްކަތްތަކުގައި އުޅޭ އަންހެނުން ހިމެނޭ ކަމަށް ޖޭޕީ އިން ބުނެއެވެ.

މީގެ ކުރިންވެސް ޖޭޕީ އަށް މެމްބަރުން ސޮއިކުރުމުގެ ޝަރަފުގައި ޖުމްހޫރީ ޕާޓީއިން ވަނީ ޖަލްސާތައް ބާއްވާފައެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅުގައިވެސް ވަނީ މެމްބަރުން ސޮއިކުރުމަށް ޖަލްސާއެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ޔާމީނުގެ ބާރުއޮތް އިރު ހާސް ހާހުން މީހުން އެޕާރޓީއަށް ސޮއި ކުރިކަމަށް ޚަބަރުތަށް ފެތުރި ! އަދުރޭ ހިސާބުވެސް ޖެހި ! ވީގޮތް ފެނުނުތަ ؟ މިހާރުވެސް ތިކުޅެނީ އެކަހަލަ ކުޅިގަޑެއް !

  6
  1
 2. މޯދީ

  މމްބަރަކު ސޮޔެނުކުރޭ އަދި،

 3. ނިހާނު އަލީ އާރިފު

  ގާސިމޫ.. ގާސިމުގެޕާޓީއަށް މީހުން އެއްކުރަން ތިކުރާ މަސައްކަތުގަ މޑޕ އިން ހަމަ އެކަކުވެސް އަތުނުޖެހެނީތަ؟؟؟ޕޕމގަތިބި ބަލިކުދިންކޮޅެ ތިޕާޓީއަށް ތިގެންދަނީ... ގާސިމު ވާދަކުރަނީ ޕޕމ އާ ތަ؟ގާސިމު 2023އަށް ކުރާ މަސައްކަތެއްގަ މިހާއަވަހަށް ސަރުކާރު ހިންގަންއޮތް ކޯލިޝަނު ލީޑަރަކަށްވެހުރެ ވެރިކަމަށް އަހަރުނުވަނީސް 2023ގެ ކެންޕޭން އިއުލާނުކުރީ ކޮންޕާޓީއަކާ ވާދަކުރަން ކޮންލީޑަރަކާ ވާދަތިކުރަނީ.. ރައްޔިތުންނަ ގާސިމުގެ ބެނެދޭންވެއްޖެދޯ ގާސިމު ތިކުރާކަމެ... ސަރުކާރާ އިދިކޮޅަށް މިއަދުހުރީ އެއްމެ ލީޑަރެ އެލީޑަރުގެ ދުވަސް ދުއްވާލާ އެޕާޓީ ފަނާކޮއްފަ ގާސިމު ހާސިލުކުރަން ތިއުޅެނީ ކޮންކަމެ... ޖޕ ގާސިމު ހަދާންކުރޭ މޑޕގެ މެމްބަރުންނާ އެމީހުންގެ ސަޕޯޓަރުންގެ ވޯޓަކީ އެމީހުންނޫން މީހަކަށްލިބޭނެ އެއްޗެނޫން.. ދެންމިތިބީ ޖޕ ފިޔަވާ ޕޕމ އާ އެޕާޓީގެ ސަޕޯޓަރުން އަހަރެމެންގެތެރެއިން ފައިސާދީގެންވެސް މަދުބައެއްގެ ވޯޓު ލިބޭނީ ޖޕއަށް ގާސިމަށް.. މިކަންއިގޭނެ މަޖުލިސް އިންތިހާބުގަ ގާސިމަށް.. ޕޕމއަށް ގާސިމާ ޖޕއިން ކަންކުރިގޮތުން.. ވީމާ ގާސިމުގެ ދުޝްމަން ޕާޓީއަކީ ޕޕމ ކަމަށްބަލާ ތިކުރާ މަސައްކަތް ބަދަލުކުރަންވެއްޖެނުން... ރޔާމީން އެއްފަރާތް ކޮއްފަ މަގު ސާފުވީކަމަށްބަލާ ޕޕމގެ ހަމްދަރުދީ ގާސިމަށް ލިބޭނެކަމަށް ހީނުކުރޭ.. އަހަރެމެން މިތިބީ ހޭލާ ގާސިމު ކުޅެމުންތިދާ ގޭމަށް..ޕޕމއިން އަމިއްލައެދުމަށް ކެތްނުކުރެވޭ މަދުބަޔަކު ދިޔަޔަސް އާއްމު ގިނަމީހުން ގާސިމު ރޔާމީނާ ޕޕމއަށް ހަދަމުން ތިދާގޮތާ ނުރުހޭކަންއިގޭނެ.. ޕޕމގެ އާއްމުމީހުން ވަރަށް ވިސްނާތި ގާސިމަށް ވެރިކަންދިނުމަކުން ބަދަލުވާކަނެމެނެތް އިބޫ ވެރިކަމުގަ ހުރެގެންނުވާ... އަހަރެމެން ޕޕމގެ ކެންޑިޑޭޓެނެތި ނޫނީ ރޔާމީން ކެންޑިޑޭޓެ ނުދައްކަންޏާ ވޯޓުދޭކަންނެތިން.. ގާސިމު ޕޕމއަށް އަނިޔާވެރިވާއިރު.. ވިސްނާ ގައުމުގެ ދުޝްމަނަކީ ރޔާމީނެނޫން... ޕޕމ ހަލާކު ތިކުރަނީ..

 4. ހުވަދޫ ޑޮކް

  ނޭނގޭނެތާ ވެދާނެ ގޮތެއް !! އާރާއި ބާރާއި ޝާނާއި ޝަޢުކަތާއި ވެރިކަމާއި ޚުލްޤުހެޔޮ އަނބިންވެސް އަހަރެމެންދެއްވާ ﷲ ތަބާރަކް ވަތަޢާލާ އެވެ. ހަމަ އޮނަރަބަލް ޤާސިމް އިބްރާހިމަށް ވެސް ވެރިކަންލިބި އެންމެހައި ރައްޔިތުންނަށް ހެޔޮވެރިކަމެއް އެކަނލާންގެ މިންވަރު ފުޅުގައި ވާނަމަ، ވައި ނޮޓް ޤާސިމް !! އިންޝާﷲ 2023 ގައި އޮނަރަބަލް ޤާސިމް އިބްރާހިމްއަށް ރާއްޖޭގެ ރައިސްކަން !!!

  10