ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ޔާމީން ޖޭޕީ އަށް ސޮއި ކުރެއްވީ މިހާރު ޖޭޕީގެ ޖަގަހައިގައި ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ. ޔާމީން މިހާތަނަށް ހުންނެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސް އުފައްދަވާފައިވާ އެމްޓީޑީގެ ނައިބު ލީޑަރަކަށެވެ.

ޔާމީން ޖޭޕީ އަށް ސޮއި ކުރެއްވިއިރު މިއީ އޭނާ ގުޅިވަޑައިގެންނެވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ފުރަތަމަ އާއްމުންގެ ތެރެއަށް މަޝްހޫރުވި ޔާމީން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް ވަކިހިސާބަކުން އޭރު ވެރިކަމުގައި އޮތް ޕީޕީއެމް އަށް ސޮއި ކުރެއްވިއެވެ. ޕީޕީއެމްގެ ވެރިކަން ނިމުމުން އެމްޓީޑީ އުފެއްދުމުގައި ބައިވެރިވެ އެޕާޓީއަށް އޭނާ ސޮއި ކުރެއްވިއެވެ.

މިއަހަރުގެ އޭޕްރީލް މަހު އޮތް މަޖިލިސް އިންތިޚާބުގައި ވެސް ޔާމީން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.

ޖޭޕީ އަށް ސޮއި ކުރެއްވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވާ ޔާމީން ވިދާޅުވީ ގާސިމަކީ ސިޔާސީ މަސައްކަތް ފެށީއްސުރެ ފެންނަ ރޯލް މޮޑެލްއެއް ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށިގެން އައިރުން ފެށިގެން ވެސް ފެންނަ ރޯލް މޮޑެލްއެއް ހުރޭ. އެ ރޯލް މޮޑެލްއަކީ އޮނަރަބަލް ގާސިމް އިބްރާހިމް. ގާސިމް އިބްރާހިމްގެ އަރިހުގައި ސީދާ ގޮތެއްގައި ސިޔާސީ ހަރަކާތް ހިންގާ ސިޔާސީ މަސައްކަތުގައި ޝާމިލްވުމަކީ ދެކެމުންދިޔަ ހުވަފެނެއް މިއަދު އެ ހުވަފެން ކާމިޔާބު ވެގެން މިދިޔައީ،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނެވިއިރު، ގާނޫނުތައް މުގުރާ ނުލުމަށާއި ގާނޫނީ އަސާސްތައް ނަގަހައްޓާ ދަމަހައްޓަވަން އަބަދު ވެސް އާދޭހާއެކު ގާސިމް ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ދައްކަވަން ހުރި ތަނެއް ދަކަވާނެ، ލަދެއް ހަޔާތެއްވެސް ނެތީ ދޯ، ކަލޯ ޕާޓީ ކިޔާ ފިއްޔާ އެހެޔޮ ކައިވެނި ޕާޓީ އެއްވިއަސް ކޮފި ގަންނަން ވާނެ.

    48
    1
  2. ހުސޭނުބޭ

    އެމަނިކުފާނު މިފަހަރު ޤާސިމްގެ ތައްޕާހަށް ވެއްޓިވަޑައިގެންފި!

    43
    2
  3. އަފީ

    މީއަޅެ ލަދެއްވެސްނުގަންނަބަޔަކީޔާ؟
    ގޮތެއް ފޮތެއްނެއްބަޔެ ލިބުނުލާރިގަނޑުގެ
    ބޮނޑުކަމާހެހެދި 23 ވީސްއިންތިހާ
    ބުގަ ސޭޓުދަވާލާނެ 23 އިންތިހާބުގަ
    ސޭޓު ދަވާލާނެސޭހުލިކޮއްލާނެވިސްނާތި
    ތީވަފާތެރިބައެއްނޫން ތީފައިސާފަހަތުން
    ދުވާބައެއް

  4. ޗިލީސޯސް

    ގާސިމްބެގެ އަގުވެސް ވެއްޓެމުން މިދަނީ މިކަހަލަ ކައްގަނޑު ފަޅައިގެންގޮސްފަ ތިބޭ ބު ރާންތިން ބަލައިގަންނާތީ... .. ރީތި ރީތި ނަހުލާއަށް ސަލާން.

    10
    2
  5. ސަޓޯ

    ކުލީ ޔާމީނު.. އައްޗީ

  6. ސޮއްބެ

    މިއީ ރޭވުމެއް.. ގާސިމްބެ އިނދަޖައްސާލަން... ކަތުރުފަނި ޔާމީނު

  7. ޙަމަ ޙާމަ

    ފެން އޮތް ތާކަށް މަސް ދާނީ ތީ ގޮނޑުދޮށުގަ އުލޭ މަސްތަކެޢް ތީ ހަމަ