"2023 ވަނަ އަހަރަކީ އަހަރެމެންގެ ފަހަރު" ކަމަށް ޖުމްހޫރީ ޕާޓީ އާއި ދާދިފަހުން ގުޅިވަޑައިގެންނެވި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ މިރޭ ޖޭޕީ އާއި އަލަށް ގުޅިވަޑައިގަތް ބައެއް މެމްބަރުންގެ ޝަރަފުގައި މ.ކުނޫޒްގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

2023 ވަނަ އަހަރަކީ ދެން ރިޔާސީ އިންތިޚާބު އޮންނާނެ އަހަރެވެ.

"މި ފިކުރާ މި ވިސްނުން ޤަބޫލުކޮށްގެން މިއީ އަޅުގަނޑުމެންގެ ފަހަރޭ. 2023 ގައި މީ އަޅުގަނޑުމެންގެ ފަހަރޭ. ކޮންމެ ފަހަރަކު ޖޭޕީގެ ކޮނޑުގައި އާދެވޭ ކަމުގައިވާނަމަ ޖޭޕީން މި ތަށި އުފުލާނެ ފަހަރު އަންނާނެ. މިއީ ނަސްލީ އިމްތިޔާޒެއް ތޯ. މިއީ ވެސް ހަމަ ފުރިހަމަ އާރާއި، ބާރާއި، ވިސްނުމާއި، ފިކުރާއި، ޖާހަތާއި، ޝައުކަތުގެ ވިސްނުންތަކުގެ ވަރުގަދަ ޕާޓީއެއް." ނިހާނު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެއްވެސް އުމުރުފުރައަކަށް، ދާއިރާ އަކަށް އިސްތިސްނާ ކުރުމެއް ނެތި، އެންމެންނާއި ދޭތެރޭ ވެސް ވިސްނަވާ ބޭފުޅެއް ކަމަށާއި، 2023 ވަނަ އަހަރު ޖޭޕީ އިން އަންނާނީ ރާއްޖޭގެ ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭނެ އެންމެ ރަނގަޅު މެނިފެސްޓޯ އާއި އެކީގައި ކަމަށް ނިހާނު ވިދާޅުވިއެވެ.

"އެއްބައި ފަހަރު ލޮނާއި ނުލާވެސް ބަތް ކަމުދާ ބަޔަކު އުޅެދާނެ. އެކަމަކު ލޮނު ނުލައި ބަތް ހެޔޮވަރެއް ނޫން. އެބަތުގެ ރަހަ އެއް ފުރިހަމަ ނުވާނެ. އެހެންވީމަ އެ ބަތް ކައްކަން އެބަޖެހޭ ޖުމްހޫރީ ޕާޓީގެ ބޭނުން އަންނަން. ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކޮށްފަައި ހުރީ ދިވެހި ރައްޔިތުންގެ ހައްގުގައި." ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ މި ސަރުކާރުގައި ޖޭޕީ ތަމްސީލު ކުރައްވާ، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއަށް ތަޢުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

"އިއްޔެގައި އަޅުގަނޑުމެން އަޑުއެހިން އެކަމަނާގެ އޯޑިއޯއެއް އަޅުވައިގެން، އެކި އެކި ޓީވީ ޗެނަލްތަކުން ދައްކަން ފެށިތަން. ބޭނުމަކަށްވީ ފަސާދައާއި ހަސަދަ އުފެއްދުން. އާޚިރުގައި އޯޑިއޯ އަޑުއެހި ގިނަ ބޭފުޅުން އިއްތިފާގު ވީ އެއީ އޭ އަހަރުމެން ވަޒީރުކަމަށް ބޭނުންވާ މީހުންގެ ހުންނަން ޖެހޭ ކޮލެޓީ އަކީ." ނިހާން ވިދާޅުވިއެވެ.

2023 އަކީ ޖޭޕީގެ ފަހަރު ކަމަށް ނިހާން މިރޭ ވިދާޅުވިއިރު ނިހާން ވަނީ ފާއިތުވި ފަސް އަހަރު 2018 އަކީ ޕީޕީއެމް އިން ވެރިކަން ދިފާޢު ކުރާނެ އަހަރު ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. فق

    މާނައަކީ އަހަރެމެން އަނެއްކާވެސް ލާރި މަޅާލާ ފަހަރޭ

    46
    2
  2. ތައްޚާން.

    ލިބޭ ބޮޑިވަރު ހަލާލުވޭތޯ ބަލާތި.

    47
    1
  3. އަހްމަދު

    ނިހާނޫ ކަލެޔާ ތިކިޔާސޭޓާ ދެމީހުންނަކީ ދިވެހިރައްޔިތުންނާއިގެން ހަލާކުވާދެމީހުންކަން އެންމެންނައްވެސްއެނގޭ ވ.ސަލާމް

  4. ގައުމުގެ ދޫ

    ގުނބޯ ހެއްދޭނީ ގުނބޯ ހެއްދޭވަރުގެ ބޭފުޅުން، އެހެންނޫނަަސް ސަނާކިޔައިގެން ފައިސާލިބެންޏާ އެކަން ނުކުރަންވީ ސަބަބެއްވެސް ނެތް! އެހެންނޫންތޯ؟

    11
  5. އައިން

    އަހަންނަކީ ޖޭ ޕީގެ ފުރިހަމަ ސަޕޯޓަރެއް. އެކަމަކު ތިޔަ ނިހާނުމެން އުޅޭތާކަށް އަހަރެމެން ވައިވެސް ނޭޅޭނަން.

    49
    2
  6. Anonymous

    ޛޭޕީއުވާލާ ދެންގާސިމްހުރެގެން ނިހާނުހުރެގެން ލިބޭނެވޯޓެއްމިގައުމަކުނެއް މަވެސްސޮއިކޮއްލަފާނަން އެކަމަކުވޯޓެއްނުލާނަން އިހުލާސްތެރިންކާރީއިހުލާސްތެރިވާނީ ތިޔައީއަގެއްނެއް ދޮގުހަދާ ނަޖިތަކެއްމުނާފިގުންތަކެއް މޫނުމަތިންފެއްސޭ

    10
  7. ާއަލީ

    ނިހާނު މޮޔަފުޅުވީތޯ

    10
  8. އެއްކަލަ މީހާ

    އެއްކަލަ މީހާ ފެށީދޯ ގަދަބަސް ބުނަން. ކަލޭ ތިހި ރީ ޔާމީނުއަށްވެސް ވެ ރިކަން ހޯދާ ދީފަ އެއްނު

    10
  9. އަލްޖިބްރާ

    ތިޔައީ ނިހާނަށް ފެންނަ ހުވަފެނެއް ! އެހެންނޫނީ ބަޔަކު ކަލެއަށް ދައްކާ ހުވަފެނެއް ! ކަލޭމެން ތިތިބީ ފުލުންގޮސް އިދަޖެހިފަ ! ދެން މިޤައުމުން ކަލޭމެންނަށް ކެވޭނެ މާ ރަގަޅު ގަބުޅިއެއް ނެތް !

  10. ޔަމާނަ

    ކީއްވެތަ މިކަލޭގެ ދޫވެފަ މިހުންނަނީ.. މީނާގެ ކަރަޕްޝަން ތަހުގީގުކޮއް ޝަރީއަތައް ހުށައަޅަންޖެހޭ.. އަދި ކޮބާ އަދުރޭއާއި މުއިއްޒު.. މި މީހުންގެ ފައިސާވެރިކަން ބަލާ މުދާތަކުއް ތަފްސީލާއި އެހޯދިތަނަކާއި ގޮތެއް ބަލާކައް ނުވޭތޯ.. މުޖިރިމުންތަކެއް މަގުތަކުގައި ދޫވެފައި ތިބުމަކީ މުޖުތަމައުއައް ގެއްލުން ހުރިކަމެއް.

    2
    3
  11. ފުނަދޫ

    ތިޔަނިހާނުގެސަބަބުން ށ ފުނަދޫން 100 ވޯޓު މަދުވާނެ 100% ގެރެންޓީ މިދިނީ އޯކޭ

    10
  12. ދުރުމީ

    ޖޭޕީއަކީ ދުވަހަކުވެސް މިޤައުމުގާ ވެރިކަން ކުރާނެ ބައެއްނޫން
    ނިހާން މެން ހުވަފެން ދެކެން ތިބޭ

    12
  13. ބަދަލްތޭ ރިޝްތޭ

    ނިހާނުގެ ސިޔާސީހަޔާތުގަ އިދިކޮޅުގަ އެއްޗެނުލިބި ޔައުނީ މަޖުލިސްގެ ގޮނޑި ނެތި ހުންނަންޖެހުނު ފުރަތަމަ ފަހަރުމީ.. ޑީއާރުޕީ އުފުދުނުއިރު އެޕާޓީއަކީ ވެރިކަމުގަ އޮތްޕާޓީ... އިދިކޮޅުގަ ޑީއާރުޕީ އައި ފުރަތަމަ ފަހަރު މަޖުލިހުގެ ގޮނޑީގަ ނިހާނު އަލީ އާރިފު އިން... ޕޕމ އުފެދިގެން ފުރަތަމަ ދައުރުގަ ވެރިކަމުގަ ޕޕމ އޮތީ.. ޕޕމ އިދިކޮޅުގަ އޮތް ފުރަތަ ފަހަރަުމީ.. މަޖުލިހުގެ ގޮނޑިނެތުމުން ޕާޓީގެ ފަރާތުން މާލީ މަންފާއެނެތި ކެތްކޮއްނުވުނުކަން އެގުނު ފުރަތަމަ ފަހަރުމީ.. ބުނަން މިއުޅެނީ ލިބޭ އެއްޗަކަށް ބަލާފަނޫނީ ތެދުވެރިކަމެނެތް މީހެއްކަން ރައްޔިތުންނަ ސާފުވެއްޖޭ.. ނިހާނު ބުނަމުންދިޔަ ލާރި ދިނީމަ ދުއާކޮއްދޭ ޝޭޙުންނެކޭ ނިހާނެކޭ އެއްވަރޭމިވީ.. ކުޑަދަތިކަމަކަށް ކެތްކޮއްލާ ހިއްވަރާއެކު ގައުމުގެ ހައްގުގަ ކަމެނުކޮއްދެވުނޭ ތިބޭފުޅުންނަ.. ގައުމުގެ މިއަދުގެ ހާލަތު ކުރީގެ ހާލަތަށްވުރެ ހުރިހާގޮތަކުން ދެރަކޮށްއޮއްވާ އަމިއްލަ މަންފާއެނެތި ގައުމައްޓަކާ ދީނައްޓަކާ ސާބިތުކަމެ ނުދެއްކުނޭ ތިބޭފުޅުންނަ.. މިސަރުކާރު ދިފާއުކުރަން ތިބޭފުޅުން ސަރުކާރު ކޯލިޝަނަށް ދިޔުމުން ރައްޔިތުން ނަގަންވީ ކޮންމާނައެއްބާ.. އިއްޔެ މޑޕއާ އެޕާޓީގެ ފިކުރު މިއަދު ބަދަލުވެ ބިނާކުރަން އެޕާޓީ ބަދަލުވީތަ... ގާސިމަށް މިސަރުކާރު ރަގަޅުވީ ކީއްވެކަން އޮޅުމެނެތި ރައްޔިތުންނަ ސާފު. ޕޕމގެ އާއްމު މެމްބަރުން މިހިއްދަތިކަމުގަ ޕާޓީއާއެކު މިތިބީ ދަތިކަމުންއަރާގަނެ ފާގަތި ދުވަހެއް ގައުމަށް ގެނައުމަށް.. ހަގުރާމަ ނުފެށެނީސް މައިދާން ދޫކޮށް ޢަނީމާއަށް ބައިހޯދަން ދުވާމީހުންނަކީ ކޮންބައެއްކަން އަހުޒާބު ހަގުރާމައިން ސާފުވާނެ..

  14. ދިމްނާ

    "އަޅުގަނޑު އެކަނި ހުންނަންޖެހުނަސް ހުންނާނީ ރަޢިސް ޔާމީނާ އެކުގައި" =ނިހާން= މިހުރީ ކަލޭގެ ދުލުން ބޭރުކޮށްފަހުރި ބަސްތައް! އިންޝާއަﷲ 2023ގައި ރާއޖޭގެ ވެރިކަމަށް އަންނާނީ ރައީސް ޔާމީން

  15. ކުޑަބަޖަރާ

    ނިހާނުބުނި 2018 ވެސް އެއްލަކިންނޭ. އެއްލަކިންވީބަލި. މިހާރުދެން ގާސިމަށް ފޮލާ ކައްކައިދެނީ. ގާސިމް އިންނާނެ ހެވިދިލިފާ ފޮލާ ކާލަކާލަ. ނިހާނުމެން ދައްކާވާހަކަ މިހާރަކު ރައްޔިތުން ނާހާނެ. މިހާރު ތިޔައީ ސިޔާސީ ހައްޕުނޑު.

  16. އަހްމަދު

    ގާސިމް އުފާވާގޮތަށް ވާހަކަ ދެއްކި ވަރަކަށް ނިިހާނުގެ އަންބޮނޑި ބޮޑުވާނެ.

  17. ލޮޓިން

    ނިހާނޫ ކޮބާ ކެވޭވަރު މަދުވީމަ ސޭޓް ބޮލަށް ހުތްފިތަނީ މުޅި ޤައުމު ދަވާ ހަފުސްކޮށްފަ ދެން ރައްޔިތުން ކަލޭ ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނެ ކެޓްވި ލޫޓްވި ފޭރުނު ވަގުން

  18. ޙަހ

    ޕާޓޭ އެއް އަބަދުވެސް ޕާޓޭ އެއް ގޮތުގަ ހުންނާނީ

  19. ހަސަންފުތު

    2023 ހަނދާންނައްތާލާ